ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ޕެޓްރޯލު ކުރުން އިންޑިއާ ސިފައިން ވަރުގަދަކޮށްފިއެވެ.

އިންޑިޔާގެ "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން އިއްޔެ ބުނެފައިވާ ގޮތުގައި އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަ ސަރަހައްދު ހިމެނޭ ގޮތަށް އިތުރު ހަ ސަރަހައްދެއް ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދު ހިމެނޭ ގޮތަަށް އެ ހަތް ސަރަހައްދު ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާތާ މިހާރު 10 މަސް ވެފައިވާ ކަމަށް އެނޫހުން ބުނާއިރު ޕެޓްރޯލު ކުރުމަށް އިންޑިއާ ކަނޑުގެ ސިފައިންގެ 15 މަނަވަރު ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ނޫހުން ގައި ބުނެފައިވެއެވެ.

ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި އެ ހަތް ސަރަހައްދަކީ ވެސް އިންޑިއާ ކަނޑުގައި އިންޑިއާގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ބޭރުގައި ބައިނަލު އަގުވާމީ ކަނޑުގައި އިންޑިއާއިން ޕެޓްރޯލު ކުރަމުންދާ ހަތް ސަަރަހައްދެވެ. އެ ހަތް ސަރަހައްދުގެ ތެރޭގައި އިންޑިއާ ކަނޑަށް ވަދެވޭނެ ހުރިހާ ދިމާތަކާއި އަދި އިންޑިއާ ކަނޑުން ނުކުމެވޭނެ ހުރިހާ ދިމާލެއް ހިމެނޭ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އިންޑިއާ ކަނޑުގެ ސިފައިން ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުން އިންޑިއާ ކަނޑަށް ވަދެ ނިކުންނަން އޮންނަ ސަރަހައްދު ނޯތު ބޭ އޮފް ބެންގަލް,ނޯތު އަންޑަމަންސް އެންޑް ސައުތު ނިކޮބަ، ސްޓްރެއިޓްސް އޮފް ހަރުމުޒް އެންޑް ޕާޝިއަން ގަލްފް, ގަލްފު އޮފް އަޑެން, ވޯޓާސް ސައުތު އޮފް އިންޑިއާ, ސައުތު އިންޑިއަން އޯޝަން, ހިމެނެއެވެ.

އިންޑިއާގެ އަސްކަރިއްޔާއާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ޕެޓްރޯލު ކުރުމުގެ ހަރަކާތްތައް ކޮންމެ އަހަރަކު ވެސް ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު