ދިވެހިންގެ ތެރޭގައި އީދާ ދިމާކޮށް އެންމެ ފޯރީގައި ކުރަމުން އަންނަ އެއް ކަމަކީ އީދު ކުލަ ޖެހުމާއި ފެން ޖެހުމެވެ. ކޮންމެ އީދެއްގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތްތައް ކުރިއަށް ދެއެވެ. އެއްބަޔަކު ފޯރީގައި މި ހަރަކާތްތަކުގައި ބައިވެރިވެއެވެ. އަނެއް ބަޔަކު، ބައެއް ފަހަރަށް ހިތް ނުރުހޭތަންވެސް އާދެއެވެ.

މިއީ މުޅި ރަށު އެންމެންވެގެން ކުރަމުން އަންނަ ކަމެއް ނަމަވެސް، މިފަދަ ކަންކަމަކީ އެއްބަޔަކު އެއްވެސް ވަރަކަށް ގަޔާ ނުވާ ކަންކަމެެވެ. މިކަމާއި ރުޅިގަދަވެ މުޅި މީސްމީޑިއާއަށް ރުޅިގަނޑު ބާލައިތަންވެސް އާދެއެވެ. މިއަދުވެސް އެފަދަ މަންޒަރުތަކެއް ވަނީ ފެނިފައެވެ.

މީގެ އަހަރުތަކެއް ކުރިން ހިނގާދިޔަ ހާދިސާއެއްގެ ވާހަކަ ކިޔާދީފާނެމެވެ. އީދު ނަމާދުން ފައިބައިގެން ރައްޓެއްސެއްގެ ގެއިން ކާލައިގެން ގެެއަށް ދިޔަ މީހެއްގެ ގަޔަށް ކުލަ ޖަހައިގެން އޭނާ އެކަމާއި ރުޅިގަދަވެގެން މުޅި ހިސާބުގަނޑު އެއްމެންނާއި ޒުވާބު ކުރިއެވެ. އަދި އެއީ އޭނާ އަލަށް ގަތް އެއްޗެހި ކަމަށާއި، އެ ހުރިހާ އެއްޗަކަށް ވާ ފައިސާ އޭނާއަށް ދޭން ޖެހޭނެ ކަމަށް މުޅި ހިސާބުގަނޑުގައި ގޮވަމުން ދިޔައެވެ. އެންމެ ފަހުން އެކަންތައް ނިމިގެން ދިޔައީ އޭނާއަށް އީދު ހެދުމެއް ގަނެފައި ދީގެންނެވެ.

މިއީވެސް ރާއްޖެ ތެރޭގެ ރަށެއްގައި ދިމާވި ހާދިސާއެކެވެ.

މިއީ އަހަރުތަކެއް ކުރި ނަމަވެސް އަދިވެސް ބައެއް ދިވެހިން މިފަދަ ކަންކަމާއި ހިތްހަމަ ނުޖެހެއެވެ. ކުލަ ސަމާސާ ދަނީ ވިހަވެގެންނެވެ. އެއްވެެސް މަޖަލެއް ނޫން ކަމަށް ބުނެ ކުރަނީ ޒުވާބެވެ.

މިއަދު ހުޅުމާލޭގައިވެސް ކުލަ ޖެހުމުގެ ހަރަކާތްތައް ކުރިއަށްދިޔައިރު، އެކަމާއި ރުޅިގަދަވެގެން މިހާރުގެ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު ނަޝީދު ވިދާޅުވީ، ހުޅުމާލެ ނިރޮޅު މަގު ވީ2 ފިހާރަ ކުރިމަތީ ހުއްޓާ ގަޔަށް ކުލަ ޖަހާފައިވާކަަމަށެވެ.

"އަނބި ދަރިން ގޮވައިގެން މަގުމައްޗަށް ނުކުމެވޭކަށްނެތް، މި ޒާތުގެ އާއްމު އުނދަގޫ ފުލުހުން ހުއްޓުވަން ޖެހޭ". ފުލުހުންގެ ޓްވިޓާ ޓެގްކޮށް ކުރި ޓްވީޓެއްގައި ވެެއެވެ. އޭނާގެ އެ ޓްވީޓްގައި އޭނާގެ ގަޔަށް ޖުލަ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.

އޭނާ މިގޮތަށް ވާހަކަދައްކާފައިވާއިރު، އިތުރު މީހަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިއަދަކީ އީދު ނަމަވެސް، މީހުންނާއި، މީހުންގެ މުދަލަށް ބަލަން ވާނެ ކަމަށެވެ. އޭނާ ބުނީ، އޭނާ ވިލިމާލެއަށް ދިޔައީ ޝޯވއެއް ދިނުމަށް ކަމަށާއި، އެތަނަށް ދިއުމުން ކުދީންތަކެއް އޭނާއަށް ގަޔަށް ކުލަ ޖެހި ކަމަށެވެ. އަދި އެކަންތައް ކޮށްފައި ވަނީ އެކަން ނުކުރުމަށް އެދިފައިވަނިކޮށް ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، ގައިގަ ކުލަނުޖެހި ސަލާމަތްވުމަށް އޭނާ ގެސްޓް ހައުސްއަށް ވަން ނަމަވެސް އޭނާގެ ގަޔަށް ކުލަ ޖެހި ކަމަށާއި، ގެސްޓް ހައުސްގެ ފާރަށްވެސް ކުލަ ޖަހާފައިވާކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާވެސް ވަނީ، މީހުންގެ ގަޔަށް ކުލަ ޖެހުމުގައި ސަމާލުވުމަށް އެދިފައެވެ.

އަދި ކުލަ ނުޖެހުމަށް އެދިއްޖެނަމަ އެކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި އީދު ކުލަ ޖެހުމަކީ މިހާރު އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް މިކަންތައް ކުރުމުގައި އާއްމުންގެ މުދަލަށާއި، އާއްމުންނަށް ސަމާލުވާން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. މޯދީ

    ރޭޕިސްތާނުގެ ސަގާފަތާއި އާދަކާދަ ދިވެހި މުޖުތަމައުގައި ފެތުރެމުން ދިޔުމަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖޭހޭ ވަރުގެ ކަމެއް. ދުވަސްކޮޅަކުން ގެރިމަސް މަނާކޮށް، ކަޅު ހިލަޔާއި ހުދުހިލަޔަށް އަޅުކަންކުރުންވެސް މިވަރުން ދަންޏާ ފެނިގެން ދާނެ!

    123
    7
  2. ކޮކީ

    މަވެސް މިއަދު ފިހާރަޔަށް ދަނިކޮށް ކުލަ ޖަހައިފި. މަ ބުނިން މިދަނީ ފިހާރަ ހުޅުވަން ވެގެންނޭ. ކުލަ ނުޖަހާށޭ. އަނެއްކާ ގެޔަށްގޮސް ހެދުން ބަދަލުކޮށްގެން ޓެކްސީގަ ދާން ޖެހުނީ.
    ދެރަ ކަމެއް.

    113
    6
  3. ކާފަބޭ2019

    އީދުއުފާ ފާޅުކުރުމުގެގޮތުންފެންޖަހާއުޅުނުސަގާފަތް މިހާރުމިވަނީ ބަދަލުކުރަންޖެހިފައެވެ. އަގުބޮޑެތި ފޯނުތަކާވޮލެޓުތައް ތެމިހަލާކުވެލިބޭގެއްލުންވަރަށްބޮޑު ނަމަވެސް ކުލަޖެހުމަކީއެހާއެދެވޭކަމެއްނޫން

    114
    3
    • ޅަކަކަ

      އަގުބޮޑެތި ފޯނަށް ފެންވެސް އެޅެތަ؟ ? އަހަރުން ފޯނަކަށް ނޭޅެ.

      3
      4
  4. ޖ

    މީއީ ދިވެހިންގެތެރޭގައި ކުރީގައޮންނަ ސަގާފަތެއްނޫން މިހާރު ކިހިނެތްވެގެންތަމިއުޅެނީ

    131
    4
    • ބޭޅާ

      ވާގޮތެއް ނޭންގޭނެ ގަމާރުންނަކަށް ވޯޓް ދެވޭއިރުވެސް...

      67
      21
      • ސަމިި

        ތިކަމކީ އުޜީދޫ ގެ އިސްމީހަކށް ހުރި އިންޑިޔާ މީހެއް ފެށިކމެއް ކަަލަރަން އޭ ކިޔައިގެން

        84
        2
        • އަހުމަދު

          ތިޔާއީ ކަނޑައެޅިގެން ދޮގެއް

          7
          37
          • ސަމީ

            ދޮގެކޭ ކިޔާނެ ކަމެއް ނެތް ތިޔަކަންތައް ފެށީ މިކިޔާ އުރީދޫ އިން ޢޭރު އެތާ ބޮޑަކަށް ހުރީ އިންޑިޔާމިގެއް އަެނަގެ ނަމުން އިގެނީ. ދިރާގުން ވެސް ދުވޭ އެކަމަކު ބައެއްގެ ސަޤާފަތް ދިރުވާކަށް ނޫން

            23
    • ޅ

      ކުލަ _ޖެހުމަކީ_ ޅ .އަތޮޅު _ގަަަައި_ އަހަރެން _ހަނދާން_ހުރީއްސުރެއް _ކުރަމުން_އަންނަ_ކަމެއް

      5
      8
  5. އ. ޖ. އ

    ދިވެހިންނަށް އީދު އައީމަ މިއޮއް ވާ ގޮތެއް ދޯ.. ވަރަށް ރަނގަޅު ވާހަކައެއް

    72
    2
  6. ލާމު

    ކުލަ ޖަހަން ބޭނުންވާމީހުން ވަކި ސަރަޙައްދެއްގައި އެކަންކުރުމުން އެހެން މީހުން އެ އުނދަގުލުން ސަލާމަތްވާނެ. ސިޓީކައުންސިލުން ވިޔަސް އެޗްޑީސީން ވިޔަސް މިކަން ހައްލުކޮށްދޭންޖެހޭ.

    104
    3
  7. ސައްފަތު

    ކުލަޖެހުން ހުއްޓުވޭވަރުގެ މީހެއްގެ ގަޔަށް އަދި ކުލަ ނުޖެހެނީ. ރާއްޖޭގަ ކުރީގަ ޢީދު ދުވަސްދުވަހު އެންމެ ފޯރީގަ ކުރި އެއްކަމަކީ ފަޓާސްޖެހުން. މިހާރު ފަޓާހެއް ލޮލުންވެސް ނުދެކޭނެ. އެންމެ ހާދިސާއަކުން ފަޓާސް އެތެރެކުރުންވެސް ހުއްޓުވީ. އެހެންވީމަ ތިޔަ ކުލަޖެހުންވެސް ހުއްޓުވޭވަރުގެ މީހަކާ އަދި ދިމާނުވަނީ. ކޮންމެގޮތެއްވިޔަސް މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގަޔަށް އެއްވެސް އެއްޗެއް ޖެހުން އެއީ ކުށެއް. ވަކި މުނާސަބަތަކާ ގުޅުވައިގެންވެސް ޤާނޫނީ ދިފާޢެއް ނުދެއްކޭނެ.

    63
    1
  8. ސަނާޔާ

    ޙަމަތަނަކުން މީީހަކު ފެންނަ އިރަށް ނުޖެހޭ ކުލަ ޖަހާކަށް ތިމާމެންގަޔަށް ކުލަޖަހާ އެކަމުގަ އުޅޭބަޔެއްގެ ގަޔަށް ކުލަ ޖެހީީމަ ނިމުނީ މިހާރު ދެން ގޮތް ހުސްވެފަ ތިބެނީ ހަމަޔެއް ލަމަޔެއް ނޯވޭ

    73
  9. ފެންނަހުރިހަގީގަތް

    ދިވެހިންގެ ތެރޭގައިވެސް ގެރިއަށް އަޅުކަންކުރާ ބައިގަޑަށް ތާއިދުކުރާ މީހުންވަރަށްގިނަ މިއީބިރުހުރިކަމެއް ހުރިހިތާމައެއްގެ ބޮޑުކަމާއި

    47
    5
  10. ކޮރަކަލި

    ކުލަޖެހުން ތީ ހިންދޫންގެ ދީނީ ކަމެއްގޮތުގަ ކުރާކަމެއް

    71
    1
  11. މުޙައްމަދު

    ކުލަޖެހިމަކީ މި ނޫސްވެރިންނާއި ރޭޑިއޯ ޓީވީތަކުން މާމޮޅުކަމަކަށް ހަދައިގެން އުޅޭ ކަމެއް. އެއީކީ ދިވެހިންގެ އާދަކާދައެއް ސަގާފަތެއްނޫން. އެއޮތީނު ކިތަށް ކުލަޕެކެޓު ޖަހާލެވިއްޖެހޭ. ދެންވީ ކާކަށްތޯ ގިނައިން ކުލަޖެހެނީ ބަލަން. ތިމާއަށްވުރެ ބޮޑު މީހަކށް އިހުތިރާމުކުރުމެއް ކުޑަކުއްޖަކަށް ބަލާލުމެއްނެތް. ވަރިހަމަ ދުރު ހިލޭ މީހަކަސް. ގޮސް ކުލައުނގުޅައިގަންނއިރު ލަދެއްވެސް ނުގަނޭ.

    63
  12. Anonymous

    ކުލަޖެހުމަކީ ދިވެހި ސަގާފަތެއްނޫން. ތިޔައީފަހުން އައިސް ހިންދީން ކޮޕީކޮއްގެން ކުރަންފެށިކަމެއް. މިހާރު ތިކަން ތިއޮތީ ބޮޑު ވިޔަފާރިއަކަށްވެފަ.

    61
    1
  13. މާމިގިލީ މީހާ

    ހިންދޫ ދީނުގަ ކުރާކަމެއް މީ. ކޮބާތަ ސަލަފު. ސަލަފުންވެސް ކުލަޖަހާން ނިކުތީތަ. ސޯލިހުގެ ކުލަ ސަރުކާރު.

    52
    1
  14. ސމީ

    ތި ކުލޖެހުމަކީ އިންޑިޔަާމީހުން ގެ ސަޤަަފތެއް މިތާ ފަތުރންވެގެން އުރީދޫގެ މާލޭ އޮފީސް ހިނގަންހުރި އިނޑިޔާ މީހަކު ކަލަރަން އޭ ކިޔައިގެން ގެ ބައެއް ނުވިސްނާމީުން ލައްވާ ކުރުވާކަމެއް. ކުރީގަ ރާއްޖޭގަ ކުލައެއް ނުޖަހާ އެމީހަކު އަިފހުން ކުރަން ފެށިކމެއް ތީ މިކަމާ ވިސްނުން މުހިންމު

    47
    2
    • މޮޔައެނޮނިމަސްރި

      ދަރިން ނަށް ކިޔްވާ ވެސް ދެނީ ހިންދީ ސަގާފަތުނގެ ތެރެއިންތަ

  15. ?‍♂️

    ކޮންމެ ކަމަކައްވެސް މިންގަޑުތަކަކާ ހުދޫދު ތަކެއް އޮންނަންވާނެ. ނަަމަވެސް މިޒަމާނުގައި މުޅިން ބޮއްސުން ލައިގެން ގޮސްފަ... ނުބީހެންޏާ ކަނޑާހަމައަށް...

    25
  16. ލަމް

    ދެން ކޮން ކުލައެއް ޖަހާކަށް. ކުރިން ދިވެހިން ޖެހީ ފެން. ކުލަ ޖެހުމަކީ ފަހުން ގެނެސްގެން އުޅޭ ގޯސް އަމަލެއް.

    36
  17. ާއަޙްމަދު

    . ކުލަޖެހުމަކީ ދިވެހިން ކުރަމުން އައިކަމެއް ނޫން. އެއީ އިސްލާމްކަންކުޑަ ސަރުކާރުތަކުގެ ރުހުންލިބިގެން މިއުޅޭ ހަމައެއް ލަމައެއްނެތް ބައިގަޑު ވަރަށްފަހުން ފެށިކަމެއް. މިއީ ދިވެހިންގެ ސަގާފީ ކަމެއްގެގޮތުގަ ނޫސްތަކުން ގެނެސްދީގެން ނުވާނެ.

    37
    1
  18. ޒާ

    ހަގީގަތުއިވެސް އެއީ ހިންދޫންގެއަޅުކަމެއް. އެއްވެސް މަޖަލެއްވެސްނޫން. އުނދަގުލެއްބޮޑު
    .

    48
  19. އިންޒޯމްނިޔާ

    އެންމެ ފަހުން ކުލަ ޖެހުން ވިހަވެއްޖެ ކަމަށް ދެން މާލެ އަށް އަރާ ތިބި ދަ ރާއްޖެތެެރޭ ބީރަށްޓެހިންނަށް ހީވި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ކުދިންނޭ ލާރޖް ކޮށް ކުލަ ޖަހާ ބަހައްޓާ ކޯއްޗެއް ބަލަންތޭ މީ މާލެ އޭ މާލޭގައި ޖެހޭނެއޭ މަޖާ ކުރުމުގެ ކަންކަން ލާރޖް ކޮށް ޖައްސަން އައި ހޭވް ބީން ހިއަރ ފޯރ ވަން ޑޭ ހުރިހާ ކުދިން ވެސް މަމެން ގަޔަށް ކުލަ ޖަހަންވީއޭ ޖަހަން ބޭނުންވާ ވަރަށް އައި ގޮޓް އިޓް އައި ގޮޓް އައި ގޮޓް އައި ގޮޓް އިންޒޯމްނިޔާ އިންޒޯމްނިޔާ އިމްޒޯނިޔާ އާއް އާއް އާއް އާއް އާއް އިންޒޯމްނިޔާ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

    1
    13
  20. ކުލަ މާރި

    އޭ ބުނަން ދިވެހިންނޭ. ކޮންމެ ކަމެއްވެސް ކުރަންވާނީ ވަކި ޙުދޫދެއްގެ ތެރެއިން. ކުލަ ޖަހާ ބަޔަކާ އެކީ ކުލަޖަހާ. ހަނގުރާމަ ކުރާ ބަޔަކާ އެކީ ހަނގުރާމަ ކުރޭ. ފެން ޖަހާ ބަޔަކާ އެކީ ފެންޖަހާ. ކޮންމެހެން ތިޔަކަން ކުރަން ބޭނުން ނުވާ ޒުވާން އަންހެން ކުދިންގެ ޢިއްފަތްތެރިކަމަށް އަރައި ނުގަތުމަށް ގޮވާލަން. ކުލަ ޖަހަނީ އޭ ކިޔާފަ އެވަރިހަމަ މީހެއްގެ އަންބެއްތޯވެސް ބަލައިނުލާ ކުލަ ޖަހަންޏާ ހަނގުރާމަ އިޢުލާން ކުރަންޖެހިދާނެ އިނގޭ.

    16
  21. އީދު

    މިއީ އީދުދުވަސް، ހޮލީ ދުވަހެއް ނޫން. ހޮލީއަކީ ހިންދީން ފާހަގަކުރާ ދުވަހެއް. ކުލަޖެހުމަކީ ހޮލީ ދުވަހު ހިންދީން ކުރާކަމެއް. އިސްލާމްދީނުގައި ނޯވޭ ކާފިރުން ފާހަގަ ކުރާކަންތައް ކުރުމަށް. އެކުރެވެނީ ޝިރުކުގެ އަމަލެއް ނޫންތޯ؟

    20
  22. މޮހަދު

    މިއީ އީދުކުޅިވަރެއްނޫން މިފެށިގެން އިންޑިއާގެ ސަގާފި ދިވާލީ ކުލަޖެހުން ރާއްޖޭގަ ޒަމާނައްސުރެން އީދުގަ ޖަހަނީ ފެން

    10
  23. އަލީ

    މިއަދަކީ ކުލަޖަހާ ދުވަހެއްތަ؟ ހައްޖުދުވަހު މީހުން ކުލަޖަހާ އުޅޭތަ؟ ދެރަކަމެކޭ!

    12
  24. ސަހީ

    ޢަަހަރުން ރަށުގަ އީދުގަ ކުލަ ފެން ނުޖަހާ ހަދާނެއްނުވޭ ހާއްސަކޮށް ބޮޑު އީދުގަ ގައިމު އުމުރުން 30 ހުން މައްޗައް މިދިޔައީ. ޢެހެންވީމަ އަރެންނެތިން ތިކަން ތިކިޔާ އިންޑިޔާގެ ސަގާފަތޭ ކިޔާކަށް. ރާއްޖޭގެ އެކިހިސާބުގަ މިކަންތަށް އޮންނަނީ އެކިވަރަށް

    1
    12
  25. ދެންވެސް

    ޢިސްލާމީ ތަރަހައިގެ ތެރޭގައި މުސްލިމުން އުޅުނީމަ ހުންނާނީ ރަނގަަށް

    12
  26. ާަާމަ

    ވިހަވާވަރުވީމަ ވާނެނު. މިހާރު ހީވަނީ ހޯލީ ހެން. މުސްލިމުންގެ އީދެއްހެނެއް ހީއެއްނުވޭ ވިއްޔަ.

    14
  27. ފާ

    ރަގަޅު ވާހަކައެއް. އީދުގަ ފެންކުޅި ކުޅުމަކީ ޒަމާނުއްސުރެ ދިވެހިން ކޮށްއުޅޭ ކަމެއް އެކަމަކު މީގެ ތެރެއަށް ކުލަ ވަނީމަ ކަމަކު ނުދޭ. އަހަންނަކަށް ނޭގެ ކިހިނެއް ފެށުނު ކަމެއް ކަމެއް އެކަމަކު ރަގަޅު ކަމެއް ނޫން.

    13
  28. އީދު ދުވަސް

    ކުލަ ޖެހުން މަކީ ދީނީ ގޮތުން މަނާކަމެއް ތަ؟ވާނަމަ ލިޔެފައިވާ ލިޔުންމެވިޔަސް ބުނެލަދީބަލަ....

    7
    2
  29. އެނޒި

    ކުލައެއް ފެނެއް އެއްވެސް ކަމެއް ނެތް ކުރެވޭކައް!! ރަނގަޅު އެއްގޮތެއްވެސް ނެތް ދިވެހިންނަކަށް!!! މިދުނިޔޭގަ ވެސް ނެތް މިނޫނީ އިސްލާމީ ގައުމެއް

    1
    4
  30. އިހުސާނާ

    މި ކަން ޖެހޭނީ ޤަބޫލު ކުރަން! ފެންކުޅި ކުޅުމަކީ އަހަރުމެންގެ އާދަ ކައިދައިގެ ތެރެއިންވާ ކަމެއް! މިހާރު ފެންކުޅުކުޅޭ އިރު ކުލަޔާ އެއްކޮށްގެން ކުޅުމަކީ، އެ ކަމަށް އައި ތަހުޒީބުކަމެއް! ދެން ބަލަން ޖެހޭނެ ކަމަކީ، އެ ކުލަޔަކީ ކަލަރ ރަން ކަހަލަ ދުވުން ތަކުގަ ބޭނުން ކުރާ ކަހަލަ އިންސާނުންނަށް ގެއްލުންނުވާ ކަހަލަ ކުލަޔަކަށް ވުން! މީކީ އަބަދަކު ކުރާ ކަމެއް ނޫނެއްނު، އެހެންވީމަ އީދާ ދިމާ ކޮށް މިބާވަތުގެ ކުޅިވަރު ކުޅުމަކީ ހަމަ އެންމަ ރަނގަޅު ކަމެއް ކަމަށް ދެކެނީ!

    1
    8
  31. ޔާކިން

    ކުލަޔަކީ ހިންދޫންގެ އަޅުކަމެެެއް ވީމަ ހައިރާންވަން!
    ދެން ކާން ހަދާ އެއްޗެއްސަށް ކުލަ އެޅީީމަަ
    އެކައިފީޔާ އެވީ، ހިންދޫދީން ކާލީކަމަށްދޯ!
    މިވަރު ވީމަ ދެން މިވީ ބޮޑު ތުރާލަކައްދޯ!
    ޒަމާނުއްސުރެންވެސް އީދުތަކުގަ ކުލަޔާ ފެންޖަހާ
    ދެން ހިންދޫންގެ އެއްޗަކައް އެވަނީ ކިހިނެއް؟
    ކުލަޔާ ފެންކުޅެން ވަކިގަނޑިޔެއް ހަދާފަ އޮންނަނަމަ ތިހެން ނުވާނެދޯ!

    2
    2
  32. ޒިއު

    މީގެ ކުރިން ވެސް ދިވެހިން ކުޅުނީ ފެން ކުޅި... އަދި ބައެއްފަހަރު ކުލަކޮޅެއް އުނގުޅާލިޔަސް... މީ ދެން ފުކެއް ބޮޑުވަރު...

  33. ނަބީހް

    ކުލަ ޖެހުމަކީ ރޭޕިސްތާނުގެ ހިންދޫން ދީނީ
    އީދެއްގެ ގޮތުގައި ކުރަން ފެށި ކަމެއް