ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ވަަރަށް ގޯސްވުމާއި ރީނދޫ އިންޒާރު ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ އިންޒާރު ނެރެފައި ވަނީ ފަސް އަތޮޅަކަށެވެ.

މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ލ. އަތޮޅުން ފެށިގެންް އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ މިރޭ 5:00 އާއި ހަމައަށެވެ.

ރީނދޫ އިންަޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މި އިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.