ހުޅުމާލޭގައި ޓެކްސީއެއްގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރު 12:40 ހާއިރު ހުޅުމާލޭގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ނިރޮޅުމަގުން އުތުރުން ދެކުނަށް ޓެކްސީ ދުއްވާފައިވަނިކޮށް، ނިރޮޅުމަގުގެ ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކާރުގެ ކަނާތް ފަރާތު ކުރީ ބަފަރުގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށެވެ.

އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގިއިރު ކާރު ދުއްވަން އިނީ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ދުއްވާ މީހާ ކިތަންމެ ފަރިތަ ވިޔަސް އުޅަނދު ކިޔަމަން ވާވަރަށް ސްޕީޑް ލިމިޓް ނުކުރާނަަމަ އެކްސިޑެންޓް ވާނެ