މިހާރު ރާއްޖޭގެ އެކި ސަރަަހައްދުގައިތަކުގައި ފާހަގަކުރަމުންދާ އަޟްހާ އީދުގެ އެކި ހަރަކާތްތަކުގެ ތެރެއިން މިއަދު ހުޅުމާލޭގައި އޮތް ކުލަ ޖެހުމުގެ ހަރަކާތުގެ ތެރެއިން ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދުގެ ގަޔަށް ކުލަ ޖެހުމުން އޭނާ އެކަމާއި ނުރުހުން ފާޅުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު އެކަމާއި ނުރުހުން ފާޅުކޮށް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެ ނިރޮޅު މަގު ވީ2 ފިހާރަ ކުރިމަތީ ހުއްޓާ ގަޔަށް ކުލަ ޖަހާފައިވާކަަމަށެވެ.

"އަނބި ދަރިން ގޮވައިގެން މަގުމައްޗަށް ނުކުމެވޭކަށްނެތް، މި ޒާތުގެ އާއްމު އުނދަގޫ ފުލުހުން ހުއްޓުވަން ޖެހޭ". ފުލުހުންގެ ޓްވިޓާ ޓެގްކޮށް ކުރި ޓްވީޓެއްގައި ވެެއެވެ. އޭނާގެ އެ ޓްވީޓްގައި އޭނާގެ ގަޔަށް ޖުލަ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.

ނަޝީދު ވިދާޅުވީ، ކުލަ ޖެހުމަކީ ހިންދޫ ދީނުގެ ކަމެއް ކަމަށާއި، ދިވެހި ސަގާފަތުގެ ބައެއް ނޫން ކަމަށެވެ.

"ރާއްޖޭގައި އެންމެންނަށްވެސް އަމާންކަމާއެކު އުޅެވެގެން ޖެހޭނެ". އޭނާ ވިދާޅުވިއެވެ.

ކުލަޖެހުމަކީ ހިންދޫ ދީނުގެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއިރު ހިންދޫ އިންގެ އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަށް ތާއީދުކޮށް ނަޝީދު މީގެ ދުވަސްކޮޅެއް ކުރިން ވާހަކަ ދެއްކުމުން އޭނާ އަށް ފާޑު ކިޔުން އަމާޒު ވި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އީދު ފާހަގަ ކުރަމުންދާއިރު، ކުލަޔާ ފެން ޖެހުމަކީ އާއްމު ކަމެކެވެ. މިކަމާއި ބައެއް މީހުން މީގެ ކުރިންވެސް ރުޅިގަދަވެ ވާހަކަދައްކާފައި ވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވަން ފުލުހުންނަށް އަންގައެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. އާދަމް ޒާހިރު

  ރާއްޖޭގެ ސަޤާފަތުގައި އީދުދުވަހު ފެންކުޅި ނުކުޅޭނެ. ފެންކުޅިއަކީ ވަޅުޢީދު ދުވަހު ކުޅޭ ކުޅިވަރެއް.
  އަނެއްކަމަކީ ދިވެހިންގެ ސަޤާފަތުގައި މީހުންގެ ގަޔަށް ޖަހާނީ ސާފު ފެން. ވަރަށް ގާތް ރަޙުމަތްތެރިންގެ ގަޔަށް ނުސާފު ފެން ޖަހައިފާނެ. ކުލަކުލައިގެ ފެން ޖެހުމަކީ އިންޑިއާގެ ހިންދުއިޒަމް ސުންނަތެއް. އަދި އެބައިމީހުންގެ ސަޤާފަތެއް.

  149
  11
  • ޚ

   ތީރު** އެއް

   3
   3
  • މޯދީ

   ބަލަ އިންޑިޔާގެ ސަގާފަތްނޫންތަ މިތާ އޮންނަންޖެހެނީ، މިއީ އިންޑިޔާގެ ބައެއްކަން ނޭގެނީތަ؟!

   2
   1
 2. ކާފަދ

  މި ލާމު އަތޮޅުގެ އުރަތްޕެއްނެތް މީހުންނަށް ބޮޑެތި މަޤާމްތައް ލިބުނީމަ ފެންވަރު އޮޅޭނެ

  61
  141
 3. ކުބޭ

  ކޮންމެ މީހަކު ބުންޏަސް މިއީ ރަނގަޅު ވާހަކަ އެއް، ކުލަ އާއި ފެނާ ޖެހިގެން ނުވާނެ އެއްވެސް މީހެއްގެ ނުރުހުމުގައި އެހެޔޮ އީދެއް ނޫން ހައްޖު ވިއަސް.

  153
  7
 4. މުސްކުޅިބޭ

  ކުލަޖެެހެުމަކީ ހިންދޫ ދީނުގެ އަޅުކަންތަކުގެ ތެރެއިން ކަމެއް. ފެން ޖެހުމަކީ ބުދު ދީނުގެ އަޅުކަމުގެ ތެރެއިން ކަމެއް. މުސްލިމުންގެ ޢީދު ފާހަގަކުރުމުގެ ގޮތުން މިއިން އެއްވެސް ކަމެއް ކުރުމީ ދީނަށް ކުރެވޭ ބޮޑު އިހާނާތެއް. އަދި އެއްވެސް ހާލެއްގައި ހުއްދަވާނެ ކަމެއް ނޫން. ވަގުތުގެ ނޫސްވެރިންވެސް މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި އިސްލާމްދީނުގައި މިކަން އޮތް ގޮތް ކިޔުންތެރިންނަށް އޮޅުންފިލުވައިދިނުން މުހިއްމު.

  121
  8
 5. އަން

  ފުރިހަމަ މުސްލިމަކީ ތިމާގެ އަތާއި ދުލުން އެހެންމުސްލިމުން ސަލާމަތް ވެގެންވާ މީހާއެވެ. މީހުންނަށް އުނދަގޫ ކުރުމެއް އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. މަގުމަތީގެ ހުރުމަތް ކަޑައި މަގުން ހިގާހާ ބަޔަކުގަޔަށް ކުލަޖަހާ އުދަގޫކުރުމަކީ އިންޑިޔާގެ ގެރިމޯދީގެ ޘަގާފަތުގެ ތރެއިންވާކަމެކެވެ.

  113
  4
 6. ކުރޮޅި

  ރަށަށްދޭ

  28
  85
 7. ޭެއެކުވެރިޔާ

  މިދިވެހިރާއްޖޭގަ މީގެކުރިންކުރަމުނައައިކަމެއްނޫން މިވަރަހފަހުން ވަތަނިޔާ މީހުން ބޭއްވި ދުވުމެއްގަ ކުލަޖަހަްފެށީ އެފަހުންމިގަޢުމުގަ ތައާރަފުވެފަވާކަމެއް އެކަކު އަނެކަކުގަޔައް ކުލަޖަހަނީ ހިންދޫ ދީނުގައެމީހުން ހޮލީދުވަހުގަ ވީމާސައްތައިންސައްތަ މުސްލިމުގަުމެއްގަ މިކުލަޖެހުމަކީ އެއގޮތަކައްވެސް ހުއްދަކަމެއްނޫން

  90
  5
 8. އަޅޯ

  ކަލޯ ގޮސް ފަޅުރަށެއްގައި ބޮނދާ އޮންނަންވީނުން

  34
  89
 9. މަލާ

  ހޫނ.ކޮން ތުއިއެއްތަ މީނަ ވެސް ދެން މިދައްކަނީ؟

  26
  70
  • ޢީދު އުފާ

   މީނަ ފެނުނީމަވެސް އެބަ އެނގޭ މީނަގެހުރި ބޮޑާވެރިކަމާ ކިބުރުވެރިކަން. އަދި ކޮބާ މިޔަށްވުރެން މަތީ މަގާމެއްގަ މިބޭފުޅާ ހުރިނަމަ. ތިމާގެ ފެންވަރު އޮޅިފަ ތިހިރީ.. އަނބި ގޮވައިގެން ގޮސް ފަޅުރަށުގަ އޮވޭ...

   37
   47
 10. 1111

  ތެދެއް! ކުލަ ޖެހުމަކީ ޖަމަ ހޮންދޫ ދީނުގެ ކަމެއް. އެކަންކަން ނުވާނެ ލާދީނީ ކަންކަމަށް. އާންމު އެންމެމްނަށާއި ހިނގާ ބިނގާ އުޅޭމީހުންނަށް އުނދަގޫނުވާނެހެން އުފާ ކުރަންވާނީ ވެސް. އީދެއް އައޭ ކިޔާފަ ވަލު ޖަނަވާރުންގެ ދަރަޖައަށް ވެއްޓޭކަށް މުޖެހޭ! މީގެ އެންމެ މޮޅު ތަންކޮޅަކީ "މާވަރަކަށް އީދު އައިސްގެން" އުޅޭނީވެސް ޕާޓޭންނަށާއި ރޯދަ ނުހިފާ އަދި ރޯދައަށް މަކަރު ހަދާ މީހުންނާށާއި ދީން އޮތްތަނުގަ ބާއްވައިގެން އުޅޭ މީހުންނަށް

  90
  3
 11. މުހައްމަދު

  ތިޔަވާހަކަޔަށް އަޅުގަނޑު ތާއީދު!

  70
  4
 12. މަހުލޫފް

  ކުލައެއްނޫން އޭނަގަޔައްޖަހަންވީކީއެއް ގުއިކޮތަޅެއް. ސްޓޭޓް މިނިސްތަރުކަން ވަޔަކުން ލިބުނީމަ ހީކުރާކަހަލަ މަމީ ވަރައްމާތް މަތިވެރި ހާއްސަ މީހެކޭ.... ހެހެހެހެ ދެންތިބޭނީ މީހުނެއްނޫނޭ... މީދެންކާކުތަ.... ގެއްއްވަދެއޮވެބަލަ...

  35
  57
  • ނަސް

   ބަރާބަރު

   14
   21
  • އިބަ

   ލ.އަތޮޅު މުންޑޫގައި ގޮސް ހުރެބަލަ. ކުލައެއްނުޖަހާނެ.

   16
   21
   • ސުހާ...

    ޥަރައް ރަނގަޅުވާހަކައެއް... ގޮސްރަށުގައޮވެބަލަ

 13. އަހުމަދު

  ތީ ބޮޑު މުސީބާތެއް.........

  29
  5
 14. އ. ޖ. އ

  ވަރަށް ރަނގަޅު ވާހަކައެއް

  39
  6
 15. އ. ޖ. އ

  ދިވެހިންނަށް އީދު އައީމަ މިއޮއް ވާ ގޮތެއް ދޯ

  52
  9
 16. ގޮން

  މިކަހަލަމީހުންނައް ކޮންމެވެސްފަޅު ރަށެއްގެ މިނިސްޓަރކަމެއްދިނުންރަންގަޅުވާނެ.

  33
  38
 17. މަންސޫރު

  ކުލަ ޖެހުމާ އިންޑިޔާ ގެ ހިންދޫ މީހުނގެ ދީން ގަ ހޯލި ކިޔާ ޢީދު ގަ އޮއްނާ ކަމެ މި އަކީ.މުސްލިމުންނާ ކަންޑައަޅާގެނގ މަނާ އަދި ހަރާމކަމެ....

  65
  3
 18. އަޙުމަދު ޙަމީދު

  މިފަހަރު ނަޝީދަށް ތާއީދު ކުރާނީ. ޙިންދީ ސަގާފަތް މިރާްޖޭގައި އާލާކުރާކަށް ނުޖެހޭނެ. ސާފު ފެން ކުޅެނީ ދިވެހިން.

  63
  1
 19. ދޭބަލަ

  ތަމެން ދެން ލާރޖް ކޮށް ގިރައިގެން ކުލަ ބޯން ވީއެއް ނޫންތޭ މަހަށްދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ދެން ދަ ގޫބައްޑާ މެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  5
  24
  • ތަމެން

   ތަމެން ތަލަބެ މަހަށްދޭބެލެ....ތަމޭބެ.....

   12
   8
   • ކޭ ބީ

    މަގާމު ދޫކޮށްލަން ކެރޭނެބާ...

    12
    10
 20. ރާވެރިޔާ

  ހާދަ ހިތް މޮޅު މީހެކޭ ދޯ މީ ، މީކީ މިރާއްޖޭގެ ސ މިނިސްޓަރަކަށް ކަމުދާ މީހެއް ނޫން ، ބަލަ ޗަކޮޔަށް ނޭނގޭތަ މިއީ މުސްލިމް ގައުމެއްކަން މިއަދަކީ އަޝުހާ އީދު ދުވަސް ކަން ، ކީއްކުރަން މަގުމައްޗަށް ނުކުތީ ، ނަސީބެއްނުން ކަޅުތެޔޮ ބޮލަށް ނޭޅިކަން ، ތިހާ ބޮޑާ މީހަކަށް ސޯލިހުބޭގެ ސ މިނިސްޓަރެއްގެ މަގާމު ހައްގެއް ނޫން ، އިސްތިއުފާ ދެއްވާ

  25
  42
 21. ހައްވަ

  މުޅިރަށުތެރޭގަ ކުލަޖަހަމުންދުވަނީ މިކަންހުއްޓުވަން ޖެހޭ އާއްމު އުދަގުލަކަށް ވެއްޖެ

  43
  1
 22. ސައިމާ

  މިކަން ހުއްޓުވެންޖެހޭނެ. ނުވަތަ މިކަން ކުރަން ވަކި ސަރަޙައްދެއް ކަނޑައެޅެންޖެހޭނެ. ފެންނަހާ މީހެއްގެ ގަޔަށް ކުލަޖެހިގެން ނުވާނެ. ޤާނޫނީގޮތުން މީހެއްގެ ނުރުހުމުގައި އެއްވެސް އެއްޗެއް މީހެއްގެ ގަޔަށް ޖެހުމަކީ ކުށެއް. ޢީދުވެގެން ނުވަތަ ޙައްޖު ނުވަތަ އެހެންވެސް މުނާސަބަތަކާ ގުޅުވައިގެންނޭ ކިޔާފަ މިކަމުގައިއޮތް ޤާނޫނީ ދިފާޢެއް ދައްކަބަލަ. ނޯންނާނެ.

  41
  1
 23. އިބްރާހިމް

  ކުލަހެހުމަކީ ބުދުދީނުގެ މީހުންގެ ސަގާފަތެއް. މިކަމަކީ އެއްވެސް ހެޔޮކަމެއް. ކުލަޖެހުމުގައި އިސްލާމްދީނުގައި މަނާކުރައްވާފައިވާ ފާހިޝް ގިނަ އަމަކުތަށް ހިމެނެއެވެ.

  26
  1
 24. އަލީ

  ޝޭހެއްގެ ބަހެއް މިކަމުގައި ބޭނުން.

  21
 25. އަބްދުﷲ

  މަށަށްވެސް ކުލަޖެހުން ދެން ވަރަށް ކަޑަ...

  32
 26. މޯދީ

  ބޭފުޅާ މި ސަރުކާރަކީ އިންތިހާއަށް ތިބުނާ ހިންދޫ ކާފަރުންނާ ގުޅުން ބޮޑު ބައެއް، އިސްތިއުފާ ދޭން ކެރޭނެތަ،،

  28
  2
 27. ޢީދުގައިވިޔަސް

  އެއްވެސްމީހަކު އަނެކާގެ ނުރުހުމުގާ ގަޔައްއަތްލައި ކުލަޖަހާހެދުމަކީ އެއްގޮތަކައްވެސް ކޮއްގެންވާނެކަމެއްނޫން އެކަހަލަކަންތައްކުރާނަމަ އެކަންއެއީ ޤާނޫނީގޮތުން ކުށަކައްނޫނީނުވާނެ

  23
 28. ސަމީރު

  ބުނަ މީނާ އެބުނީ ރަގަޅު ވާހަކައެއް.... މީހަކު ހުއްޓަސް ކުލަ ޖަހާކަނުހެހޭ. ޢަހަރުމެން ކަލޭމެން ތައްނެގައި ހުޓާ ބޯކޮސާލަންތައް ؟. ވީމާ ސައިޒުގައި ތިބޭ

  22
 29. ރަނޭ

  އުކާކުރަން ކަލެއަށް ތިވަރު އެގުނުކަމަށް ހީކޮށް. ދެން ޔޯގާ ވާހަކަ ދެއްކެވީ ކިހާ ކަޅުފައިސާއަކަށްތޯ... ނަޝީދު ކިޔާ ހަމަ އެކަވެސް ރާއްޖޭގަ ނެތިއްޔާ ބޮންދުންގެ ތެރެއިން ނަސީދު ކިޔާ 600 މީހުންވަރު އެތެރެކުރަން ފެނޭ

  9
  2
 30. ާރަސީދު

  ކުލަޖެހުމަކީ ދިވެހި ސަގާފަތެއްނޫން، އިންޑިއާގެ ހިންދޫންގެ ސަގާފަތެއް

  11
  1
 31. ގެރި

  ތި ކަމައްވެސް ގާނޫނެއްފާސް ކުރަންވީނު ވަކި ސަރަހައްދެއް ފެންޖަހަން އޭރުން އެތަނައްދާނީ ފެންޖަހަން ބޭނުންމީހުން ދޯ

  3
  2
 32. މޮހަނު

  ޢީދު އައުމަކީ މީހުންގެ ޙައްޤުތަކަށް އެމީހެއްގެ ރުހުންނެތި އަރައި ގަނެވިގެން ވާނެ ކަމެއް ނޫން، ޢީދުގަ ފެންޖަހާ އުޅެނީވެސް ދަންނަ މީހުންގެ ގަޔަށް

 33. ދެކުނު ތަރި

  އޭނާގެ ގަޔަށް ކުލަ ނުޖަހައި ތުބުޅިއަށް ކުލަ ޖެހިނަމަ މައްސަލައަކަށް ނުވީސް.

  3
  6
 34. ޙ

  މިނިސްޓަރ ތިދެއްކެވީ ތެދު ވާހަކަ ފުޅެއް. ވަރަށް ތާއީދު. ކުލަ ޖެހުމަކީ ވިޔާނުދާ ގޯސް އަމަލެއް. ފެންނަހާ މީހެއްގެ ގަޔަށް ކުލަޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް. މިނިސްޓަރ ޔޯގާ އާ ބެހޭގޮތުން ބުނީ ގޯސް ބަހެއް.

  12
 35. ޙަމް

  ވަރަށް ތާއީދު މި ވާހަކަފުޅަ. ކުލަޖަހައިގެން ނުވާނެ.

  13
  1
 36. މިނިސްޓަރު

  ޢީދަކަސް ރޯދައަކަސް ނުވެސް ދަންނަ މީހުންގެ ގަޔަށް ބޮލަށް އެރުމަކީ ކޮށްގެންވާނެ ކަމެއްނޫން.

  14
  1
 37. ލިން

  އޭނާ ބުންޏަސް އެއީ ތެދެއް މި ދީނުގެ ވެސް އަދި ރާއްޖޭގެ ވެސް ސަޤާފަތެއް ނޫން ކުލަ ޖެހުމަކީ.. ފެންކުޅި ކުޅެ އުޅުނު ކުރީގަ.. ވަކި ގަޑިއެއް އެކަމަށް ވެސް ހާއްސަކުރަންވީ ހައްދުން ނައްޓާތީ މައްސަލައަކީ ހެނދުނެއް މެންދުރެއް ހަވީރެއް ރޭގަނޑެއް ނޯވެ މިއުޅޭ ބައެއް މީހުންނަށް

  12
  1
 38. ފާތުން

  މިނިސްޓަރު ކަން ލިބުނީމާ ހާދަ ބޮޑާވީ.ކުލަޖެހި ކުދިންނަށް ވ ސަލާމް ހަމަ.

  8
  10
 39. ާދެރަކަމެއް

  ރާއްޖޭގައި ކުރީ ޒަމާނުގައިވެސް ކުލަ ޖެހުމެއް ނޯވޭ. ފެންޖަހަނީ. ކޮންމެ ކަމެއްވެސް އޮންނަނީ ހައްދުފަހަނައަޅާފަ. ކުލަޖެހުން ކަމަކުނުދޭ

  14
 40. އައި

  ތީ ވަރަށް ނުލަފާ މީހެއް. މީހުނާ ދިމާއަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކުން އެއީ އޭނަ އަބަދުވެސް ކުރާކަމެއް. އޭނައާއި އެކު މަސައްކަތް ކުރާމީހުނަށްވެސް ކަންތައްކުރާނީ ވަރަށް އިހާނެތިކޮން. ތީ ތަނެއްގައި ވަޒީފާއެއްގަ ބަހައްޓާ ވަރު މީހެއް ނޫން. ހަމަ ޖަނަވާރެއް ތީ.

 41. އިމްސޮނިޔާ

  ކުލަ ޖެހުމުން ސްޓޭޓް މިނިސްޓަރަކު ރަތަށް އަރަން އެޖެހެނީ އެއީ ދިވެހި ޑީއެންއޭ އެއްގޮތަކަށް ވެސް ނުހުންނާތީއޭ މަމެން ގަޔަށް ކުރީގެ ބިޓުން ވެސް އަދި އަލަށް އެޕްރޯޗް ކުރާ ބިޓުން ވެސް ކުލަ ޖަހާ ހަދަނީ އެއީ އެޕްރޯޗް ކުރުމަށް ޓަކައި މާރކް ކޮށްލަން ކުރާ ކަމެކޭ ތަމެންނަށް އެވަރު ނޭގެނީތޭ ތަމެން ދެން ތިޔާއީ ދަ އައުޓް ޑޭޓެޑް އެއްޗެއް ނޫންތޭ ތަމެން ރަށަށް ދޭބަލަ ދެން ގަބުޅި ކަތީބު ހެދިގެން އަތް ދިގު ހުދު ގަމީސް ލައިގެން ރަނޑުން ދައްކާ ވާހަކަ ނުދައްކައްޗޭ މާލޭގައި އިނގޭތޭ އައި ހޭވް ބީން ވެއިޓިންގް ޓު ސީ ކޮން ބިޓެއްތޭ މަމެން ގަޔަށް ކުލަ ޖަހަނީ ބަލަން ބޭބީ އިޓްސް ޓައިމް ޓު އެޕްރޯޗް ޑައުން މެޓަރ އައި ގޮޓް އިޓް އައި ގޮޓް އިޓް އައި ގޮޓް އިޓް އައި އޭމް އޮން މައިވޭ ޓު ސީ ދަ ކަލަރސް އޮފް ޔުއަރސް އާއް އާއް އާއް ކީޕް މީ އިން ދަ ކަލަރ ވޯލްޑް ބޭބީ ފީލް ލައިކް އޯސަމް އައި ގޮޓް އައި ގޮޓް އައި ގޮޓް އިންސޮމްނިޔާ އިމްސޮމްނިޔާ އާއް އާއް އިމްސޮމްނިޔާ އިމްސޮމްނިޔާ އާއް އާއް ކޮޒް އައި ކޭން ސީ ދަ ކަލަރ ގާރލް އިމްސޮނިޔާ އާއް އާއް އެބައުޓް ޓު ނޯ ދަ ނިއު ބިޓް އާއް އާއް އާއް ޑާންސް ޑާންސް ޑާންސް ޑާންސް އިމްސޮނިޔާ އިމްސޮނިޔާ...

 42. ޢައީ

  ތިކަހަލަ ނުލަފާ މީހުން ގަޔަށް ޖަހަންވީ ކުލައެއް ނޫން ގުއި.

 43. ސަޓޯ

  ސްޓޭޓު މިނިސްޓަރަކަށް ނޭނގޭތަ ގަންޖާ ނަޝީދު މިގައުމަށް ހިންދޫ ދީން ގެނެސްގެން އުޅޭކަމެއް... ކޮންދުނިޔެއެއްގައި އުޅޭ މީހެއްތަ ތިއީ ؟

 44. ޙަރާން

  އެއީ ވަރަށް ދީނީ ބޭފުޅެއް އެހެންވީމާ އެކަހަލަ ގޮތަކަށް އަންހެން ކުދިން ބެހުމަކީ އެމީހުންނަށް ވަރަށް ބޮޑު އިންސަލްޓެއް. ބޮޑެތި ދީނީ ދަންނަ ބޭކަލުން ދޯ. ވަރަށް ތަޤުވާވެރި، ތަވާޟުއުވެރި، ޒާހިދު، ސާލިހު، އަޅުވެރި، އެއްވެސް ވަރަކަށް އަންހެންކުއްޖަކާދިމާލަށް ނުވެސް ބައްލަވާބޭފުޅެއް. ވީމާ، އެކަހަލަ ލަދުވެތި ކަންތައް އެބަެފުޅުންގެ ކަރާމާތްނަގާލަން ކޮށްގެންނުވާނެ. ހަރުކަށިއިބާރާތުން އެއަމަލު ކުށްވެރިކުރަން. އެބޭފުޅާއަށް ހެޔޮރަހުމަތް ލައްވާށި ނިޔަތް ތެދުވެއްޖެއްޔާ..

 45. ދިއްދޫ އާދަނު

  މި ނަޝީދު އަކީ ރައީސް ޔާމިނުގެ ބޯއި އެއް. ނަޝީދުގެ ބައްޕަ މުންޑޫ މުހައްމަދު ފުޅަކީ މަރުޙޫމު ޢަބްދުﷲ ޙަމީދުގެ ބޯއިއެއް. ނަޝީދު އަކީ ވަރަށް ފޮނިވެސް މީހެއް.

 46. މޮހޮދު

  މާލެ އަކީ ތިކަމުގަ އަބަދުވެސް އަމާން ތަނެއް ކުރިން. ފެނެއް ކުލަައެއް ނުޖަހާނެ އީދަކަސް . ރަށްރަށުގަ ފެން ޖަހައޭ ކިޔާ އަޑު އަހަން

 47. ާާައަޒޯ

  ޢެއްވެސް މީހަކު ނުގަބޫލުގަ އެމީހެއްގެ ގަޔަށް އެއްވެސް އެއްޗެއް ޖަހައިގެން ނުވާނެ

 48. އައްލެއިކަލޯ

  ކލަޖެހުމަކީ ހިންދީ އާދަކާދަ. ޔޯގާވެސް... ވަރަށް ބޮޑު ރައްޓެއްސެއްނަމަ ޖެހުން އެންމެރަނގަޅު. ޢެކަމަކު ހާލަތަށް ވަރަށް އިސްކަން ދޭން ދަސްކުރަން ވާނެ. ނުރައްކަލެއް ނެތްކަން... ދޭދޭ މީހުންގެ މެދުގައި އޮންނަންވާ ގަދަރާއި ކަރާމާތަށް ބުރޫ ނާރާނެކަން... ބިދޭސީއެއްނަމަ ހޯހޯ... މަކަހަލަ މުުސްކުޅިއެއްނަމަ ހޯހޯ... މިކަހަލަ އަޚުލާގީ މިންގަނޑެއް ބާއްވާ. ޚިލާފުވުމެއް ނޯންނާނެ. ފުލުސް ފިޔަވަޅު އަޅާނެ... ޕާޓޭ ވައްތަރު ކުރިއެރިޔަކަ ނުދޭނަން... ނުދޭނަން....

 49. ީޔތު5

  މިނިސްޓަރަށް އެނގި ނުލައްވާތޯ މިސަރުލާރުން ރާއްޖެ އިންޑިޔާއާއި ހަވާލުކޮށްގެން އުޅޭކަން.