ތެޔޮ ބޯޓެއް މ. ނާލާފުށި ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްެއެންޑީއެފް އިން ވިދާޅުވީ، މި ބޯޓަކީ ލ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށެވެ. އަދި ބޯޓު އަރާފާއި ވަނީ ނާލާފުށި ފުއްޓަރު ފަރާތުގެ ފަރަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިގެން އެމްެއެންޑީއެފް އިން ރިޕޯޓްކޮށްފައި ވަނީ މިރޭ 1:10 ހާއިރު ކަމަށް އެމްެއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މި ބޯޓުގައި 2000 ލީޓަރު ޑީސަލް އެބަހުރި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ފަރަށް އެރި މި ބޯޓުގައި ޖުމްލަ ތިބީ ތިން މީހުންނެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ.

އަދި އެ ސަރަހައްދުގައި އޮތް ބޮޑުވެފައި ރާޅުވެސް ބޮޑު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.