ޢީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ޤައުމާއި ޢާއިލާއާ މާ ދުރުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި ޢީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރުން މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ޙައްޖަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންފައި ވެއެވެ.

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވެއެވެ. އަދި އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމުގައިވެސް ރައީސުލްޖުމްހޫރިޔާގެ ޚިޠާބުގައިވެއެވެ.

މިފަދަ ކޮންމެ ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އަދި، އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތައްކަމަށާއި، އެކަން މުޖުތަމަޢުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތަށް އިސްކަންދީ އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މައި

  އީދުފާގަކުރަންވީތަ ކަރަންޓްގެ އަލިކަމެއްދީބަލަ އޭމޮޔަޔާ

  18
 2. ހަސަންކޮއި

  ކަމަކުނުދާނެ އީދުއުފާފާޅުކުރުމުގައިބައިވެރި
  ވާންޖެހޭނީ އމޑޕމީހުންނާއިއެމީހުންގެބައިވެރިން ޚާއް
  ސަކޮށް އިންޑިޔާގެ ހިންދޫން

  20
 3. ރަސިދު

  މިއޮއްހުރި ހާދުވަހު އިނުތިމާއީގުޅުން ކޮބާބާ ، ކަލޭ ހުރެގެން ނޫން ބާ މިދިވެހި މުޖުތަމަޢު ހިލާކުކޮއްލި

  23
 4. މާމިގިލީ މީހާ

  ރައްޔިތުންގެ ލާރިން މުޅި ދުނިޔެބަލާން ދަތުރުކުރާކަށް ނޫން ކަލޭ ވެރިކަމަށް އެރުވީއެއް.

  25
 5. ލަބީބު

  މިއީ ފޭރުނު ވެރިކަމުގެ ބާނީ!

  25
  • ބީދު

   ޢަހަރެމެންނަ އުފާވެސް ވެވޭނީ ފޭކު އުފާ. ހަރުދަނާ ހިތްހަމަޖެހޭ އިތުބާރު ހުރި މުސާރަ ހޯދޭނެ މަގެއް ނެތް. ހިތްހަމަ ޖެހިގެން ދިރިއުޅޭނެ ގެއެއް ނެތް. ޢަބަދު އުޅެން ޖެހެނީ އިބޫއަކާ އައްނި އަކާ ޔާމީނެއް ދެކެ ރުޅިއައިސްގެން. ގައުމަށް ލިބޭ ލާރި ކޮޅު ވަކި ބަޔަކު ޖީބަށް ލެވޭނެ ރޭވުން ރޭވުމަކީ ސަރުކާރު ހިންގުން ކަމަށް ދަންނަ ބަޔަކު ރެއާދުވާލު ހަޅޭލަވާ އެކަކު އަނެކާ ވިއްދައިގެން އުޅުމަށް ލާރިއެއް ލިބޭ މީހުން ފެލަނީ

 6. ސޭބޯ

  ގުޅުންގާއިމްކޮށް މަޖާކުރާނީ ކިހިނެއް މިޔޮއްބޮނޑު ނޭފަަރުގަ ފެންކޮޅެއް،ކުލަކޮޅެއް ޖެހުންވެސް ކައުންސިލްގަ ބަގުޑި ބަދެގެންހުރި ކާރިމް މަނާކޮއްފި .

  18
 7. ގުބޯ

  ޢެޖެންޑާ ވިހި ވިއްކަން ފެށީ! ސެލްފީ ނަގާމޫސުމް އެބަކައިރިވޭ،

  13
 8. މައްލާ

  ކޮބާ އީދު ސަލާމް ކުރުން އެބައޮތްތަ. އެއީ އަބަދު ކުރާކަމެއް.

 9. އައްޑޫ މީހާ

  މީހަކު ލިޔެ ދިނީމަ ދެލިގަނޑު ކިޔާލާއިރު ވަރަށް ފަށުއި ބަސްތަކެއް ދުލުން ބުނެލަން އެގުނެއްކަމަކު ހަރާމުން ހަރާން މީނަ ދައްކާ ވާހަކައަކާ އަމަލަކާ ދުވަހަކުވެސް ދިމަލެއް ނުވާނެ މީނަގެ ހިތާއި ދެންވެސް ހުރިތަނެއް ސާފުކޮށްފަ މިދެއްކި ވާހަކަތަކުގެ އަމަލީ ސިފައެއް މީނަގެ ފަރާތުން އަޅެ ރައްޔިތުންނަށް ދައްކަން ވީނުންތަ އެއަށްފަހު ރައްޔިތުންނަށް ހިތާބު ދިނުން ރަނގަޅުވާނެ އިބިރިހިމާ އެއްކަމަކު މިހެން ބަހާ އަމަލާ ދިމާނުވާކަހަލަ ވާހަކަ ދެއްކީމަ އެއްޗެކޭ ނުބުނެ ނުހުރެވޭނެ

 10. ޢިއްސޭ

  މީ އަޅެ ކާކު އިޖްތިމާއީ އޭ ކިޔަން މީނަ މީ ކޮންކަމެއްކޮށްދިންމީހެއްތަ 25 އަހަރު މަޖްލިހުން ކައިގެންބޮއިގެން ކަނުގޮނޑިއައްވަދެ މުސާރަކައިގެން މަންމަނެއްހެން އިނީ މިހާރު ކޮންވާހަކައެއް އެކައުންޓް ފުރެންދެން ފައިސާޖަމާކޮށް އެހެންމީ ހުންގެ އެކައުންޓްގަ ހުރިފައިސާ ކާނުލެވިގެން..