ގއ. މާމެންދޫ ހުންނަ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާމެންދޫ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށްވަދެ ލެޕްޓޮޕްއަކާ ދިވެހި ފައިސާއާ، ބޭސްތަކެއް ވަގަށް ނަގާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެ ހެނދުނު 09:15 އެހާކަންހާއިރު ކަމަށެވެ.

އަދި މި މައްސަލައަކާއި ގުޅިގެން މާމެންދޫ ކައުންސިލްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު 16:10 އެހާކަންހާއިރު ވަގަށް ނަގާއިފާ ލެޕްޓޮޕް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން 26 އަހަރުގެ މީހަކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.