ރާއްޖޭގެ ބޮޑުބަޔަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން ހުދު އިންޒާރު ނެރެފައި ވަނީ އުތުރާއި، މެދުތެރޭގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މި ސަަރަހައްދުތަކަށް އާއްމުކޮށް ވައި ޖެހޭނީ 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނުގައި، ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި އިންޒާރުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 18:30 އާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މިއަދު ހެނދުނު މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުނާ އޮފީސް

    ހުދު އިންޒާރެއްނޫން. ހުދު ސަމާލު.

  2. އަހުމަދުކަލޯ

    މެޓްއޮފީހުގަ މަ އުޅޭނަމަ ލަދުން ތިޔަތަނުން ކެނޑިގެން ގޮސްފިން. އަޅެ ދުވަހަލުވެސް މިމީހުން ކިޔާއެއްޗަކާ ދިމާނުވޭ. ވެހެން ފެށީމަ އިންޒާރުނެރޭނެ ކުރިޔަށް އޮތް ހަފްތާގަވެސް ގޯސްވާނެކަމަށް އެކަމަކު ނޯޓިސް ނެރޭވަގުތުންފެށިގެން މޫސުން ރަގަޅުވޭ. ލަދުގަންނަން ވެެއްޖެދޯ