ޕިއްޒާ ބޯނާގެ ޕިއްޒާ ޑެލިވަރީ ކުރަން އުޅުނު އެތަނުގެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރި ގަނެއްޖެއެވެ.
ޕިއްޒާ ބޯނާ އިން ރޭ ކުރި ޓްވީޓެއްގައި ބުނީ އެތަނުގެ މުވައްޒަފަކަށް ހަމަލާދީ އޭނާގެ އަތުގައި ހުރި ފައިސާތައް ފޭރިގެންފައިވާ ކަމަށެވެ.
އޭނާ އަތުން ފޭރުނީ ކިހައި ފައިސާއެއް ކަމެއް ޕިއްޒާ ބޯނާ އަކުން ނުބުނެއެވެ. ނަމަވެސް ބުނެފައި ވަނީ އޭނާ އަށް ހަމަލާދިން ވަގުތު އޭނާ އުޅުނީ ތިން ޑެލިވަރިއެއް ކުރަން ކަމަށާއި ދެ ޑެލިވަރީ ކޮށް ނިންމާލުމަށް ފަހު ތިން ވަނަ ޑެލިވަރީ ކުރަން ދިއުމުގެ މަގުމަތީގައި ކަމަށެވެ. ހަމަލާ ދިން އިރު އޭނާގެ އަތުގައި ދެ ޑެލިވަރީގެ ފައިސާ ހުންނާނެ ކަމަށް ވެސް ޕިއްޒާ ބޯނާއިން ބުންޏެވެ.
ޕިއްޒާ ބޯނާ އިން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ. ބުނެފައެވެ. އޭނާ އަށް ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭ މައްޗަން ގޯޅި ސަހަރާ ކައިރިންނެވެ.
Our delivery staff was attacked near Ma. Sahara just now. All his money was snatched. We have reported the matter to @PoliceMv
We hope authorities will work towards making Male’ a safe place for all of us.— Pizza Buona (@pizza_buona) August 11, 2019
ފަހަކަށް އައިސް މާލޭގައި ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ފޭރުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި މާލޭ މަގުމަތިން ފޭރުނު ފައިސާގެ އަދަދު ހައެއްކަ މިލިއަނަށް އަރައެވެ.
ފޭރުނު އެންމެން އަތްފައި ކަނޑާލާފަ ރަށަކަށް އަރުވާލަންވީ.
ފޭރުމުގެ އަދަބަކަށް އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބަކީ އަތް ފައި ކްރޮސް ވާނެހެން ކެނޑުމެވެ. ފުރަތަމަ ފަހަރުނަމަ ކަނާއަތުގެ ކުޑަހުޅާއި ވައަތު ފައިގެ ތަނބިކަށިން ބުރިކޮއްލުމެވެ. މި އަދަބު އެއްފަހަރު ދިނަސް ތިޔަކަން މި ކުޑަކުޑަ މުޖުތަމައިން ފިލައިދާނެއެވެ. މި ހުކުމްތައް ތަންފީޒު ނުކުރާތީވެއޭ މި ބުނަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނޫނޭ. އަދި މި ހުކުމްތައް ތަންފީޒު ކުރީތީ އޭ މިބުނަނީ އައިއެސް (އިސްލާމިކް ސްޓޭޓް) ބަރާބަރޭ. ދިވެހިންގެތެރޭ ގިނަމީހުން މިކޮމެންޓަށް ފާޑު ކިޔާނެކަން އިނގޭ އެހެނީ އެބައިމީހުން ތިބީ ޑިމޮކްރަސީގެ ވަބައިގައިޖެހި ތަތްތެޅިފަ. ކިޔާނެ އެއްޗެއް ކިޔާ. ވަރިހަމަ މަށަށް. ވަގުތު ޓީމުން ނުކެރޭނެ މި ކޮމެންޓު އަޕްކޮއްލާކަށް.
ފުރަތަމަ ފަހަރުނަމަ އޮންނާނީ ނަސޭހަތްދީ ފޮނުވާލުން. ދީނުގެ ވާހަކަ ރަގަޅަށް އޮޅުން ނުފިލުވާ ޕްބްލިކްގަ ލިޔުން ރަގަޅެއް ނޫން.
ފުރަތަމަ ފަހަރު ނަސޭހަތްދީފަ ފޮނުވާލުމޭ...ކޮންތާކުން އިސްލާމްދީން އަދި ދީނުގެ ހުކުމްތަށް ކިޔަވައިގެންބާ ތިމީހާތިއައީ..
ފޭރުނު ސަރުކާރުގައި އޮންނާނީ ފޭރުން.
ޔާމީނުގެ ވެރިކަމަކީ، ރަބީޢު މޫސުމެވެ. އެމްޑީޕީގެ ވެރިކަމަކީ، ޚަރީފު މޫސުމެވެ. އުފަލަކަށްފަހު ހިތާމައެކެވެ. ހިތާމައަކަށްފަހު އުފަލެކެވެ.