މާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ، އިސްލާމި މަރުކަޒުގައި ބަންގި ގޮވާނެ މީހަކު ނެތިގެން ބަންގި ގޮވުން ލަސްވެއްޖެއެވެ.

ބަންގި ގޮވާނެ މީހަކު ނެތުމުން ބަންގި ގޮވުން އެ މިސްކިތުގައި ލަސްވެފައި ވަނީ މިއަދު މެންދުރު ނަމާދު ވަގުތުގައެވެ.

މިއަދު މެންދުރު ނަމާދަށް ބަންގިގޮވާ ގަޑި ފާއިތުވެގެން ދިޔައިރުވެސް މިސްކިތުގައި ބަންގިގޮވާ އިމާމު ނައުމުން، ފަހުން އެ މިސްކިތުގައި ބަންގި ގޮވާފައި ވަނީ މިސްކިތަށް ގޮސް ހުރި މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި އިސްލާމި މަރުކަޒުގައި ބަންގި ގޮވުން ލަސްވެފައި މިވަނީ، މިސްކިތުގެ އިމާމު ޗުއްޓީއަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މީގެ ކުރިންވެސް މާލޭގެ ބައެއް އެހެން މިސްކިތްތަކުގައި، ބަންގިދޭ ވަގުތު ފާއިތުވެގެންދާއިރު ބަންގި ދޭ އިމާމު ނެތިގެން މިސްކިތަށް ދާ މީހުން ބަންގި ގޮވާފައި އެބަހުއްޓެވެ.

އިސްލާމީ މަރުކަޒުގައި ބަންގި ދޭނެ މީހަކު ނެތުމުން މިއަދު މެންދުރު ނަމާދު ވަގުތުގެ ބަންގި ލަސްވުމާއި ގުޅިގެން އަދި ކަމާއި ބެހޭ ފަރާތަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ފެނަމުން ދާހަގީގަތް

  މިހާރުކިތައްމިސްކިތްތޯ އިމާމުންނެތި ބަންގިގޮވުން ލަސްވަނީ އިބުރާއްހިމް މިސްކިތް ގައި އާއްމުކަމެއް ކޮންކަމަކާހާސްވާންވީ ވެރިމީހާ ކުޅިވަރާމަޖަލުގައި ނަމުންމުސްލިމް ކަމުންޔަހޫދީ މީފެންނަމުންދާ ހަގީގަތް

  96
  4
 2. މުސްލިމުން

  ތީމާބޮޑުކޮށްފަ ލިޔަންޖެހޭ ހަބަރެއްކަމަށް ނުދެކެން. އިމާމަށް ގަޑިއަށް ނާދެވޭފަދަ ހާލަތެއް މެދުވެރިވެދާނެ. މީގަ ހިތާމަކުރަންޖެހޭ ކަމަކީ ގަޑި ފަހަނައަޅާ ދާއިރުވެސް ބަންގި ގޮވާނެ މީހަކުނުވާތީވެ.

  42
  65
  • އ. ޖ. އ

   ހަމަ މަގޭ ވެސް ހިޔާލު

   14
   5
 3. މަމިޔޮކާކަ

  ބަންގި ގޮވުން އެހާ މުހިންމެއްނޫން ކޮންމެ މީހެއްގެ ޖީބުން ބަންގި ގޮވާނެ . އަހަރުމެންގެ ރަހުމަތްތެރިންވެސް މިހާރު އެތިބީ ހުއްޓާލައިގެން..

  5
  134
  • ބަންގި

   ކަންފަތަށް އެހާ އުދަގޫވޭތަ ބަންގީގެ އަޑު އިވުމުން؟ ދޭބަ އިސްރާއީލަށް، އޭރަކުން ބަންގީގެ އަޑެއް ނީވޭނެ

   111
   3
   • އަހަރެން

    އެތަނަށްދިޔައަސްއަޑުއިވޭނެ

    1
    1
 4. އަހްމަދު

  އަދި ފަސްވަރަކަށް މީހުންނަށް ތިތަނުން އިމާމުކަންދޭން ފެނޭ.

  38
  5
 5. ކަދުރު

  ސުބުހާނަﷲ ދީންވެސް ސިޔާސީވެ ނިމިއްޖެ. ބަންގި ނުގޮވުން ލަސްވުން މީ އާކަމެއްތޯ.

  17
  32
 6. މަ

  ބައެއްމީހުންނަށް އެހާބޮޑުކަމަކަށް ނުވާނެ ތިކަން. ޢެއީ ބަންގިދޭއަޑުއިވުނީމާ އުދަގޫވާމީހުން. ހިތަށްއަރާ ހަމަ އިސްލާމުންބާއޭ.

  59
  4
 7. ބަންގި

  ޓެކްނޮލޮޖީގެ ބޭނުން ހިފީމަ ރަނގަލހުވާނެ.

  2
  31
  • އުގޫފާރު މީހާ

   އެއްގޮތަކަށް ވެސް ކަމަކު ނުދާނެ

   29
   2
 8. ދިވެހިދަރިއެއް

  އައީ މިސަރުކާރައް އެހާބޮޑުކަމެއްނޫން ރައިސްނަސީދުދުވަސް ރު ސާކުސަމިޓުގެމަސައްކަތް ކުރިއިރުވެސް އަލްހާއީދު ނަމާދު ގަމުގަ ހުންނަ މިކިތުގަވެސް އެހެންވީ

  12
 9. ވެންސާ

  ތިނެއް ނޫނީ ހަތަރު އިމާމުން ބޮޑު މުސާރަ އަދި ބޮޑު މަޤާމްގައި ހަމައެކަނި އިސްލާމީ މަރުކަޒުގައި އެބަތިބޭ. ބަންގި ގޮވަން ވަކި މީހެއް. ނަމާދު ކުރަން ވަކިމީހެއް، ގަމަތް ދިނުމަށް ވަކި މީހެއް މީދެން ބޮޑުވަރު

  19
  4
 10. އިމާމު

  މިހާރު ގިނަ މުދިމުން އުޅެނީ ޓެކްސީ ކުރަން. ސަލާން ދީފަ ފުންމައިގެން ދުވެފަ ގޮސް އަރަނީ ކާރަށް ، އެވެސް ރައްޔިތުން ފެލަން. ގިނަ ފަހަރު ނަމާދަށް ގޮވުމަށް ވުރެ ދަތުރު މުހިންމު.

  10
  1
  • އިމާމުންގެ ދިފާޢުގައި

   ޙަލާލް މަސައްކަތެއް ކޮށްގެން ފައިސާ ހޯދުމުގައި އެއްވެސް މައްސަލަ އެއް ނެތް އިނގޭތޯ؟

   ދިވެހި އިމާމުންގެ ތެރޭގައި އިންޖިނޭރުން ނާއި ޑްރައިވަރުން ނާއި ޓީޗަރުންނާއި ޓުއަރ ގައިޑުންނާއި އޮޑިވެރިންނާއި ގެސްޓްހައުސް އޯނަރުންނާއި ސޭލްސްމަނުން ވިޔަފާރިވެރިންނާއި އެކިއެކި ފަންތީގެ ޕްރޮފެޝަނަލް ބޭފުޅުން ތިއްބަވާ! ތިޔަ ބޭފުޅާ އަށްކަމު ނުދިޔައީ ޓެކްސީ ކުރެއްވީމާ ދެއްތޯ؟

   2
   2
 11. ނުރަބޯ

  މިއީ ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި ފެނުނު ކަންކަމެއްނޫން.

  4
  1
 12. އުގޫފާރު މީހާ

  ވަރަށް ވަރަށް ދެރަކަމެއް. އިސްލާމްދީނަށް ލޯބި ނުކުރާ މީހުން ވެރިކަމަށް އައިމާ ވާނީ މިކަހަލަގޮތް. އަންނި އިބޫ އިސްތިއުފާ.

 13. ގޮވާމީހާ

  ކީއްކުރަން ގޮވައި ގެންނަންވީއަކީ؟