މީގެ އަހަރުތަކެއް ކުރިން 1986 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯ ބަންދާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް ފްލައިޓެއްގައި ދިން ބޮމުގެ ހަމަލާއެއްގައި ދެ ދިވެހިން ނިޔާވި ހަނދާންތައް މިއަދު ގިނަ ދިވެހިން މީސް މީޑިއާގައި އާކޮށްފިއެވެ.

މިހާދިސާގެ މައުލޫމާތު ކުރިން ގިނަ ދިވެހިންނަށް ނޭނގި އޮތް ނަމަވެސް އެމައުލޫމާތު މިއަދު އެނގުނީ ވައިގެ ދަތުރުފަތުރާއި ބެހޭ މައުލޫމާތު އާއްމުކުރާ ރާއްޖޭގެ ފޭސްބުކް ޕޭޖެއް ކަމަށްވާ "އޭވިއޭޓާ މޯލްޑިވްސް" އިން އާއްމު ކުރުމުންނެވެ. އެއާއިއެކު ވަރަށް ގިނަ ދިވެހިން އަންނަނީ އެމައުލޫމާތު ފޭސްބުކްގައި ޝެއާ ކުރަމުންނެވެ.

އެއާލަންކާގެ ފްލައިޓްގައި ބޮމުގެ ހަމަލާ ދިނީ ރާއްޖެއަށް ފުރަން ތައްޔާރުވެފައި ވަނިކޮށް 1986 ވަނަ އަހަރުގެ މެއި 03 ވަނަ ދުވަހު އެވެ. ލަންޑަންގެ ގެޓްވިކް އިން ފުރައިގެން ޒިއުރިކާއި ދުބާއީގައި ވެސް ޖެއްސުމަށް ފަހު ލަންކާގައި މަޑުކުރި ފްލައިޓްގައި ބޮން ގޮއްވާލަން ހަމަލާދިން މީހުން ރާވާފައި އޮތީ ފްލައިޓް ފުރުމުންނެވެ.

ރާއްޖެއަށް އަންނަ ދަތުރު މަތީގައި ގޮވާގޮތައް ބޮން ގޮވާނެ ގަޑި އޮތީ ސެޓް ކޮށްފައެވެ. ނަމަވެސް ފްލައިޓް ފުރުން ލަސްވުމުން އެއާޕޯޓްގައި އޮއްވާ ބޮން ގޮވީއެވެ.

އެހާދިސާގައި 21 މީހުން މަރުވެ 41 މީހަކު ޒަހަމްވިއެވެ. ދެ ދިވެހިންގެ އިތުރުން ދެން މަރުވީ އިނގިރޭސިވިލާތުގެ ތިން މީހަކާއި ހުޅަނގު ޖަރުމަންގެ ދެ މީހަކާއި ފްރާންސް ދެމީހަކާއި ޖަޕާންގެ ދެމީހަކާއި ޕާކިސްތާން މީހެކެވެ.

ފްލައިޓް ޑިލޭ ނުވިނަމަ ވައިގެ ތެރޭގައި ފްލައިޓް ގޮވާ، ފްލައިޓުން ދަތުރުކުރި އެންމެން މަރުވުމުގެ ފުރުސަތު އޮތެވެ. މި ފްލައިޓް ޑިލޭ ވުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްވާން މެދުވެރިވި ސަބަބެކެވެ.

ފްލައިޓްގައި ބޮމުގެ ހަމަލާ ދީފައި ވަނީ ލަންކާގައި ވަކިވެގަތުމަށް މަސައްކަތް ކުރި ހަނގުރާމަވެރި ޖަމާޢަތް ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލާމް (އެލްޓީޓީ) އިންނެވެ.

އެލްޓީޓީ އިން ވަނީ ލަންކާގެ ދާހިލީ ހަނގުރާމަ ހިނގި ދުވަސްވަރު މިނޫނަސް ވަރަށް ގިނަ ބޮމުގެ ހަމަލާތައް ލަންކާގައި ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަނާ

    މަމެންގެ ރައްޓެއްސަކުވެސް އޭގެން ދަތުރުކުރަން ހަމަ ޖެެެހިފަ އޮތްﷲގެ ރަހްމަތް ފުޅުން އޭނާ ސަލާމަތްވި

    14
  2. LTTE

    LTTE mi meahunnes november 3 udhuvaane hamalaiga luthufee a meahun govaigen mulhikulhamun furaagen raajje ah aee.

    4
    1
  3. ޞޮރޭ

    ފްލައިޓް ޑިލޭވީ ދިވެއްސަކު ބޯޑިންގ ގޭޓަށް ރިޕޯޓް ކުރުން ލަސް ވުމުން ކަމަށްވޭ މީގެ ހަޤީޤަތަކީ ކޮބާ ތޯ

    4
    1
    • ެގގހު

      ލަސްވަންޏާ ދިވެހިން ނަންވާނެ. އެކަމަކު މިކަން ވީ ރަނގަޅަކަށް ދޯ މިފަހަރު ލަސްވުން.

      11
  4. ޅޮސް

    ބަލަ މަރުވީ ދިވެއްސެކޭ ބުނާ އިރު ކާކު ކަމެއް ބުނެދޭކަށް ނޭނގުން..؟؟

    11
    1
  5. ހާމިދު ޝާހިދު

    މިހާދިސާގައި ނިޔާވީ މީހުންގެ ވަނަވަރު ލިޔެލިނަމަ ވަރަށް ރަނގަޅުވާނެ. މިހާދިސާގައި ނިޔާވެގެން ދިޔައީ، ހ. ސީޝޯ ގެ ކުދިންގެ މަންމައެވެ. ވަރަށް ދޮންކޮން ހުންނަ ދިގު ހެދުންލީ އެ މަންމައަކީ، އެގޭ، މާސްތާއާއި، ނައްޓު އަދި ވެސް އިތުރު 5، 6 ކުދިންގެ މަންމައެވެ. މިހާދިސާގައި ދެން ނިޔާވީ، އެކުދިންގެ އުމުރުން ހައްގު އަންހެން ދަރިފުޅެކެވެ. މިހާދިސާ އަކީ ރާއްޖެއަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫނެވެ. މިއީ، ތަމަޅަ ހަނގުރާމަވެރިންގެ ރުޅިވެރިކަން ސަރުކާރަށް ފިލުވާލުމަށްޓަކާ ދިން ހަމަލާއެކެވެ. މީގެ ފަހުންވެސް 1999 ހިސާބުގައިވެސް ލަންކާގެ އެއަރޕޯޓަށް ތަމަޅާ ޓައިގަރުން ވަރުގަދަ ހަމަލާއެއްދީ، އޭޕްރޭން މަތީގައި އޮތް ދެތިން ބޯޓު ގޮއްވާލިއެވެ. އެހާދިސާ، އެވަގުތު ފުރަންގޮސް ތިބި ދިވެހި ދިވެހިންނަށް ތަޖްރިބާ ކުރެވުނެވެ. އެކަމަކު ނަސީބު ރަނގަޅު ކަމުން އެކަކުވެސް މަރެއް ނުވެއެވެ.

    8
    2
  6. ާރަސީދު

    އަޅުގަނޑަކީވެސް އެގޮއްވާލި ފުލައިޓުން ދަތުރު ކުރަން ހަމަޖެހިފައޮއްމީހެއް، އެކަނލާގެތަނަވަސް ރަހުމަތުން އެފުލައިޓުން ސީޓެއް ނުލިބުނީ، އޮމާން އިން 00:45 ގަފުލައިޓުން ގޮއްވާލި ފުލައިޓަށް ސީޓެއް ހޯދަން އުޅުމުން ސީޓެއްނުލިބުމުގެ ސަބަބުން ދަތުރުކުރެވުނީ އަނެއްދުވަހު، އަލްހަމްދުލިއްލާހް.

    10
  7. ޚ

    އެލްޓީޓީ އިން ކުރި ކަމެއް. ދާހިލީ ހަގުރާމަ ކޮށް ރާއްޖެ އަރަން ވެސް އުޅުން. ޝުކުރިއްޔާ މައުލޫމަތު ހިއްސާކުރެއްވީމަ

  8. ހުޙޫ

    ޢެލްޓީޓީ ޢާ ގާތް ގުޅުން އެންމެ ބޮޑުބަޔަކު ތިބީ ރާއްޖޭގައެވެ. ޥެރިކަމުގެ ތެރޭގައެވެ. ބާޤީ ލުތުފީ އަކީ އެކެކެވެ. މަތިފަޑިން އެންމެ ދަށު ފަޑިއާ ހަމައަށެވެ. ޢޭނާ މި ފަހުން ލަންކާގެ ހަމަލާގަެި އެމްބަސީއަށް ވެއްދީ އަންނިއެވެ. ސިފައިން ބަލާ ފާސްކުރާއިރު އަތުވެއްޖެ ނަމަ ޖަލަށް ލާނެތީއެވެ. މި ނުނީ ޣައްދާރުން ވެރިކަުގައި ތިބި ތަނެއްވެސް ނެތެވެ. ލުތުފީގެ މައްސަލައިގެ ތަހްޤީޤެއް ނުހިންގީ ކީއްވެ ހެއްޔެވެ.

    14
    1
  9. އިބްރާހިމް ނާޔިލް / ބ.ހިތާދޫ

    އަޅުގަނޑުގެ ބައްޕަ ވެސް މިފުލަޓުން މާލެއަންނަން ފްލައިޓަށް ކުރީ ސިޑިން އަރާ އެކަމު ސީޓާހަމައަށް ނުދެވެނީސް ގޮވައިފި..ބައްޕަގެ ސީޓް އިނީ ހަމަ ގޮވި ދިމާލުގަ..ބައްޕަ އައީ ކިޔަވައިނިމިގެން ސައުދިއަރަބިޔާއިން ކޮލޮމްބޯމަގުން ޓްރާންސިޓް ކޮށް ރަާއްޖެ އަންނަން...ނިޔާވި ދިވެހި އަންހެންމިހާ އާއި ކުޑަކުއްޖާ ހުރިކަމަށްވަނީ އެވަގުތު ފުލައިޓްގެ ފާޚާނާގައި..ﷲ އެމަރުހޫމުންނަށް ސުވަރުގ މިންވަރު ކުރަށްވާށި...ﷲ ގެ ރަހުމަތުން ބައްޕަ ސަލާމަތްވި އަދި ޖެހިގެން އައިދުވަހު އެހެން ފްލައިޓަކުން މާލެ އާދެވުނު..އޭރު އަޅުގަނޑު އުމުރުން 4 އަހަރު..

    15