ވިލިމާލެ ބީޗް ސަރަހައްދުން މޫދަށް އެރި އުޅުނު ދެމީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުުހުން ވިދާޅުވީ، އޮރެންޖް ކުލައިގެ ކެނޯއެއްގައި މޫދަށް އެރުނު ދެ މީހަކު ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވާއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑާއި މެރިން ފުލުހުން ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ 20 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެކެވެ.
އެމީހުން މޫދަށް އެރުނީ ހަވީރު 5:00 ހާއިރުއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެ މީހުން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 20:54 ހާއިރު ކަމަށެވެ.
އަދި މި ދެ މީހުން ހޯދުމަށް ކޯސްޓްގާޑް ލޯންޗުގެ ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުމަތީ ނުރައްކާތެރި އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ.
އަދި މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ އެންމެހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އެލާރޓްނެރެފައި އޮއްވާ މޫދައްއެރެނީ ގައްޑާވާންވެގެންތަ
އޭގެ އިތުރުން ހާދިޘާ ހިނގުމާ އެކު ލަސް ނުކޮށް ރިޕޯޓް ކުރަން ނަސޭހަތްތެރިވަން ހުރިހާ އެންމެނަށްވެސް
ﷲއިރާދަކުރެވިޔާހެޔޮހާލުގަ ފެންނާނެ
ގެއްލިގެން އުޅޭ އެކަކު އެއީ ފުލުހެއް
ފުލުހުންނާ ދިނާލައް އެއްޗިސް ކިޔަންވީމަ ތަނެއް ދޮރެއް ބަލާ ނުލާނެ... ބުނާނެ އެ ކީއްކުރާ ބައެއްހޭ ... އެކަމް ކަމެއް ދިމާވީމަ އެމީހުން ކައިރީ ހަމަ އެހީ އެދެން ޖެހެނީވެސް... އެމީހުންވެސް ހަމަ އިންސާނުން...
އަލްހަމްދުލިއްލާހް މިހާރު ފެނިއްޖެ
އެމްއެންޑީއެފް އާއި ޕޮލިސް އަދި ކޯސްޓް ގާޑުގެ ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ކޮން ތަނެއްބާ ހޯދީ. އެވެރިންނަކަށް ނޭގުނު އޮއި ހުރިގޮތް. ކަޑައެއްނު. ވިލިގިލި ކޮޅުން ބެހިގެން އޮޔާ ގޮސް، 10 ގަޑިއިރު ވަންދެން އޮޔާ ތަޅަމުންގޮސް ހުޅުމާލެއަށް ކެނޯ ލައްގާ ހިސާބަށް ދިޔައިމަ 2 މީހުން ކެނޯ ދޫކޮށް ފަތާފަގޮސް ހުޅުމާލެއަށް އެރީ. ރެސްކިޔު ޓީމުން ކުރި މަސައްކަތަށް ޝުކުރިއްޔާ. ރާއްޖޭގަ ޖެހޭ ވަޔާއި އޮއި ފުރަތަމަ ދަސްކުރަން އަސާސީ ކުލާހަށް ރެސްކިޔު ޓީމު ދާންވީނު.