ވިލިމާލެ ކައިރިން ކެނޯއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ދެ މީހުން ކަނޑުމައްޗަށް ނިކުތްތާ ދިހަ ގަޑިއިރު ފަހުން ފަތާފައި ހުޅުމާލެއަށް އަރައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނުއިރު ދެމީހުންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ދެމީހުންނަށް ވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ އެމީހުން ތިބި ކެނޯ އޮޔާ ހުޅުމާލެ ކައިރިއަށް ދިއުމުން ފަތާފައި އެމީހުން ހުޅުމާލެ އަށް އެރީ ރޭ މެންދަމު 03:10 ކަންހާއިރު ކަމަށެވެ.

"އޮޔާ ދަމުން ގޮސް ރޭ ދަންވަރު 3:10 ހާއިރު، ހުޅުމާލޭ ސްވިމިން ޓްރެކް އާ ދިމާއަށް ކެނޯ އައުމުން ފަތާފައި ހުޅުމާލެއަށް އެރީ." ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ހަވީރު 17:00 ވިލިމާލޭ ބީޗް ސަރަހައްދުން ކެނޯއެއްގައި ދަތުރު ކުރަނިކޮށް ގެއްލުނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީ ވެސް ދިވެހިންނެވެ. އެ މީހުން ގެއްލުނު ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ރޭ 20:54 ގައެވެ.

އިއްޔެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ވަރަށް ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިމަންނަ

    ދެންއިވޭނީ ކޮންމެވެސް ބަޔަކު މިއީ މާމޮޅު ބައެއް ކަމަށް ބުނާ އަޑެވެ.

    16
    17
  2. އެކޮއި

    އަލްހަމްދުލިއްލާހި

    73
    1
  3. އަލީ

    ކެނޯއެއް ވިލިމާލެއިން ހުޅުމާލެއައް އޮޔާއެއްކޮއް 1 ގަޑިއިރުން ދެވޭނެ،10 ގަޑިއިރު ވާއިރު އޮންނާނީ ވަރައް ބޭރައް ގޮއްސް. އެމީހުންގެ ހިއްވަރުން އެ އާދެވުނީ

    23
    1
  4. ނަމޫނާ

    الحمد لله

    21
  5. ހިޔަމަ

    ޝުކުރިއްޔާ! ހުރިހާ ފޯސް ތަކައް!!! 10 ގަޑިއިރު ވީއިރުވެސް ވިލިމާލެ ހުޅުމާލެ ދޭތެރެ އިން ނުހޯދުނު!!!

    5
    2
  6. އަލިބެއްޔާ

    އެމްއެންޑީއެފް އާއި ޕޮލިސް އަދި ކޯސްޓް ގާޑުގެ ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ކޮން ތަނެއްބާ ހޯދީ. އެވެރިންނަކަށް ނޭގުނު އޮއި ހުރިގޮތް. ކަޑައެއްނު. ވިލިގިލި ކޮޅުން ބެހިގެން އޮޔާ ގޮސް، 10 ގަޑިއިރު ވަންދެން އޮޔާ ތަޅަމުންގޮސް ހުޅުމާލެއަށް ކެނޯ ލައްގާ ހިސާބަށް ދިޔައިމަ 2 މީހުން ކެނޯ ދޫކޮށް ފަތާފަގޮސް ހުޅުމާލެއަށް އެރީ. ރެސްކިޔު ޓީމުން ކުރި މަސައްކަތަށް ޝުކުރިއްޔާ. ރާއްޖޭގަ ޖެހޭ ވަޔާއި އޮއި ފުރަތަމަ ދަސްކުރަން އަސާސީ ކުލާހަށް ދާންވީނު.

  7. ޢަލީ

    ސުވާލުއުފެދޭ ކަންކަން އެބަހުރި، މިއޮށް ކާރޫބާރޫ ބޮޑު ސަރަހައްދުގައި އެއްވެސް އުޅަނދަކަށް ނުފެނި ހުޅުމާލޭގެ އިރުމަތީ ފަރާތަށް ދިޔަގޮތެއް؟ އެންމެ ރަނގަޅުތާ ގިރާވަރު ކައިރިއަށް ނުވަތަ ބަނޑޮސްކައިރިއަށް ނުވަތަ ވާދޫ ކައިރިއަށްވެސް ދާން، އަދި އެމީހުން ކުރި މަސައްކަތުގެ ވާހަކަ އެމީހުންނަށް ﷲ ދެއްވި ރަޙުމަތުގެ ވާހަކަ މިއީ އަޑުއަހަން ބޭނުންވާ ވާހަކަ، ކޮންމެއަކަސް ސަލާމަތުން ހިކިފަސްތަނަކަށް އެރުނީތީ ﷲ އަށް ހަމްދާ ޝުކުރުކުރަން، އެކަމަކުވެސް ސަބަބު މެދުވެރިވިގޮތް އެނގެން ބޭނުން.

  8. عبدالله

    ފަތާ ފެންގަނޑަކީ، ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑު ދޮށުގައި އޮންނަތަނެކެވެ. އަދި މިތަން ހަދާފައިވަނީ، ގާތްގަނޑަކަށް ހުޅުމާލޭ މެދެއްހައި ހިސާބުގައެވެ. ހިކިދިޔާގައި އޮންނާނީ ބޭރުއޮޔެވެ. ބޮޑުދިޔާގައި އޮންނާނީ އެތެރެއޮޔެވެ. ރޭގައި ޖެހުނު ވަޔަކީ، ކޮން މިޞްރާނބެއްގައި ހުރި ވައެއްހެއްޔެވެ. ވިލިމާލެ ކައިރިން އޮޔާދިޔަ އެއްޗެއް ލައްގާފައިވަނީ، ފަތާ ފެންގަނޑާއި ދިމާލަށް ހުޅުމާލޭ ކަނޑު ތޮއްޓަށެވެ. ސުވާލަކީ، މިއީ އަރަތެއްހެއްޔެވެ ؟