މާލޭ މާފަންނުގައި ހުންނަ ޓިމްބަރ ހައުސް އޮފީސް ފަޅާލައި ވައްކަން ކުރުމަށްފަހު ފިލަން ދުވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 02:46 ހާއިރު އިއްޒުއްދީން މަގުގައި ހުރި ގެއަކުން ވައްކަން ކޮށްގެން ނުކުތް ދެމީހުން އަތުލައިގަނެފައި ވަނީ މަގުމަތި ޕެޓްރޯލް ކުރުމުގައި ހަރަކާތްތެެރިވަމުން ދިޔަ ފުލުހުން ކަަމަށެވެ.
“އެދެމީހުން އެގެއިން ނިކުމެ ފިލަން ދުއްވައިގަތުމުން ފުލުހުން ވަނީ އެދެމީހުން ފަހަތުން ގޮސް ހިފެހެއްޓުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.” ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތަޅު ހަލާކުކޮށްލައިގެންނާއި އަދި ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލައިގެން އޮފީހަށް ވަދެފައިވާ ކަންް ބެލިބެލުމުން އިނގޭ ކަމަށެވެ.
އަދި އެދެމީހުން މަގުމަތިން ހިފެހެއްޓިއިރު ތިބިތަނުން ފޮތި އަންގި ޖޯޑަކާއި، ކަޅުކުލައިގެ ދެ ހުޑާއި، ކޮތަޅު ބޮނޑިއެއް އަދި ކަޅުކުލައިގެ ކެސުއަލް ބޫޓެއްގެ އިތުރުން ފޯނެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހައްުޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަންގާވެސް ނުލާވީޔަ ތިޔާ. ތިޔާހެން އަންނާކަށް ނުވާނެންނު މަސެއްކަތް ނުނިމެނީހެއް.
ބުހަހަހަހަހަ ...