ލ. އަތޮޅު ދަނބިދޫ އިންޖީން ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑި އެރަށުގެ ރައްޔިތުން ކަނު އަނދިރީގައި ވަނިކޮށް އެރަށަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ދަނބިދޫ ޕަވާހައުސްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ރަށުން ރޭގެ އިރާކޮޅު ކަރަންޓު ކެނޑުމާއި ގުޅިގެން އެ ކޯޕަރޭޝަނުން ކުރަން ފެށި މަސައްކަތުން ރޭ ފަތިހު 5:45 ހާއިރު މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ދަނބިދޫ ޕަވާހައުސް ގައި ހިނގި ހާދިސާއާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ފެނަކަ އިން ވަގުތުން މަސައްކަތް ފަށައި ރޭ ފަތިހު އެކަން ކާމިޔާބުކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް މުޅި ރަށަށް ފޯރުކޮށްދޭން ފެށުމާއެކު، ކަރަންޓު ފުރިހަމައަށް ފޯރުކޮށްދިނުމަށް އިތުރު ޖެނެރޭޓަރެއް އެރަށަށް ފޮނުވުމަށްޓަކައި ލޯޑުކޮށް ފުރުވާލާފައިވާ ކަމަށެވެ.

ފެނަކައިން ވިދާޅުވީ، އެރަށަށް ފޮނުވާ މި ޖަނެރޭޓަރު މިރޭގެ ވަގުތެއްގައި އެރަށަށް ގެންދެވޭނެ ކަމަށެވެ.

ރޭގެ ހާދިސާގައި ދަނބިދުއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި ދެ އިންޖީނުގައި އަލިފާން ރޯވުމުގެ ސަބަބުން އެ ދެ އިންޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެ ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ދަނބިދޫ އިންޖީންގޭގައި އަލިފާން ރޯވެ ރަށުން ކަރަންޓް ކެނޑިފައި ވާއިރު ލ.އަތޮޅުގެ ގިނަ ރަށްރަށަށް ވަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ކުރމަތިވެފައެވެ. އެއަތޮޅު މާބައިދޫ އާއި ގަމުން ކަރަންޓް ކެނޑޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެމައްސަލަ ހައްލު ނުވެގެން އެރަށްރަށުގެ ރައްޔިތުން ގެންދަނީ ޝަކުވާ ކުރަމުންނެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކައިން ވަނީ އެރަށަށްވެސް އިތުރު ޖަނެރޭޓަރެއް، މިދިޔަ އަންގާރަ ދުވަހު ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ! ޢަލީ ހަމީދު ވަރެއް ހަމަ ނޯންނާނެ. ތިހާ ފައްކާ އެމް.ޕީ އެއް ނުލިބޭނެ އިސްދޫ ދާއިރާއަކަށް ދެން. ކުރިން ހުރި އެމް.ޕީ ހުރި އިރު ކަރަންޓު ކެނޑުނީމަ ހަފްތާ ދެހަފްތާ މަސް ދެމަސް ފާއިތުވާއިރުވެސް އޭނަޔަކާ ވާބެހޭކަމެއް ނޫން. ޢަލީ ހަމީދު އިޒްދަ ބެސްޓް ?

    2
    7
  2. އ. ޖ. އ

    ސާބަސް ތިޔަ ކުރި ބުރަ މަސައްކަތަށް

    2
    5
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ސްކުރިއްޔަ ރައީސް ޔާމިން.. ރައީސްގެ ވެރިކަމުގަ ގެނެއްސަ ހުރި އިންޖީނުތަށް ހުރިކަމުން މިޔަދު މިހާއަވަހަށް މިކަން ވެގެން މިދިޔައީ.. އިބުރާހިމުގެ މިސަރުކާރަށް 5 އަހަރުން އެންމެ ޖަނަރޭޓަރުގަނޑެެއް ގަނެވުނަސް ރަނގަޅު.. އަދި އެންމެ ޖަނަރޭޓަރެއް ގަނެވުނަސް ބޮޑުކޮށްފަ ނޫސްތަކުގެ ފަލަ ސުރުހީގަ ޖަހާނެ މާ ކަންކަން ވާބެއްކަމަށް ދެއްކެން..

    4
    1