އައްޑޫ ސިޓީއަށް މޫސުން ގޯސްވެ އެ ސިޓީގެ ބައެއް ރަށްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ރޭ 2:20 އިން ފެށިގެން އައްޑޫ ސިޓީގެ ސިޓީގެ މަރަދޫ، ފޭދޫ، މަރަދޫ އަދި ފޭދޫން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި ހިތަދޫގެ ބޮޑު ސަރަހައްދަކުން ވެސް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

އައްޑޫ ސިޓީން ކަރަންޓް ކެނޑިފައިވާއިރު، މިހާރުވެސް އެ ސިޓީއަށް ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ރަށު ތެރޭގައި ވަަރަށް ބޮޑު ފެންބޮޑުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީއަށް ވިއްސާރަވުމާއި ގުޅިގެން ގަން އެއާޕޯޓަށް ޖައްސަން އޮތް ފްލައިޓެއް މިރޭ ވަނީ ޑައިވާޓްވެސް ކޮށްފައެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރާގައި ގދ. އަތޮޅުގެ ރަށްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެގޮތުން، ގދ، އަތޮޅުގެ ތިނަދޫގެ ތިން ގެއެއްގެ ފުރާޅު އެއްލާލައި ވެއެވެ. އަދި އެގޭގޭގައި ދިރިއުޅެމުންދިޔަ މީހުން އެހެން ގެތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި މީގެ އިތުރުން، އެ އަތޮޅު ފަރެސްމާތޮޑާ ގެއެއްގެ ފުރާޅުވެސް އެއްލާލައިފައިވާއިރު، އެރަށު ގެއެެއްގެ ފާރުވެސް ވަނީ ވެއްޓިފައެވެ.

އަދި ދެ ރަށުގައިވެސް ބޮޑެތި ގަސްތައް ވެއްޓިފައިވާއިރު، ރަށު ތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ ރަށުގައިވެސް އާއްމުންނަށް އެހީވުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސެން

    ތީ ކަނު އަނދިރީގައި ބައިތިއްބަން ޖެހޭ ބައެކޭ ތީ ވަރައް ހަސީލަތްނުބައިމީހުންއުޅޭ ހިސާބުގަނޑެއް..ތަރައްގީ ނުވަނީވެސް އެހެންވެ..

  2. މިގޭ

    ޖަޒީރާގައި ކަރަންޓް ބޭނުމެއް ނުވާނެ.