ދަތުރު ގޮސް އުޅެނިކޮށް ހާލުގައި ޖެހުނު ލޯންޗެއްގައި ތިބި 10 ކުދިންނާއެކު ޖުމްލަ 20 މީހަކު ފުލުހުން މާލެ ގެނެސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ލޯންޗް، ކޮއްދިއްޕަރު ކައިރިން ހާލުގައި ޖެހިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިސްއިން ލޯންޗް ކައިރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެވަގުތު ލޯންޗްގައި ތިބި ތިން ފިރިހެނުންނާއި، ހަތް އަންހެނަކު އަދި 10 ކުދިން މިހާރު މާލެ ގެނެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ ތެރެއިން ހަތަރު ކުދިންނަކީ ތިން އަހަރުން ދަށުގެ ކުދިންވެސް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭގައި ތިބި ހުރިހާ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތި ދީފައެވެ.

ފުލުހުން މިއަދު އިރުއޮއްސުނު ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަތުރުކުރަން ރައްކާތެރި ނޫން ކަމަށެވެ. އޭގެ އިތުރުން ފުލުހުން ބުނެފައި ވަނީ މެޓް އޮފީހުން ރީނދޫ އިންޒާރު ނެރެފައި ވާތީ ރައްކާތެރި ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ އީނދޫ އިންޒާރު ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް ނެރެފައެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ގުގުރައި ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ކޮން އީނދޫ އިންޒާރެއްތަ، މެޓް އޮފީހުން ވަނީ އީނދޫ އިންޒާރު ބ. އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް ނެރެފައެވެ. ވަގުތު ގަ ތިބެނީ ބޮޓުންތަކެއް.

  2. އަހްމަދު

    އިންޒާރަކަށް ބަލާނެކަމެއްނެތް. ތިމާމެންނަކީ މާމަތިން އައިސް ތިބި މާމޮޅު ބައެއްވިއްޔާ! ކަމެއްދިމާވެގެން ގެއްލުމެއްވެއްޖިއްޔާ ކުށްވެރިކުރާނީ ސިފައިންނާއި ފުލުހުން. ތިޔަކަހަލަ ދަތުރުތައްކޮށްދޭ ކައްޕިން ބަންދު ކުރަންވީ.