ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ އާމްދަނީ ހޯދާ ގޮތާއި ބެހޭ ގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީން ޓްވިޓާގައި ޚިޔާލުފާޅުކޮށްފިއެވެ.

"ގާޑިއަން" ނޫހުން ކައިލީގެ އުފަން ދުވަސް ޔޮޓެއްގައި ފާހަގަ ކުރަން އެއް މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކައިލީ އާއި ކާޑޭޝިއަންސް އިން އާމްދަނީ ހޯދަނީ މީސް މީޑިއާގައި މާކެޓް ކޮށްގެންނާއި ރިއަލިޓީ ޝޯތަކުން ކަމަށެވެ. މިއީ މިޖީލުގެ މީހުންގެ ވިސްނުމަށް އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވިޓާ އެކައުންޓަކީ ވެރިފައި ވެސް ކޮށްފައިވާ ޓްވިޓާ އެކައުންޓެކެވެ.

ކައިލީގެ އާމްދަނީ އާއި ބެހޭ ގޮތުން ޚިޔާލުފާޅުކޮށް ހެލްތު މިނިސްޓްރީން ޓްވީޓް ކުރުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ފާޑުކިޔަން ފެށުމުން ފަހުން ވަނީ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ފަހަކަށް އައިސް ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ޓްވިޓާ އެކައުންޓްތަކުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޓްވިޓާ އެކައުންޓްތަކުން އެބޭފުޅުންގެ މަސައްކަތާއި ނުގުޅޭ ވާހަކަތައް ޓްވީޓް ކުރުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ.

ކައިލީގެ އާމްދަނީ އާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ޚިޔާލުފާޅުކޮށްފައި ވާއިރު ފަހަކަށް އައިސް ސިއްހީ ދާއިރާއިން ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ތެލެސީމިއާ ކުދިން ގާތްގާތުގައި މަރުވަމުންދާ މައްސަލައިގައި އެމިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ޓްވިޓާ އެކައުންޓްތަކުން މަސައްކަތާއި ނުގުޅޭ ވާހަކަތައް ޓްވީޓް ކުރުން އާއްމު ކަމަކަށް ވެފައިވާއިރު ވެސް އެކަން ހުއްޓުވަން އިދާރާތަކުން މަސައްކަތެއް ކުރާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މިއަދު

    އެއީ ކަމަށް އިސްކޮށްފައިތިބި ވެރިންގެ ނާގާބިލްކަން

    105
    7
  2. އ. ޖ. އ

    ? ? ?

    16
  3. ހުސޭނުބޭ

    އެހެންވީމާ ހެލްތު މިނިސްޓަރު ބޭރުކޮށްފައި ކައިލީއަށް މިނިސްޓަރުކަން ދޭން އިބޫއަށް ގޮވާލަން!

    55
    1
  4. އަލީ

    ޓްވީޓްގެ ތަރުމާ އާއި އަސްލު ގައި ތަފާތެއް އެބައުޅޭ

    19
    2
    • Anonymous

      ތަރުޖަާ ކޮށްދީބަލަ

      12
      1
  5. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ސަރުކާރުގެ އޮފީސްތަކުގައި އުޅޭ މީހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލި، ޚިދުމަތުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ބޭނުންތައް ނުފުދޭ ރައްޔިތުން އިތުބާރު ނުކުރާ ތަންތަނަށް އެތަންތަން ވެއްޖެނަމަ ހިތާމައިގެ ކޮޅެއްނެތެވެ.

    34
    • ޔެސް

      މިހާރު ތިކަން ތިހެން ވެއްޖެ. ކޮންމެކަމެއްކޮށްފަވެސް އޮޅިގެންނޭ ބުނީމަ ނިމުނީ، ހަގީގަތަކީ ޒިންމާނަގަން ހަވާލުކޮށްފައިވާމީހުންގެ ފެންވަރު ދައްކަން. ނާގާބިލުކަން.

      27
  6. ނަސީރުބެ

    މިހާރަކަށްއައިސް ހެލްތްމިނިސްޓްރީއަށް ވަރަށް އޮޅޭ އެބަ. މިވާގޮތެއް ބަލަންވެއްޖެއްނު. އެތާތިބޭނީ ވަރަށް ދޯހަޅި ޒަމާނަށް ނުފެތޭ ނާތަހުޒީބު ބޭކަލުން.ޚާޢްޞަކޮށް އައިޓީއަށް.

    25
  7. ލާރި

    ކައިލީގެ ފޭން އެކޭ ހެލްތު މިނިސްޓްރީ އެއީ

    29
  8. ހެހެހެ

    ނާޤާބިލު ކަނޑުކޮސް ސަރުކާރެއް.

    21
    1
  9. ސލ

    މަސައްކަތުގެ ހުނަރާއި ވައްޓަފާޅި ނެތްމީހުން
    ޒިއްމާދާރު މަގާމުތަކަށް އައްޔަން ކުރުމަކީ ރައްޔިތުންނަށް ބޮޑެތި ގެއްލުމާއި ހަލާކު ކުރިމަތިވާ ކަމެކެވެ އެހެންކަމަށް ވިއަސް ވެރިކަމަށް އެރުމަށް އެހީވެދީފިނަމަ ބޮޑެތިމަގާމު
    ދޭން މަޖުބޫރުވެއެވެ އިލްމެއް ހިލްމެއް ހުނަރެއް
    ހުންނާކަށްވެސް ނުޖެހެއެވެ.

    14
  10. ފހ

    ރާއްޖޭގެ ހެލްތުމިނިސްޓްރީ ހިންގާ ދޯދިޔާ ކަންކަމާ ބެހޭ ގޮތުން ކައިލީވެސް ވާހަކައެއް ނުދައްކައެއްނު. ދެންކީއްވެ ހެލްތްމިނިސއޓްރީއިން ކައިލީ ކުރާ ކަންތަކަށް ފާޑު ކިޔަންވީ. ނުބެހޭ ކަންތަކާ ނުބެހި ތިބެބަލަ.

    13
  11. މަކިނބޫ

    ކައިލީއަށް ރާއްޖެ އައުމަށް ދައުވަތަކަށް ފުދޭ.. ސަޅި ސްޓަންޓް

    11
  12. ޙަސަންބެ

    މިހެން ކަންކަން ދިމާމިވަނީ ސަރުކާރުގެ އިސްމަޤާމުތަކަށް ކުފޫހަމަނުވާ ކަމަށް ނާޤާބިލު ތަންދޮރު ވަކިނުވާ ނުކިޔަވާ ތިބޭ ގަމާރު ސިޔާސީ މީހުން އައްޔަންކޮށްފަ ތިބޭތީ. ހެންނުވާނީ ތިންބާރު ވަކިވެފައޮންނަ ރިޔާސީ ވެރިކަމެއްގަ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމުގެ ކަންތައްތަކާ ބެހެންފެށީމަ.

    12
  13. ވަހީދާ

    ނަސީބެއްނު ވެބްކެމްގެ ކަމެއް ނޫންކަން... ނަޝީދުގެ ވެރިކަމުގައި ވެބްކެމުން ރައީސް އޮފީސްތެރެ ފެންނަން ހުރީ. ލަދުން ބޯފަޅައިގެންދާވަރުވޭ.

  14. ާަައާން

    ލޮލް، ކުރާނެ ކަމެއް ނެތިފަ ތިބޭބައެއް މިސަރުކާރުގަ ތިބެނީ.

    1
    2
  15. ފަޅޮލޭ

    ނަވާޒުގެ އާޓިކަލްތަކުން ސަރުކާރާއި ރައްޔިތުން ޖައްސަން ވީހާވެސް ދޯހަޅިކޮށް އަމިއްލައަށް އިންޓަވިއުތަކާއި ޓްވީޓުތައް ތަރުޖަމާކުރުމުން އެނގޭ ދެރައަރާފަ ހުރި ދަރަޖަ... ދެންލަލަލަލަ. ޔާމީނު ޖަލަށްލާ ދުވަހުން ރޮއެރޮއެފަ އާޓިކަލް ލިޔަން ތައްޔާރުވޭ...ހަހަހަހ