އައްޑޫ ސިޓީ ހިތަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރުގެ ވަގުތެއްގައި ހިތަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ތަކެތި ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިތަދޫގައި ހަދަމުންދާ އިމާރާތެއް ބަލައިފާސްކުރަނިކޮށް އެ އިމާރާތުގެ ތެރެއިން ކަަމަށެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ވައްކަން ކޮށްފައި ވަނީ ކޮން ފިހާރައަކުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިންނިމަނީ

    އެެއްޗަކަށް ތިރަށުމީހުންގެ އަރާނީ ހިޔަނި. މުޅި ރާއްޖޭގެވެސް އެންމެ ވަގުން ގިނަތަން

    1
    1
  2. ސަޓޯ

    ތިވާނީ ފަގީރު ވަގަކައް. ބަނޑުހައިވެގެން ވައްކަން ކުރީކަންނޭގެ!