އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ރިޔާޒުގެ ފޯނު ފުލުހުންނަށް ހުޅުވައި ނުދިން ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައި ވާއިރު މައްސަލަ ބެލި ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ. ރިޔާޒުގެ މައްސަލަ އަބްދުﷲ ދީދީއާއި އަބްދުއްރައޫފް އިބްރާހިމާއި އަލީ ސަމީރު ކުރިން ބެއްލެެވި ނަމަވެސް އެ މައްސަލަ މިއަދު ބެއްލެވީ ރައޫފާއި ސަމީރުގެ ބަދަލުގައި ސުޖާއު އުސްމާނާއި އަބްދުލް ޣަނީ މުހައްމަދެވެ.

ރިޔާޒުގެ މައްޗަށް އިތުރު ޖިނާއީ ދައުވާތަކެއް މިހާރު ވެސްް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިޔާޒު ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިޔާޒް ބަންދުގައި ބަހައްޓާފައި ވަނީ މާފުށީ ޖަލުގައެވެ. ރިޔާޒް ހައްޔަރު ކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއީ ރައީސުލްޖުމްހޫރިއްޔާއަކަށްވުމުގެ ހުވަފެންފެނި ޤާސިމުގެ ބޮލަށް ޗިޕްޖެހޭތޯ އުޅޭ ބާޣީއެކެވެ. ކަފީތުބުލް މަޙުރޫމިއްޔާ އަހުރެމެން ކިޔާނީ!