މިއަދުގެ ޒުވާނުންނަކީ، ޤައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ، ޒުވާނުން ބިނާކުރުމަށް އިސްކަން ދީގެންކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާނުުުން ބިނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށާއި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، އިންސާނީ ކޮންމެ މުޖްތަމަޢަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ ކަމުގައެވެ.

"މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުޞަތު ލިބިދޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރު ކޮށްދިނުމެވެ. ހަމައެއާއެކު، ޙަޔާތުގެ ހުރިހާ ޢުމުރު ފުރާއެއްގައި ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު، އެންމެންނަށް ފަހިކޮށްދިނުމެވެ. އެއީ، އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތަޢުލީމް ކަމަށްވާތީއެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، ޒަމާނީ ތަޢުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މަގުންކަމުގައި ވިދާޅުވެފައިވެއެވެ. އަދި އޭގެ ބޭނުމަކީ، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަޠަނީ ލޯބި ހުރި، ޢަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ޤައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިޔާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ އުންމީދަކީ، ދައުލަތުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ތިޔަ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ޤައުމަށް ލިބޭ ތަރައްޤީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ޤައުމު އިޞްލާޙްކުރުމުގެ ތަޅުދަނޑިއެވެ." ރައީސް ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަކީ 2000 ވަނަ އަހަރުން ފެށިގެން އދ.އިން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢިއްޒަތްތެރި ރައީސަށް

    އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުޞަތު ލިބިދޭ،
    ތީ ބޮޑު ދޮގެއް. ތިއުޅެނީ ތަޢުލީމީ ނިޒާމުގެތެރެއން އިސްލާމް ދީނަކީ އައިސިސް ކަމަށް ދައްކަން.
    އެކަކުވެސް މީހަކު ބާކީނުކޮށޯ، ފުރަތަމަ އެނަމޫނާ އަމިއްލަ އަށް ދައްކާ
    (އ.ދ. އަކަށްވެސް ތިކަމެއް ނުވާނެ، އެމެރިކާގެ ޑިޒިޝަން މޭކިންގ ގައި ބިންލާދިން ބައިވެރިކުރޭ، ސަރުކާރުގެ މުހިއްމު ނިންމުން ތަކުގައި ބޮޑުބުރިޖުގެ ބާނީ ގައުމީ ބަޠަލު ބައިވެރިކުރޭ)

    އިސްކޫލު ތަކުގައި އުޅޭ ބަސްނާހާ ކުދިން ލައްވާ އެހެން ކުދިން ހަލާކު ނުކޮއްލައްވާ، ޢިއްޒަތްތެރި ރައީސް.

    22
    1
    • 77 މިލިއަން ކައްވާލި ވަގު

      ޒަމާނީ ތައުލީމެއްވެސް އެހެން ތައުލީމެއްވެސް ނެތީ އިއްޒަތްތެރި ރައީީސް މަނިކުފާނުގެ. ތިއީ ރައީސްކަމުގެ ނަން ދީފަ ހުރި ފޮޓޯ ލޯގަނޑެއް. ދައުލަތުގެ ޚަޒާނާއިން ދަތުރު ކޮށްލަކޮށްލާ ހުރޭ.

      16
  2. ާސާކިރު

    ކިއްކުރާ ރައިއްސެއްތީ ހުސްތޮށިގަޑެއް ރައިސްކަމުގެނަމުގަ އެއްވެސްކަމެއްވާ ރައިސެެއްނޫންތީ...ވެރިކަންކުރަނީ އެހެންބަޔެއް..ތީވެސް ބަރުލަމާނީގެ ވައްތަރެއް...

    24
  3. ކިނބޫ

    ޒަމާނީ ތައުލީމު މިހާރުވެސް ލިބެއޭ. އިސްލާމީ ތަރުބިއްޔަތު ނެތް ބަޔެއްގެ ސިކުނޑި ދޮވެލައިގެން ރީނދޫ ބާގަގަނޑުން ގައުމުގެ އަޚްލާގީީ، އިޖްތިމާއީ އުސޫލުތައް ނެތިކޮށްލީ. ޒިންމާ ނަގަމޭ ބުނަން ކެރިބަލަ. އިސްލާމީ ތަރުބިއްޔަތު ލިބިދޭނެ ގޮތެއް ހަދާނަމޭ ބުނަން ކެރިބަލަ. ނުކެރޭނެ.

    26
  4. ކެޔޮޅު

    މިސަރުކާރުގެ އަބަދުވެސް އޮންނާނީ އަމާޒާ ދިރާސާޔާ ގޮންޖެހުން ކަމެއްކުރާތަނެއް ނުފެނޭ ކިހިނެއްތިޔަ ހަދަނީ ދެންފުދިއްޖެ ފައބަންއުޅޭ ނުވިއެއްނު؟؟؟؟؟

    25
  5. އެސްކިޑް މާމަ

    މިހާރަކަސް އައިސް އެޑިޔުކޭޝަން މިނިސްޓަރީ އަށް ކުރެވިފައި ނުކެރެވެނީ ކޮންކަމެއް އިގޭބާވައެވެ.
    އާމިނިސްޓަރ ޢާއިޝަތު ޢަލީ އައިފަހުން ޒަމާންވީ ތަޖުރިބާހުރި އިސްވެރީން އިސްތިޢުފާ ދެނީ އެވެ.
    ފައިނޭންސް އެކްޒެކްޓިވް އިސްތިއުފާ ދީފިއެވެ. ޕީއެސް ގެ ވަޒިފާ ގެއްލިއްޖެއެވެ. އެޗްއާރު ގެ ހެޑް އިސްތިއުފާ ދީފިއެވެ. ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ސެކްޝަނުގެ ވެރިޔާ އިސްތިޢުފާ ދީފިއެވެ. ކަރިކިލަމު ޑިޕާރޓްމެންޓް ގެ ވެރިޔާ އާނިޔަތުވެސް އިސްތިޢުފާ ދީފިއެވެ. އަޓީ ސެކްޝަނުގެ ވެރިޔާ ވެސް އިސްތިޢުފާ ދީފިއެވެ. އެންމެފަހުން ޕްލޭނިންގ ޑިވިޝަނުގެ ވެރިޔާވެސް އިސްތިޢުފާ ދީފިއެވެ.

    17
  6. ފާތިމަ

    ކޮބާތަ ފަހިކޮށްދިން ފުރުސަތަކީ.މެޑިސިން ކިޔަވަންށަރުތު ހަމަވި ކުދިންމއށްވެސް ލޯން ގަޑެއްހާހިސާބުވެސް ނުދިން.ގައިމު އެކުދިންވެސް ކިޔަވައިގެން ހިދުމަތް ކުރާނީ މިތަނަށް

    19
  7. އަދުރޭ

    އިންޓަނެޓްގެ އަގުހެޔޮ ނުކުރެވެންޏާ ޒަމާނީ ތަޢުލީމްގެ ވާހަކަ ނުދައްކާ. ވޮށުފިލާގަ ލިޔެގެން ޖަޒީރާވަންތަ ތައުލީމެއް ދިނީމަ ރައްޔިތުންނަށް ފުދޭނެ.

    19
  8. ރަސީދު

    ތަޢުލީމެއް ނެއް މީހަކު އަދި މިދިޔަ އަހަރު ތަކުގާ ގައުމު ހަލާކު ކޮއްލާ ހުރިހާ ޒުވާނުން ނަގުމަތިގަ ދުއްވި ބަޔަކު މިހާރު މިގައުމު ދެކެ ޒުވާނުން ދެކެ ލޯބިވާ ކަމައް ހެދިގެން އުޅުމުގެ ބޭނުމެއް ނެއް

    23
  9. އ. ޖ. އ

    ޝުކުރިއްޔާ އިބޫ

    1
    22
  10. ޞަޙީފާ

    ބީތާވެފަ އިން މީހެއްބާ މިއީ؟ ބަލަގަ މިހާރު މި އުގެނެނީ އަންޒަމާނުގެ ތަޢުލީމުހެއްޔެވެ؟ ރާއްޖޭގެ ދަރިވަރުން ހުރިހާ ދާއިރާތަކުން ބިނާކޮށް މުޅި ދުނިޔޭގައި ޢިލްމީގޮތުން ވިދަމުން މިދަނީ އަންޒަމާނުގެ ތަޢުލީމު އުގެނިގެން ހެއްޔެވެ؟ ދޮލަގަށް ވެލިއަޅައިގެންނާ މޭޔަފޯލިން ބޯޑުލިޔެގެން އަލިފްބާ ދަސްކުރުންބާ ތިޔަބުނާ ތަޢުލީމަކީ؟ ފުރަތަމަ ތިމާ މީހާގެ ޢިލްމީފެންވަރު ވަޒަންކޮށްލާށެވެ.

    20
  11. ބުރޯ

    ތިޔަވިދާޅުވަނީ ތާކުންތާކު ޖެހޭ ވާހަކައެއްނޫން ، މި ރާއްޖޭގަ ދެމުންދަނީ ޒަމާނީ ތައުލީމު ޒަމާނީ ތައުލީމު ދެމުންދާތާ މިވަނީ 75 ވަރަކަށް އަހަރު ވެފާ ނަސީދު އައިސް ވަށާޖެހޭ ތައުލީމު އި ބޫ އައިސްފަ ޒަމާނީ ތައުލީމު ކިޔާ ނަން ކިޔަކަސް މަންހަޖާ ކުދިންނަށް ދެވޭ ތައުލީމަކަށް ބަދަލެއްނާދޭ .ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ވިދާޅުވުމުގެ ބޭނުމެއްނެތް.

    21
  12. އަހްމަދު

    ކޮބައިތޯ ތިޔަ ވިދާޅުވާ ޒަމާނީ ތައުލީމަކީ. އިސްލާމީމަންހަޖަކީ ހަމަގައިމުވެސް މިޒަމާނުގައި އުފެދުނު މަންހަޖެއްނޫން. އެހެންވީމާ މާނައަކީ އިސްލާމީ ތައުލީމުނޫން އެހެންގޮތްތަކަކުންނޭ ޒުވާނުން ބިނާކުރާނީ؟

    22
  13. ޞަފިއްޔާ

    ގޮށްރީނުލުގެ ބޮނޑިބަތް ޖާދޫގައި ޖެހިގެން ރިޝްވަތުގެ ފިލީގެބާރުގައި މަޖުލިސަށް އައިސް ތިޔަ ތިބީ ތިބުނާ މީހުންދޯ؟ ތިމާގެ ޙާލާމެދު ވިސްނާލާ! ލަދެއްވެސް ނެތްމީހެއް

    15
  14. ކޮަސް ރައީސެއް

    ތިއީ އާ ކަމެއް ނޫން. ދެން ތިކަމުގެ ވެސް ކްރެޑިޓް ނަގަން އުޅޭ.

  15. ޢަބްދުﷲ

    ނުހިފޭ ވަރުގެ ބަރެއްހަމަ، ނުނަގާށެ ދެން ކޮނޑަށް، ލުހިގޮސް ތިމާގެ ބުންވަރު ހިތްވަރު އެލެއްޏަކާ،

  16. ޢަބްދުﷲ

    ރައްޔިތުން ވޯޓްދީފައިވަނީ، ތިޔަބޭފުޅުންގެ ކޯލިޝަނަށެވެ. އިބޫއަކަށް ނޫނެވެ. ކޯލިޝަން އުވިއްޖެނަމަ، އިބޫޖެހޭނީ، އިސްތިއުފާ ދެއްވާށެވެ.

  17. ޢަބްދުﷲ

    ލަދުޙަޔާތް ކެނޑިފައި ތިބޭ މީހުން އެންމެ ގިނަ ގައުމަކީ، މިދިވެހިރާއްޖެ ހެއްޔެވެ؟

  18. ޒަހާން

    ރައީސްގެ ވާހަކަ ރަނގަޅެވެ. ދެން އޮތީ ތެދު ކުރުމެވެ. ނުވަތަ ދޮގުކުރުމެވެ