ތަފާތު ކަންކަމާއި ގުޅިގެން ދައުލަތުން މިހާރު ބަދަލުދޭން ޖެހުމަކީ މުޅި ދައުލަތް ބަނގުރޫޓްވެ ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި ފައިސާކޮޅު މަދު ބަޔަކަށްދީ ހުސްކޮށްލަން ޖެހިދާނެ ފަދަ ބިރުވެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ދައުލަތް މެދުވެރިކޮށް ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ތާއިދުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އާޒިމް ދެއްކެވީ ތެދު ވާހަކަފުޅެއް ކަމަށް ވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ (ބަދަލުދޭން ޖެހުމަކީ) "މުޅި ދައުލަތް ބަނގުރޫޓްވެ ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި ފައިސާކޮޅު މަދު ބަޔަކަށްދީ ހުސްކޮށްލަން ޖެހިދާނެ ފަދަ ބިރުވެރިކަމެއް" ކަމަށެވެ.
ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ދައުލަތުން ވަނީ ގިނަ ކުންފުނިތަކަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި، ސަރުކާރު ގެންނަން މަސައްކަތް ކުރި ކުންފުނިތަކެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލްގެ ބިގް އަށް 70 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައި ވަނީ އެންމެ ފަސް މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ޖޫރިމަނާގެ ގޮތުގައެވެ. ވިލާ އަށް ސަރުކާރުން 130 މިލިއަން ރުފިޔާ ދައްކާފައި ވާއިރު އެމްޑީޕީ އާއި ގާތްގުޅުމެއް އޮންނަ ކަމަށް ބުނާ ދީބާޖާ އަށް ވެސް ބޮޑު ބަދަލެއް ދޭން ޖެހޭ މައްސަލައެއް މިހާރު އޮތީ މަޝްވަރާ ކޮށްގެން ހައްލު ކުރުމުގެ މަރުހަލާގައެވެ. ދީބާޖާ އަށް ދޭން ޖެހޭ ބަދަލު 348 މިލިއަން ރުފިޔާ އަށް އަރައެވެ.
ބަދަލުދޭން ޖެހޭ މައްސަލަތައް އިތުރުވަމުން އަންނާތީ އާއްމު ރައްޔިތުން ވެސް އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އާޒިމް ބުނި ނަމަވެސް މަމެން ޕިންކީންގެ ވެރިކަމުގައި ނޯންނާނެއޭ ދައުލަތުން އެއްވެސް ބަދަލެއް އެއްވެސް ވަގަކަށް ދީފައި އެކަމަކު ތަމެންގެ ވެރިކަމުގެ އިންފެންޓް ސްޓޭޖް އިން ފެށިގެން ކޮންމެ މަހަކު ކުރާ ކަމަކީ މިކަން ނޫންތޭ އަދި ވެރިމީހާގެ މެލޭ އެކައުންޓް ވެސް ބަރާ ކުރަނީ ބިލިއަނުން ޑޮލަރުން ނޫންތޭ މީ ކޮން ކަމެއްކުރާ ސަރުކާރެއް ތޭ ރައީސް އިބޫގެ ސަރުކާރަކީ ޑޯން ކޯލް މީ ޓު ޓާރން އަޕް...
މަވޯޓާއަށް ދަންނަވާލަންއޮތީ، މުޖުތަމަޢުގެ ޙާލަތު ވަޒަންކުރެވޭނީ، މުޖުތަމަޢުގައި އުޅޭ މީހުންނަށެވެ. ދައުލަތުގެ ދަރަނީގެ މިންވަރު އެނގޭނީ ދައުލަތުގެ ހިސާބު ކިތާބަށް ބެލުމުންނެވެ. 2008 ގައި އެމްޑިޕީގެ ވެރިކަމުގައި ކަން ހިނގާދިޔަގޮތް އެނގޭނީ، މިރާއްޖޭގެ އެންހައި ރައްޔިތުންނަށެވެ. މިހާރު މިއޮތީ އެމްޑީޕީގެ ވެރިކަމެއްނޫނެވެ. އޭގެމާނައަކީ، އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ކުފޫހަމަވާކަމަށް ބުނެ، އެމްޑީޕީގެ ފަރާތުން ތާއީދު ކޮށްފައިވަނީ، ކޯލިޝަންގެ މެންބަރެއްގެ ޙައިސިއްޔަތުންނެވެ. އޭގޭފަހުން، އެބޭފުޅުން ބޭނުންފުޅު ވެގެން އުޅޭކަމަކީ، ވެރިކަމެވެ. މިހާރު ތިޔަދައްކަވާ ވާހަކައަކީ، އިބްރާހީމް މުޙައްމަދު ޞާލިޙުގެ އައިބުތަކާއި އުނިސިފަތައް ނެރެ ހާމަކޮށް ދައުރުގެ މެދުތެރެއިން ވެރަކަން ބަދަލުކުރުމަށް ބާރުއަޅާ ޒާތުގެ ވާހަކައެވެ. ތިޔަބޭފުޅުން މިރާއްޖޭގެ ރައްޔިތުންނަށް
ހެޔޮއެދޭނަމަ، ތިޔަހުރިހާ ކަމެއް ސިކުންތު ކޮޅެއްގެ ތެރޭގައި ހުއްޓުވޭނެއެވެ.
ވެރިކަމަށް އައިއިރު ބައިތުލްމާލުގައި ހުރި ލާރިގަނޑު ފެނިފައި އެ ގެންޑާތައް ތިބީ ތަލިން ކުޅުހިކު، ދޫނުކުމެފައި. ކާނެ ވަރަކަށް ކައި ހުސްވިފަހުން ރޭކާލީ. ދެން ވަޔެއްލައިފައި ނިންމާލާ.
ބަދަލުދެނީވެސް ވަކިބަޔަކަށް ދައުލަތުގެ އިމާރާތެއްގެ ބައެއްވެއްޓި ނިކަމެތިމީހާގެ ވެހިކަލްތަކެއް ހަލާކުވުމުން ގާނޫނުތައްހުރިގޮތުން ބަދަލެއްދެވޭނެ ގޮތެއްނެތޯ. ޒިންމާނަގާނެފަރާތެއްނެތޯ.
ޝަރީފްއަކީ ވަރައްކޮރޮޕްޓްމީހެއް ވޯޓްހޯދަން މީހުންނައް ރިޝްވަތުދީގެން ހޮވިފައެހެރީ ދެންކޮން ބަދަލެކޭތަތިކިޔަނީ މިއަހަރުގެ ބަޖެޓްވެސް އެމްޑީޕީ މެމްބަރުންތައްބަނޑުއަޅާއެއޮތީހުސްވެފަ ބޮޑުރިޝްވަތުވަގު
ތިއެގުރިމެންތަށް އުވާލިބަޔަކުއަތުން ތިލާރިނަގާބަލަ
ރަށްޔިތުން ނުބުނެއެގުރިމެންޓުއުވާލާކަސެށް ކޮންފާާދަކަމެށްތޯ
ނުޖެހޭނެދޭކައް ކުރީގަވެރިކަން ކުރިމީހުންވެސްނުދޭ ކޮން
ސަރުކާރުމީހުނެށްތަ ތިޔަށްވުރެރަގަޅުވާނެ ހިމޭނުންތިިށްބަަ
ސް މާބޮޑަށް ޕާޓީވަނީ ތިއެގުރިމެންޓު އުވާލިމީހުންގެ
މުދާވިށްކާފަލާރާރިދީބަލަ އޭރުންމާރަގަޅުވާނެ
ރާވާގެންކުރާވަކަންހުށްޓާލާ.....
ކަލޯ ތިޔައީ ޖީ އެމް އާރު އޭޖީގެ ރޭވުން ކަޓްނަގަން
ކޮބާ އިނޑިޔާއަތުން ބަނޑުއެޅި ލާރިގަނޑު ހުސްވީދޯ ރައްޔިތުންނޭ ވިސްނަބަލަ މިހާރު އިންޑިޔާއޭ ކިޔާތަންއް އޮންނަކަންވެސް ނޭންގޭ މިގުންޑާއިން ނަށް މި ގުންޑާއިންނަށް ހީވިކަހަލަ އިންޑިޔާއިން މިމީހުން ބުނާހާވަރަކަށް ލާރި ދޭނޭ މޯދީބޭނުންވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ އައްޑޫގެ ބޮޑުބައެއްދަމައިގަންނަން އެކަން އިޔޮށްތީ ކޮށްފަ ކިނބޫ އިޔޮށތީ ބޮލަށް ފިތިފައޮތް ތާވަޅައެހެން ގުޑު ގުޑުލާލަ
ބަދަލުދެނީ އެމްޑީޕީ އަށް ތާއިދުކުރާފަރާތް ތަކަށް ނަހަމަގޮތުގައި ނަޝީދު ދީފާވާ ކޮންޓްރެކްޓް ތަކެއްބާތިލް ކުރުމުން. ކޮންޓްރެކްޓް ތައްބާތިލްލުރަން ޖެހުނީ އެމީހުން ކޮޓްރެކްޓް ތަކަށް ޢަމަލުނުކުރުމުން. މިހާރު ކޯޓްތަކަށް ނުފޫޒް ފޯރުވާ ދައުލަތުގެ ފައިސާކޮޅު ނަގަމުން ތިހެން ތިކިޔަނީ. ޖީއެމް އާރ އަށް ބަދަލުދީ ކޮންޓްރެލްޓް ބާތިލް ކުރުމުން ދައުލަތަށް 100 ގުނަ ފައިދާ 5 އަހަރުތެރޭވެސްވަނީ ވެފަ. ރައްޔަތުންނަށް އޮޅުވާލަން ތިވާހަކަދައްކަނީ. ރައްޔަތުންނަށް އެގޭ ބަދަލުދެނީ ކޮންބަޔަކަށް ކަމާ އެކަންކުރަނީ ސަރުކާރު ބޭނުންވެގެންކަން.
ޕާޓީމީހުން ނަށް ބ ަހާ ނިމުނީތާ؟؟؟
ވަހަކަ މިދައްކަނީ އެމްޑީޕީގެ އިސް މީހުންނާއި އެކްޓިވިސްޓުންނަށް ނާޖާއިޒް ގޮތުގައި ހަދިޔާ އަކަށް ނަޝީދުގެ ސަރުކާރުން ދިން ޕްރޮޖެކްޓް ތަކުގެ ސަބަބުން ދައުލަތަށް ލިބެމުންދާ ގެއްލުމުގެ ވާހަކައެވެ. ތިވާހަކަ ތިދައްކަނީ ޒިއްމާއިން ރެކި ރައީސް ސޯލިހުގެ ބޮލުގައި މިބަދުނާމު އަޅުވައިގެން ބޮޑުވަޒީރުކަން ކުރެވޭތޯ ސިޔާސީ ފައިދާ ނަގަން ނުންހެއްޔެވެ؟
ޕާޓީގެ އިސް މީހުން އެއީ މައުސޫމު ބޭފުޅުން ކަމުގައި ވިއަސް، ދޮން ބިލަތް ލައިގެން ދުފާ މީހުން ކަމުގައި ވިއަސް، ބިގު ބޮޑު ބިޔަ މީހުން ކަމުގައި ވިއަސް އެބޭފުޅުން ދީބާޖާ ކޮށްގެން ނަގަން ޖެހޭ ފައިދާއެއް ވަނީ ނަގައިފަ ނޫންތޯއެވެ؟ ދެން މިހާރު އިއްޒަތްތެރި ރައީސް ގެ އިއްޒަތް ހިމާޔަތްކުރަން އަދީބު ގެ ލިސްޓުގައި ނަން ހިމެނިގެންވާ ނަގޫފިތިފައި ތިބި މީހުން ފުޓް ސޯލްޖަރުންގެ ގޮތުގައި ނެރެގެން ރައްޔިތުންނަށް އޮޅުވާލަނީ ނޫންތޯއެވެ؟
"ހިތުން ބޮޑުވަޒީރުގެ" ފުޓް ސޯލްޖާރ، މަވޯޓާ ޝަރީފް މޮޅު ވާހަކަ ނުދައްކާ ނިކަން ބުނެދީބަލަ:- ސުޕުރީމް ކޯޓުގެ ބެންޗް 7 ކުން 5 ކަށް ބަދަލުކުރަން ހުށަހެޅީ ކިއްވެ ކޮން ސަބަބަކާއި ހުރެ ކޯޗެއް ލިބިގެން ކަމާއި، އަދި މިއަދު 5 ކުން 7 ކަށް ބަދަލުކުރަން ވޯޓު ދިނީ އެދުވަހު ދެްކި ވާހަކަތައް ހަނދާން ނެތިގެންތޯ ނުވަތަ ނިދާފައި އިނދެގެންތޯ؟ އަދި އަދީބު ލިސްޓުގައި ނަން ހިމެނުނީ ކީއްވޭތޯ؟؟؟؟؟؟ މިއަދު މަޖިލިސް އިމްތިޔާޒް ދުލިފަށުގެ ނިލުގައި ހުރެވިދާނެ. އެކަމަކު އެކަން އަބަދަކު ނޯންނާނެ. ބާތިލުގެ މައްޗަށް ހައްގު ފާޅުވާ ދުވަސް އަންނާނެ. ދޮގު މައްޗަށް ތެދު ފާޅުވާ ދުވަސް އަންނާނެ!
ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް ހަޤީޤަތް ދެނެއް ނުފޮރުވޭނެ!!!!!!
ޝަރީފު، މިއޮށް ސަރުކާރުން ބަދަލުތަކަށް ފައިސާނުދިނަސް ފައިސާނެތިގެން ނުހިންގިގެންނޫންތޯތިއުޅެނީ، ޔާމީނުގެ ފަސްއަރުގަ ކަލޭމެން (މޑޕ) ގެޖިއްސުމާއި ފުރައްސާރުގެ ގަދައޮއިވަރުގަ ފަތަފަތާތިބެގެން ކުރިތަރައްގީ އާއި ހޯދާފަ ޖަމައުކޮއްފަ ހުރި ފައިސާކޮޅު ކާލަ ކާލާ މަކުނު ގަހައް އަރާފަ އިންނަ ހެން ތިތިބީ ނޫންތޯ، މަގޭ ހިތައް އަރާ ލަދު ޙަޔާތަކީވެސް އޮންނަ އެއްޗެއްތޯ!
ތި ކުދިން ހޮވަން ލައްކަ ފާއިސާ އެއް ތަޅާ ބޭލިޔޭ،އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެތަކެއް މިލިއަނުން ތަޅައިގެންނޭ ހޮވުނީ،ސްޕޮންސަރުންނަށް ދައުލަތް އެކީ އެކައްޗަކަށް މަޅާފަ ނަމަވެސް ދޭން އެބަޖެހޭ،އަދި ބައެއް ޗާޗު ތަކަށް ވެސް އަނބުރާ ފާއިސާ ދައްކަން އެބަޖެހެޔޯ ކިޔާތީ އަޑުއަހަމު،އަދުތޯ މާދަން ވެއްޓޭނީ ނޭގިފަ މިތިބީ ،ރައްޔިތުން ކެކިއަރައިގަތީމާ ގަދަ ވައި ޖެހޭނެ،ހުޅަނގު ނަކަތަ ލައްވާނީ ކޮންއިރަކު ނޭގިފަ އެތިބީ އެހެންވެ އަވަހަށް ބައިއަޅަނީ