އަޟްހާ އީދާ ދިމާކޮށް ޏ. ފުވައްމުލަކަށް އިތުރު އުފާވެރިކަމެއް ގެނެސްދީފިއެވެ. އަނެއްކާވެސް ގިނަ ދުވަސްތަކެއް ފަހުން އެރަށު ތުނޑީގައި ބިއްސާވެލި ލައިފިއެވެ. މިއީ އެރަށަށް ހާއްސަ ކަމެކެވެ.

ރީތި ތުނޑިއެއް އޮންނަ އެރަށުގެ ބިއްސާވެއްޔަކީ އެރަށަށް ހާއްސަ އެއްޗެއްކަށްވާއިރު، މިއަދު އެތައް ބަޔަކު ބިއްސާވެއްޔަށް އެރެން ދިޔައެވެ. އީދާއެކު އެ މީހުންނަށް ލިބިގެން ދިޔައީ އިތުރު އުފާވެރި ކަމެކެވެ. އަދި މިފަހަރު ޗުއްޓީއަށް އެރަށަށް ދިޔަ މީހުންނަށް މި އޮތީ ނަސީބު ލިބިފައެެވެ.

https://www.facebook.com/435682026958789/posts/594396631087327/

އާއްމުކޮށް އެރަށަށް ބިއްސާވެލި ލުމުން ގިނަބަޔަކު އާއިލާއާއެކު ގޮސް އެތަނަށް އެރި ހަދައެވެ. އަދި ފޮޓޯ ނަގާ މީސް މީޑިއާގައި އެ ފޮޓޯތައް ހިއްސާ ކުރެެއެވެ.

ފުވައްމުލަކަށް ބިއްސާވެއްޔެއް ލާފައި - ފޮޓޯ: ޑރ އަބްދުލް ރަޝީދު އަބްދުﷲ

މިއީ ހަމަ ސްވިމިންގ ޕޫލަކަށް އެރުން ކަހަލަ ކަމެކެވެ. އެ ރަށު މީހުން ސިފަ ކުރަނީވެސް އެއީ މުދޫލޮނުގެ ސްވިމިންގ ޕޫލެއްގެ ގޮތުގައި ކަމަށެވެ. އެއްވެސް ރާޅެއް ބިންދާ ނުލާނެ އެ ސްވިމިންގ ޕޫލަށް ކުޑަކުދިންނާއި، ބޮޑެތި މީހުން އެރިލައި މަޖާކޮށް ހަދައެވެ.