މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

"މިހާރު ހުރިހާ ހައްޖުވެރިންވެސް ތިއްބެވީ އަރަފާތު ބިމުގަ. ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު." މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ޖަމާވެފައިވާ ކަމަށް ސައުދީ އަރަބިޔާ އިން ވަނީ ބުނެފައެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި، ޒައިމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް ޕްރައިވެޓް ލިމިޓެޑެވެ.