ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ގޮސް ހުއްޓާ ނިޔާވި ކަމަށް ބުނާ މީހާ އޮތީ ކޯމާއެއްގައި ކަމަށް ދިވެހި ރާއްޖޭގެ ހައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.

ހައްޖު މިޝަން އިން ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ މީހަކު މިނާގެ ޓެންޓެއްގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގެ ކޯމާއެއްގައި، ލައިފް ސަޕޯޓުގައި ފަރުވާދެމުން ދާކަމަށެވެ.

ސްޓްރޯކެއް ޖެހިގެން މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ / 38 އަހަރު އަށެވެ.

އެ މީހާ ނިޔާވެއްޖެކަމަށް ކުރިން ރިޕޯޓް ކުރެވުނުއިރު، އެ މީހާއެކު ހައްޖަށް ދިޔަ މީހަކު މީގެ ކުރިން ވަނީ އެ މީހާ ނިޔާވެއްޖެ ކަމަށް ބުނެފައެވެ.

ނޯޓް: ސީމާ މޫސާ ނިޔާވި ކަމަށް ކުރިން ރިޕޯޓް ކުރެވިފައިވާތީ ސީމާ މޫސާ އާއިލާގެ ފަރާތުންނާއި، ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަޅުގަނޑުމެން އެދެނީ ސީމާ މޫސާއަށް އަަވަސް ޝީފާއެއް ދެއްވުމެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބުދުއްﷲ

    އާމީން

    33
  2. ނިިނަން

    އާމީން

    19
  3. އައްޔަ

    އާމީން

  4. ޢާޝޯހު

    ސީމާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! ޢަލީ ޒާހިރަށާއި ތުއްތު ތުއްތު ކުދިންކޮޅަށް ކެތްތެރިކަން ދެއްވާށި. ޢާމީން.

    16