ވ. ފުލިދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ބައްދަލުކޮށް މައުލޫމާތުދީފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 07 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުވަނީ ހިއްސާކޮށްފައެވެ. އަދި ގެސްޓްހައުސް ތަކުގައި ގާނޫނީ ގޮތުން ހުރުން ލާޒިމުކުރާ ސަލާމަތީ ވަސީލަތްތައް ގާއިމު ކޮށްފައިވޭތޯ ވެސް ބަލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވެފައިވީ ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކުރުމަށް މައުލޫމާތުދީފައިވާކަމަށެވެ. އަދި ފަތުރުވެރިންގެ ފަރާތުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާ ހިއްސާކުރަންޖެހޭ މައުލޫމާތާތުތައް ހިއްސާކުރުމަށް ނަސޭހަތްތެރި ވެފައިވާކަމަށެވެ.

މިބައްދަލުވުމުގައި ފުލިދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ފުލިދޫ ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން ފުލިދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ބައިވެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ދިވެހިންނަކީ ސިކުނޑި ތަރައްގީ ނުވެ ހިތް މާ ތަރައްގީ ވެގެން އުޅޭ ބައެކެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ އެމަންޒަރެވެ. އޮފިޝަލް ބައްދަލުވުމަކަށް ސޯޓުބުރިޔެއް ލައިގެން ގޮސް ފައި ނަގާ މައްޗަށް ލައިގެން އިންދެ ތިމާ ހިތުން މާ ކޫލް މީހެއްކަމަށް ދެކުނަސް ތީގެން ދައްކައިދެނީ ތިމާގެ ހުރި އަން ޕްރޮފެޝަނަލް ކަމާއި ، ޖާހިލުކަމެވެ. ހޮޓަލަކަށް ވަނަސް އެތަނުން ފެންނަ އެންމެ "އަޑުގަދަ" މީހުން ތިބޭނީ ދެމިޔަކަނުން ފައިބާވަރަށް ދުފައިގެންނެވެ.ވާހަކަ ދެއްކޭނީވެސް އަނގަކޮޅު މައްޗަށް ޖަހައިގެންނެވެ. ހޮޓަލުން ނުކުމެ މަގުމައްޗަށް ޖަހާނީ އޮލަ ރަތް ކުޅުގަނޑެކެވެ. ބުރުވާލާނީ މީހެއްގެ މޫނު މަށްޗަށް ދުންގަނޑެކެވެ. ވަރަށް ސާފުކޮށް ބުނަމެވެ. މީ ތަރަށްގީއެއް ނޫނެވެ. މިޔަށް ކިޔާނެ ދިވެހި ނަމަކީ ޖާހިލުކަމެވެ.

    5
    1