ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި 24 ގެއަށް ގެއްލުންވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިއްޔެ އިއުއޮއްސުނުއިރުން ފެށިގެން އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް ވައިދަވިއެެވެ. އަދި ރޭ ވަރަށް ބޮަޑަށް ވިއްސާރަވެ އައްޑޫ ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކަށް ރީނދޫ އިންޒާރުވެެސް ނެރުނެވެ. ރޭ އައްޑޫއަށް ކުރި ވިއްސާރާގައި އެ ސިޓީގެ ބައެއް ސަރަަހައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ. އަދި ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ގަސްތައްވެސް ވަނީ ވެރިފައެވެ.

ފުލުހުން ވިދާޅުވީ، ވިއްސާރާގައި އައްޑޫގެ 24 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބި، ރުއްގަސް ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ، އަދި އެހީތެރިކަން ބޭނުންނަމަ ފުލުހުންނަށް އަންގާ"، ފުލުހުން ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ މޫސުމީ ވިއްސާރަ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު