ކ. މާފުށީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 21 ފޯނާއި 11 ފޯނު ޗާޖަރާއި 6 ހެޑްސެޓެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެރޭ 20:20 އެހާކަންހާއިރު، މާފުށީ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރުންނާއެކު މާފުށި ޖަލު ހުޅަނގުފަރާތު ފެންސްކައިރި ބަލައިފާސްކުރިއިރު އެފެންސް ކައިރިން ކަމަށެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.