ދައުލަތް މެދުވެރިކޮށް ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އާޒިމް ވިދާޅުވީ، ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އެ ޓްވީޓަށް ފަހު އާޒިމް ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ، އޭނާ ދައްކަނީ ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށެވެ.

އާޒިމް މިގޮތަށް ވިދާޅުވީ ސީދާ ކޮން މައްސަލައަކަށް ނިސްބަތްކޮށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން ދައުލަތާއި ދެކޮޅަށް ގިނަ ކުންފުނިތަކުން ވަނީ ދައުވާކޮށްފައެވެ.

އެގޮތުން ދައުލަތުން ބަދަލު ދޭން ޖެހުނު ކުންފުނީގެ ތެރޭގައި ހިމެނޭ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދެއްކިއިރު، ވިލާ ގުރޫޕުގެ ދަށުން ހިންގަމުން އަންނަ ޑަބްލިޔު އެލްޓީއަށް ވެސް ސަރުކާރުން 130 މިލިޔަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކާފައެވެ.

މީގެ އިތުރުން، ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިޔަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް މިއަހަރުގެ ކުރީ ކޮޅު ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން އިތުރު ކުންފުނިތަކަކަށްވެސް ދައުލަތުން ބަދަލު ދައްކަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެންމަހީހީ

    އެމްޑީޕީ އިސްވެ އޮވެ ހޯދި ވެރިކަމާއި، ލިބުނު ސުޕަ މެޖޯރިޓީ މެދުވެރިކޮށް ނަސީދުގެ ރޭވުންތެރިކަމާއެކު، ނަޒާހާތްތެރި ގޮތަކަށް ކުރަމުންދާ ވައްކަންތަކުގެ ވާހަކަ އެމްޑީޕީގެ މެޖޯރިޓީ ލީޑަރުގެ އަނގައިން ފާޅުވީމާ، ދެން އެކަންތައް ފޫބެއްދުމަށް އެކްޓިވިސްޓުން ލައްވާ "ވަގު ޔާމީނޭ" ގޮއްވުން ގިނަވޭ.

    55
    1
  2. ދޮންބެ

    ގުޅިގެން ހިންގާފައި ހުންނަ ޖަރީމާ. ތިކަހަލަ ކަންކަމުގައި އާޒިމުމެންގެ އަތެއް ނޯންނާނެއެކޭ ބުނާކަށް ނެތިން. 2008ވަނަ އަހަރު ނަސީދު ވެރިކަމަށް އައިސް ހިންގި ޖަރީމާތަކުގެ ފޫޅު ކަނޑާލަނީ އިބޫގެ ބޮލަށް. ނޫނޭވާ ކަލޭމެން ނަޒާހާތްތެރި އިނގޭ!!

    46
    1
  3. ރަފީ

    ކަލެޔަށް އަދި ކިރިޔާ ދޯ ތިޔަ ރޭކާލީ؟ ދައުލަތްގޮވައިގެން ދަޢުވާކޮށް ކޯޓުތައް މެދުވެރިކޮށް ދައުލަތުން ބޮޑަތި ރުފިޔާގަނޑުގަނޑު ނަގަނީ ސަރުކާރުގެ ތެރެއިން ރޭވިގެންކަމާއި ސަރުކަރުގައި ތިބި ވަކިބަޔަކަށް ބައި ލިބޭގޮތަށްކަން މާކުރިންވެސް އަހުރެމެން ދެނަހުރީމު!

    36
    1
  4. މޫސަ

    ވަކިވެރިއަކަށް ތިކަމަށް ފޫޅު ކެނޑޭކަށްނެތް. ތާރީޚްގައި ހުރިހާވެރިކަމެއްގަވެސް ސިޔާސީ ނުފޫޒުން މީހުން ވަޒީފާއިން ވަކިކުރުމުން ފަހުން ވެރިކަން ބަދަލުވެގެން ބަދަލުދީފައި ހުރީ

    20
    4
  5. ގުނބޯ ހެއްދުން

    ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިއެއްނުވޭ ސަހަލަ އެކަކުވެސް ހުރިހެނެއް.

    26
  6. ޢަބްދުﷲ

    ސުވާލަކީ، ޢާޒިމު ތިޔަހެއް ތިޔަބުނަނީ، އެއްވެސް ހިތްވަރެއް ހުރެގެންހެއްޔެވެ. އެހެންކަމަށްވާނަމަ، ވަގުތުގެ ގޮތުންނާއި ޙާލަތުގެގޮތުން، ކުރެވޭނެ ގިނަގުނަ ކަންތައްތަކެއް ހުރި އިރުގައިވެސް އެއްވެސް އޮފީހެއްގައި މުޢްސަސާއެއްގައި ތިޔަބާވަތުގެ ކަމަކަށް އިލްތިމާސް ނުކޮށް
    ވައިއަނގަ ތަޅަނީ ކީއްވެގެންހެއްޔެވެ؟

    32
    1
    • ޖަމަލު

      އެއަށް މި ކިޔަނީ މަގޭ ފޮޑި.

      13
  7. ހުސޭނުބޭ

    ބަދަލޭ ކިޔާފައި ލާރިދެނީ ކަލޭމެންގެ މީހުންގެ ކުންފުނިތަކަށް! ތިމާމެން އަމިއްލައަށް ދައުލަތުން ވައްކަންކޮށްފައި ކޮންހާ ގިނަ ވާހަކައެއް ދައްކާކަށް!

    22
    1
  8. ހުސެން

    ކަނީ ކަނީ

    22
    1
  9. ބެއްޔާ

    ކަލޭ ބޭނުންވާ ބަޔަކަށް ބަދަލުދީ ނިމުނީތޯ. ބަލަ ތިދޭ ބަދަލަކީ އެމްޑީޕީއަށްވެސް ބައިއެޅޭގޮތަށް ދޫކުރާ ފައިސާ. ދެންމާނޫން ކަމަށް ހެދެން ފާޑުފާޑުގެ ވާހަކަ ދައްކާނެކަމެއްނެތް. 100 މިލިޔަނުން 300 މިލިޔަނުން ފައިސާ ތިދެނީ ކޮން ގެއްލުމެއް އެބަޔަކަށް ވެގެން. ހަމަ ވައްކަން ނޫން ދެން އެހެންކޮން އެއްޗެއް.