ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު ކުލަގަދަކޮށް އީދުގެ އެކި ހަރަކާތްތައް ފާހަގަ ކުރަމުން ދާއިރު، މާލޭގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމަށް ޑިއުޓީގައި އުޅުއްވި ފުލުހުން އީދު ހަދިޔާ ބަހައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މާފަންނުގައި ހުންނަ ފުލުހުންގެ އިދާރާގެ ފަރާތުން ހިންގި މި ހަރަކާތުގައި، ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ވަގުތު މަގުމަތިން ދިމާވި ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުޚީބު ލިބިގެންދިޔަ މި ހަރަކާތުގެ މަންޒަރުތައް ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ފުލުހުން މިފަދަ "ބިޒީ" ދުވަހެއްގައިވެސް ޑިއުޓީގައި އުޅުއްވަމުން ހަދިޔާ ބަދަލުކޮށް ދެއްކި ނަމޫނާއަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ފުލުހުން ވިދާޅުވީ، އީދު ދުވަހު ޑީއުޓީގައި އުޅުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އީދު ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ ފޮނުވާފައެވެ.
ފޮޓޯތަކުން ފެންނަ ހުރިހާ ފުލުހުން ހަދިޔާ ދިނީ ވާތުން.....ހެހެ ހެ
އެއީ ސަލާންކުރަން އަތްދީގެން ހުރި ވަގުތު ނަގާފަހުރި ފޮޓޯ. ސަލާންކޮށް ނިމިގެން ކަނާތުން ދީފާނެ.
އަގުވެއްޓިފައޮތް މުއަސަސާގަނޑެއް، ރައްޔިތުންކައިރީ އިތުބާރައް އެދި ސަލާންޖަހާތައް ތިހިރަ ފެންނަނީ. ސޮރީ! ކޮރަޕްޓް މާސްޓާރ އެމްސީ ބްރޭކް ޑާންސާ ހަމީދު!