ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ އާމްދަނީ ހޯދާ ގޮތާއި ބެހޭ ގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓަކީ އޮޅިގެން ކުރެވުނު ޓްވީޓެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ގާޑިއަން" ނޫހުން ކައިލީގެ އުފަން ދުވަސް ޔޮޓެއްގައި ފާހަގަ ކުރަން އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކައިލީ އާއި ކާޑޭޝިއަންސް އިން އާމްދަނީ ހޯދަނީ މީސް މީޑިއާގައި މާކެޓް ކޮށްގެންނާއި ރިއަލިޓީ ޝޯތަކުން ކަމަށެވެ. މިއީ މިޖީލުގެ މީހުންގެ ވިސްނުމަށް އަސަރު ކުރާނެ ކަމެއްކަމަށް ވެސް ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.
މި ޓްވީޓް ކުރުމަށްފަހު ފަހުން ވަނީ ޓްވީޓް ޑިލިޓްކޮށްފައެވެ. އަދި އެކަމާއި މައާފައަށް އެދި ފަހުން ކުރި ޓްވީޓުގައި ވިދާޅުވީ، "ގާޑިއަން" ނޫހުން ގެނެސްދިން ހަބަރާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ޓްވީޓް ކުރެވުނީ އޮޅިގެން ކަމަށެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވިޓާ އެކައުންޓަކީ ވެރިފައި ވެސް ކޮށްފައިވާ ޓްވިޓާ އެކައުންޓެކެވެ. އެ ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް މިނިސްޓްެރީއަށް އަންނަނީ ލިބެމުންނެވެ.
ހަމަ ބޮޓެއް.
ހާދަ މަޖަލޭ
އޮޅުވާލި ވޯޓުން އައި ސަރުކާރު އަބަދުވެސް އޮޅުމެއްގެ ތެރެއަށް ޣަރަގު ވެފަ.
ނުދެނެހުރިން މިހާ ވާނުވާ ނޭނގޭ ބައެއްކަމެއް ވެރިކަމާ ހަވާލުވެގެން މިއުޅެނީ.
މިހެން ކަންކަން ދިމާމިވަނީ ސަރުކާރުގެ އިސްމަޤާމުތަކަށް ކުފޫހަމަނުވާ ކަމަށް ނާޤާބިލު ތަންދޮރު ވަކިނުވާ ނުކިޔަވާ ތިބޭ ގަމާރު ސިޔާސީ މީހުން އައްޔަންކޮށްފަ ތިބޭތީ. އެހެންނުވާނީ ތިންބާރު ވަކިވެފައޮންނަ ރިޔާސީ ވެރިކަމެއްގަ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގަންއުޅެންޏާ..
މިހެން ކަންކަން ދިމާމިވަނީ ސަރުކާރުގެ އިސްމަޤާމުތަކަށް ކުފޫހަމަނުވާ ކަމަށް ނާޤާބިލު ތަންދޮރު ވަކިނުވާ ނުކިޔަވާ ތިބޭ ގަމާރު ސިޔާސީ މީހުން އައްޔަންކޮށްފަ ތިބޭތީ. އެހެންނުވާނީ ތިންބާރު ވަކިވެފައޮންނަ ރިޔާސީ ވެރިކަމެއްގަ ތިންބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގަންއުޅެންޏާ..
އަޅެ ތަނަކު ހުރި ވާންޗޯއެއް މިނިސްޓަރުކަމަށް ލާފައި އެހުރީ!
ހެލްތު މިނިސްޓްރީ އާ ނުވެސް ގުޅޭކަމެއްގަ، މިނިސްޓްރީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ޓްވީޓެއް އޮޅިގެންކުރެވެންވީ ކީއްވެހޭ؟ ބަލަ އެ އެކައުންޓަކީ ކޮންމެ މީހަކަށް ލޮގިން ދީފައިންނަ އެކައުންޓެއްތަ؟ އެހެންނޫނަސް ތިޔަބުނާމީހާގެ ކަމަކާ ހެލްޓުމިނިިސްޓްރީއާ ކޮންކަމެއް! މިސަރުކާރުން ކުރީމަ މާބޮޑުކަމަކަށް ނުވެދާނެ. އެހެން ސަރުކާރަކުން ކުރިނަމަ ވެރިމީހާ ފެއިލްވީ. އިސްތިއުފާދޭންޖޭހޭނެ. ޓްވީޓްކުރާ ކުދިންކޮޅުދެފަޔަށް ހިނިއަރައިގެން އުޅޭނެ.
ތީ އޮޅިގެން ކުރެވޭނެ ކަމެއްނޫން. މައާފައްއެދުން މައްސަލައެއްނޫން. އެކަމް ތީ އޮޅިގެން ކުރެވޭކަހަލަކަމެއްނޫން.
މިނިސްޓަރ އަމީނަށް ހާދަ އޮޅެޔޭދޯ މިހާރު؟ ތީ އޮޅިގެން ކަމަކަށް ނުބެލެވޭނެ. ކުޑަ ކުދިން ކައިރީ ތިވާހަކަ ދައްކާ. އޭރުން އެކުދިންވެސް ހިޔެއް ނުވޭ ގަބޫލުކުރާބެހެންނެެއް
ތަންކޮޅެއް ބަލައިލާގެން އުޅެން ވެއްޖެނު ނުވާތަކަށް ހުރިހާކަމަކާ ބެހެންޖެހޭތަ
ޢޮފިޝަލް ޢެކައުންޓުން ވާނުވާ
ސަރުކާރު ބޮޑު މިނިސްޓްރިއަކުން މިކަހަލަ ކަމެއް ޓުއީޓް ކޮށްލިުމުން މާފު ކޮށްލުމަކުން ނުފުދޭނެ. މިކަމުގައި ފިޔަވަޅު އަޅަން ޖެހޭ.
އޮފިސަލް އެކައުންޓް ވާނުވާގަ
ތިވާނީ ޔާންޓޭ ސަރުކާރުން ކަންތަށް ކުރި ގޮތުން ކުރެވޭ ޓްވީޓެއް ކަމަށް ވާނީ. ޒިންމާ ނަގަން ޖެހޭނީ ޔާމީން ސަރުކާރުން