މާލޭގެ ފަޅު ތެރެއަށް ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވާ ލޯންޗު ފެނުފައި ވަނީ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވެހިކަލަށެވެ. އެގޮތުން މިއަދު ހަވީރު 05:18 ހާއިރު ގަލޮޅު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު މާލޭ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފައިވާތަން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައި ވަނީ އަދި ލޯންޗުގެ ވެރިފަރާތަކީ ކޮބައިކަން ނޭނގޭ ކަމަށާއި، ވެރި ފަރާތާ މައުލޫމާތު ހިއްސާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.