މޫސުން ގޯސްވެ ރައްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާއިން ހުދު އިންޒާރު ނެރެފައި ވަނީ، ށ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާއި ހަމައަށް ނެރެފައިވާ އިންޒާރުގައި ބުނެފައި ވަނީ، މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އިން ނެރުނު އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 21:30 އަށެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، ރޭ ކުރި ވިއްސާރައިގެ ދެކުނު ބައެއް ރަށްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ބައެއް ގެ ތަކުގެ ފުރާޅު އެއްލާލައި، ބައެއް ގެތަކުގެ ފާރުވެސް ވަނީ ވެއްޓިފައެވެ. އަދި ބޮޑެތި ގަސްތައްވެސް ވަނީ ވެރިފައެވެ.

މިހާރު ރާއްޖެއަަށް ކުރަމުން ދަނީ މޫސުމީ ވިއްސާރައެވެ. ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.