މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުގެ އިންޒާރުގައި ބުނެފައި ވެއެވެ.

މި އިންޒާރުގެ މުއްދަތު ހަމަވާނީ ހެނދުނު 8:00 އަށެވެ.

'މި އިންޒާރުގެ ކުރިން މެޓް އޮފީހުން ނެރެފައި ވަނީ ރީނދޫ އިންޒާރެކެވެ. އެ އިންޒާރު ނެރެފައި ވަނީ ދެކުނުގެ އަތޮޅު ތަކަށެވެ. އެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 5:00 އަޑަށެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރާގައި އައްޑޫސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް މައުލޫމާތު ވަނީ ލިބިފައެެވެ.