ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ރާފުށި ވިއްކާލަން ނިންމައިފިއެވެ.

މި ރަށް ވިއްކާލަނީ ސްރީ ލަންކާގެ އެއިޓްކެން ސްޕެންސް ހޮޓެލް ހޯލްޑިންގްސް ކުންފުނިންނެވެ. މި ރަށަކީ ރިސޯޓް ތަރައްޤީކުރަން އެ ކުންފުނިން 2015 ވަނަ އަހަރު ނަގާފައިވާ ރަށެކެވެ.

އެއިޓްކެން ސްޕެންސް ހޮޓެލް ހޯލްޑިންގްސް ކުންފުންނިން ނިންމާފައި ވަނީ 207 މިލިއަން ރުފިޔާ (13 މިލިއަން ޑޮލަރު) އަށެވެ. 45.25 ހެކްޓަރުގެ ބިން އޮންނަ މި ރަށުގައި ގެ އެއިޓްކެން ސްޕެންސް ހޮޓެލް ހޯލްޑިންގްސް އިން ވަނީ 250 ކޮޓަރީގެ ރިސޯޓެއް ތަރައްޤީ ކުރުމަށް ކުރިން ޕްލޭންކޮށްފައެވެ.

މި ރަށުގައި ރިސޯޓް ތަރައްޤީ ކުރުމަށް ގެ އެއިޓްކެން ސްޕެންސް ހޮޓެލްސް ކުންފުނިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކީ އޭސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އެވެ. އެއިޓްކެން ސްޕެންސް ހޮޓެލް ހޯލްޑިންގްސް އިން ބުނެފައި ވަނީ އެ ކުންފުނިން މިހާރު ބޭނުންވަނީ ބިން ނަގައިގެން ރިސޯޓު ތަރައްޤީކޮށް ހިންގުމުގެ ބަދަލުގައި ރިސޯޓުތައް މެނޭޖް ކުރުމަށެވެ.

އެއިޓްކެން ސްޕެންސް ހޮޓެލް ހޯލްޑިންގްސް ކުންފުނިން ދާދި ފަހުންވެސް ވަނީ ރާއްޖޭގައި "ހެރިޓެންސް"ގެ 163 ކޮޓަރީގެ ރިސޯޓެއް ހުޅުވާފައެވެ. އެ ރިސޯޓު ހިންގާ ރަށަކީވެސް 2015 ވަނަ އަހަރު އެއިޓްކެން ސްޕެންސް ހޮޓެލްސް އިން ނަގާފައިވާ ރަށެކެވެ. އެ ކުންފުނިން މިހާތަނަށް ވަނިީ ރާއްޖޭގައި ހަ ރަށެއް މިގޮތުގެ މަތިން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޟުކުރު

  ތީ އިނާރ ފިރާގުގެ ގޭސްގޑެއް އެކިނަންނަމުގައިކުރާކަމެއް

  10
 2. ހާނިމް

  ތިކަމުގަ މައްސަލައެއް އެބައޮތަ ފިރާގު ވިޔަސް ހަސަނުވިޔަސް ރަށްގަތުމައް ދައްކަންޖެހޭފައިސާ ވަނީލިބިފަ ދެން މައްސަލަޔަކީ ކޮބާ. ޙަސަދަވެރިކަން ހަމަ.

 3. މަހުމާ

  ވިކާލުމަކުން މަސަލައެއް ނެތެވެ ރއްޔިތުންގެ ފައިސާ ހަމަޔައް ދީފަ ހުރިޔާ ނިމުނީ.. ތީއަދީބުގެ ޑީލެއްނޫން ތޯބަލާތި.. ފިރާގަކީ ވަރައް ފުޕާފަ ހުންނަ މީހެއް ..

  2
  1
 4. ކކކކ

  99.99% ޑިސްކައުންޓް ދިނަސް އަހަރުމެންނަކަށް ތި އެފޯރޑް އެއް ނުކުރެވޭނެ. ކީއްކުރާނީ