ލ.ގަމުގެ ގްރޫޕަކުން އެއަތޮޅު ފޮނަދޫ އަށް އަރައި ކަތިވަޅިއަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ފޮނަދޫގައި މާރާމާރީއެއް ހިނގައި ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

މާރާމާރީގައި 22 އަހަރުގެ ފިރިހެނެއްގެ ފައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި ޒަހަމްވި އަނެއް މީހާގެ މޫނަށް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށާއި ފަރުވާއަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލާގައި މިހާރު ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ދެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިރެއްގަ

    ތިލާމު އަތޮޅަކީ ވަރަށް ފާޑެއްގެ ތަނެއް. އަހަރެންނަށް ދައުވަތުދީގެން ގެންގޮއްސަ، ދައުވަތު ދިން ޖަމުއިއްޔާގެ އިސްމީހެއްގެ ގޭގައި ރޭގަނޑު ކާން އިންދާ ހިތަދޫ ޒުވާނުންގެ ބަޔަކު ވަރަށް ހަޑިކޮށް މަށާ ނުވެސް ބެހޭ ކަމެއްގައި މަށާ ދިމާކުރީ އެގޭ މީހުން އެކަން ނުވެސް ހުއްޓުވީ. އެވަރުގެ އަތޮޅެއް ތީ. މަވާ ސަލާން! މަޖުބޫރުން ގެންގޮސް ލިއްޔާ ނޫނީ ދުވަހަކުން ރުހުމެއްގަ ނުދާނަން!!!!!

    • ލާމު ދަރިން

      އިރެއްގަ މިނަމުގާ ކޮމެންޓު ކޮއްފަވާ ބޭފުޅާޔައް ލާމުއަތޮޅު ރަށަކުން ކަމެއްދިމާވިޔަސް މުޅިލާމު އަތޮޅު ގޯސްނުކުރާށޭ-

    • އަސްލު

      އަހަރުމެންގެ މައިން ބަފައިން ބުނާ އަބަދުވެސް އަޑުއިވޭ '' ހައްދުން މަތީ' މީހަކަ ކައްިރި ނުވަައްޗޭ ، މިހާރު އދި މިވިސްނެނީ ކީއްވެ ކަން ، އެއީ ގިނަ މިޙުން އެހާ ނުބައި އަދި އަމަިއްލަ އެދުން ވަރާށް ބިޑު ބައެެއް ، އެގެ ތެރެއިން ލ އަތޮޅު މީހުން ނުވާނެ އެމީހުންނާ ކައިރި ވާން ، ހައްދުންމަތީ ކިޔަނީ ކޮންމެ ކަމެއްގައިވެސް ހައްދުން ނައްޓާ ބޯ ގޯސް ބައެއް

    • ޔޫސުފު

      ކަލޭ ދަމާފަ ލ. އަތޮޅަށް ގެންދަން އުޅެނީކާކު...ހެޔޮ ދުވަހަކު ނަޔަސް ކަލޯނަޔަސް ލ އަތޮޅަށް އަންނާނެ މީހުންވާނެ...އަދި ބުނެލަން ކުއްކުރާ މީހުން ކޮންމެތާކުވެސް އުޅޭނެ އެއީ އެތަނެއްގައި ދިރިއުޅޭ އެންމެން ކުއްކުރަނީކީނޫން....އެހެން ނޫންނަމަ ކަލޯމެން އެންމެން ދުވެގޮސް މާލޭގައި އުޅެނީ ކުއްކުރުން މަދުކަމުންތަ...މޮޔަވާހަކަ ދައްކަން

  2. ނޭޝަން ފަސްޓް

    ނޭޝަން ފަސްޓް - ކަތިވަޅި ޤައުމު

  3. ހިތަދޫ ދާދާ

    ހައްހާ..،ކަލޯ ލ އަތޮޅު ވަރެއް ނުވާނެ
    އަދި ހާއްސަކޮށް ހިތަދޫ
    ތިހެން ވާނީ ރަށް ރަށަށް އަރާ މާ ގަޓު ހެދެންޏާ. ،::::::::

  4. ހިޕިރި

    އަހަރެން މީ ގަމަށް ސްކޫލް ކަމަކު ގެންދިޔަ މީހެއް. އެމީހުން "އެޅީހާ ބަތަކަށް ރިހަ" ނޭޅީމާ ކުރުވަން ގެންދިޔަ ކަންތައް ދެން ނުކުރިޔަސް އެންމެ ރަނގަޅޭ ކިޔާފައި ދެން ބުނީ ހެއްވާ ވާހަކައެއް. ވައިގެ މަގުން އަނބުރާ ދާން ބޭނުމިއްޔާ އަމިއްލަ ޓިކެޓުގަ ދާށޭ. ކަލޭ މާލެ ދާނެ ގޮތެއް ކަލޭ ހޯދާށޭ. މިވެސް ހަމަ ލާމު އަތޮޅު

  5. ލުބްނާ

    ތި ބޮޑު ނޮހޮރޮއްޕާނެއްތީ ލ އަތޮޅު މީހުން ގެއަކަށް ވަދެއްޖެޔާ މުޅި ގޭގެ އެންމެނާ އެންމެން ޖައްސާ މުޅިތަން ފިތުނަ ފަސާދަ ކުރާނެ، މުޅިގެއަށް ބާރުގަދަ ކުރަން ދިމާކުރާނެ، މާލެމީހަކާ އިނދެވިއްޖެޔާ މުޅިގެފުރާނެެ، ގޭދިރުމަތިން ފައިވާން ހުސްވާ ވަގުތު ނާންނާނެ، ނަމުގަ ގެއަށް އަބަދުވެސް އަންނާނީ އާއިލާ މީހުން... އެއްބަނޑު ތިމާގެމީހުން އެކަކު އަނެކަކާ ޖައްސާނެ...މިމީހުންނާ ދޭތެރޭ ވަރައް ސަމާލުވާން ޖެހޭ...

    • ބުރިޗޯ

      މާލެ މީ ކޮން ސަހަލަ ތަނެއްތަ ތި މާލެ މީހުން މީހުން މަރާ އިރު ލުބުނާ ހުއްނަނީ ކަނު ވެފަ ދޯ

  6. ސަމާ

    ލ އަތޮޅު ޗިޗިޗީޑި...

  7. ލ. ދަރިން

    ތިއަދި ލ އަތޮޅު ހިއްހެޔޮ ކުދިންނާ ދިމާނުވަނީ.

    • ަައަމަައްޔާއި

      ތިބުނާ ހިތް ހެޔޮކުދިންނާ ދުވަހަކު ދިމާނުވިއްޔާ ރަނގަޅީ

      • ސަމާ

        ދޯ

        • އަނބު

          ކޮންމެ ތާކުވެސް އުޅޭނެ ރަނގަޅު މީހުންނާއި ގޯސް މީހުން. އެވަރު ދަނެގެން އުޅޭ މީހުން އުޅެންވާނީ. ވަކި ލާމެއް ކާފެއް ކިޔާނެ ކަމެއް ނެތް.

  8. ކަހަބު މޫސަ

    މިތާ ލ.އަތޮޅޭ ކިޔާފަ މިއަނގަތަޅާ ގިނަ މީހުން މީ ރާއްޖެތެރޭ ކެނާންނޭ.....ގާމަތި ކުޑަ ރައްގަނޑެއްގަ އުޅެފަ މާލެދެވުނީމަ ހިތް އޮންނަނީ އާސްމާނުގައި..އެހެޔޮ އަދި ދެފައިން ދޮންވެލި ނުހިކުނަސް، ރަނގަޅީވެސް ތިކަހަލަ މީހުން ލ.އަތޮޅަށް ނައީޔާ.....

    • ޛޮރކެރ

      ލާމު މީހުން މާލޭގަ ނޫޅޭދޯ. ގާމަތީ ރަށުގަ ވަޅިއެއް ނުޖަހާ ކޮއްކޯ. ދޭބަލަ ކޯރުކޮންނަން.

  9. ކަޅޭ

    އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. ދެން އަވަހަށް ދޫކޮށްލާ!

  10. ދޯ

    ދިވެހިންނަށް އޮޅިފަދޯ މިހާރު ތިބެވެނީ!!! ސަމާލުވޭ ދަރިންނޭ...ތަންކޮޅެއްގިނަ ދުވަހު ހެޔޮސިއްޙަތުގަ ހުރެފަ ޖީބުގަ ތަންކޮޅެއްގިނައިން ލާރި ކޮޅެއް ދުވަސްކޮޅަކަށް ހުރެއްޖިއްޔާ ހަމަ އިންސާނުން ނަށް ވެދާނެ ގޮތެއް ދިވެހިންނަށް ވެފަ މި ތިބެނީ!! ސަމާލުވޭ؟؟؟ ރައްވަންތަ ކަމާއި އަތޮޅުވަންތަ ކަމެއްނޫން އިތުރު ކުރަންވީ.. އަޚުވަންތަކަން...ސަލާމް އޯލް...