ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދުގެ ގަޔަށް ކުލަ ޖެހުމުން އޭނާ އެކަމާއި ނުރުހުން ފާޅުކުރުމާއި އެކު ކުރިމަތިވި ފާޑުކިޔުންތަކަށް މިއަދު ރައްދުދެއްވައިފިއެވެ.

ނަޝީދުގެ ގަޔަށް ކުލަ ޖެހުމުން އިއްޔެ އޭނާ ނުރުހުން ފާޅުކޮށްފައި ވާތީ ގިނަ ބަޔަކު ވަނީ "ގޭގައި އޮތްނަމަ ކުލައެއް ނުޖަހާނެ." ކަމަށް ބުނެ ނަޝީދަށް ފާޑުކިޔާފައެވެ.

އާއްމުންގެ ވާހަކަތަކަށް ނަޝީދު މިއަދު ރައްދު ދެއްވީ މިސްކިތައް ވަޑައިގެން ނެންގެވި ފޮޓޯއަކަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. ފާޑުކިޔާ ފަރާތްތަަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ "ގޭގައި އޮތްނަމަ މިސްކިތަކަށް ނާދެވޭނެ." ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން ވެސް އޭނާ އަށް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

އެކަކު ބުނީ މުޅި ރާއްޖެ އިން ވެސް އީދުގައި ކުލަ ކޮޅެއް އޮޅިގެން ވެސް ޖެހުނީ ހަމައެކަނި ނަޝީދު ގަޔަށް ކަމަށެވެ. "އީދު ނިމެންދެން ކަލޭ އުޅެންވީ ފަޅުރަށެއްގައި" ފާޑުކީ މީހަކު ބުންޏެވެ.

އެހެން މީހަކު ވަނީ އީދު ނޫނަސް ނަޝީދުގެ ގަޔަށް ކުލަ ޖެހުމަށް ޓްވިޓާގައި ގޮވާލާފައެވެ.

"މާތުއި ދައްކާނެ ކަމެއް ނެތް. އަދި މާ މިސްކިތައްދާ މީހަކަށް ވެގެން އެބަ އުޅެއެއްނު." އިތުރު މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ކުލަޖެހުމަކީ ހިންދޫ ދީނުގެ ކަމެއް ކަމަށް ވެސް ނަޝީދު އިއްޔެ ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭނާ ވަނީ ހިންދޫ އިންގެ އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަށް ތާއީދުކޮށް ދާދިފަހުން ވާހަކަދައްކާފައެވެ.

ކުލަ ޖެހި މައްސަލައިގައި ނަޝީދު ނުރުހުން ފާޅުކުރުމުން އޭނާ އަށް ތާއިދުކޮށް ވެސް ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. ޑޯންޓްޔޫ

  ތަމެން ދެން މާލޭގައި ކިއެއްކުރަންތޭ އުޅެނީ ތަމެން ދެން ރަށަށް ދޭބަލަ ރަށަށް ދޭބަލަ ގަބުޅި ކަތީބު ހެދެން ރަށަށް ދޭބަލަ ރަށަށް ދޭބަލަ ރަށަށް ދޭބަލަ ޑޯންޓް ބްލޭމް ދަ ކަލްޗަރ އޮފް ދިސް ކަންޓްރީ...

  11
  19
 2. ީޔތު5

  ނަޝީދުގެ ވާހަކަ ރަނގަޅު.
  އިންޑިޔާ ސީއީއޯ އެއް ރާއްޖޭގެ ކުންފުންޏަކާއި ހަވާލުވިފަހުން ދިވާލީ ރާއްޖޭގައި ބާއްވަން ފެއްޓީ.
  ފެންކުޅިޔަކީ ޒަމާނީ ކަމެއްނޫން. އަގުބޮޑު ފޯން، ބޫޓް އަދި އެހެނިހެން ސާމާނާއި އެކު ދަނިކޮށް ފެންޖެހުމުން އެތައް ގެއްލުމެއްވޭ.

  26
  5
 3. ޝާހް، ރ.ވާދޫ

  ކަލޯ ކަލޭގަޔަށް ކުލަޖެހީ ކަލޭ މިސްކިތުގަ އޮއްވާތަ؟ ނޫނީ މިސްކިތުން ފޭބިގަޑީގަތަ؟ ކޮންމެ ކަމެއްގަވެސް ދީން ތިނަގަނީ ގޮތްހުސްވީމަ ހަތިޔާރަކަށް!

  16
  15
 4. ލޮލް

  ސީދައިތަ ކަހަލަ "އާޗާ" ގޮލައެއްދޯ..؟!

  13
  9
 5. ރަގީބް

  ދޮންކަލޯ ކަލޭ ނޫނަސް މި ގައުމުގަ މަގާމް ލިބިގެން ތިބި ބަޔަކު އެބައުޅޭ. ކަލޭ ދެން ކޮން މަ ބޮޑޭއެއް ހެދިގެން އުޅޭކަށް. ކަލޭ ސްޓޭޓް މިޏިސްޓަރުކަން ކުރާނީ ސެކްޝަންގެ ނިކަމެތި ސިވިލް ސަރވަންޓުން ކައިރީގަ. އެއީ ކަލޭގެ އިމަކީ. އެއަށްވުރެ ބޭރު ވީމާ ކަލެއަކީ އެއްވެސް މީހެއްނޫން. ކަލޭ ދައްކާ ތުއި ބަލާކަށް އަހަރެމެން ނޫޅެން. ކަލޭ ނު ދިނަސް ފްލެޓްވެސް ލިބޭނެ.

  20
  10
 6. މޯދީ

  ނަމާދައްވަޑައިގައްނަވަނިކޮށް ކުލަޖެހުނީ ކަމަށްވެދާނެ. ކުލަޖެހުމުގާވެސް ހައްދެއް އޮށްނަންވާނެއެވެ. މިގޮތުން މަގުމަތިން ހިގާފަދާ ދޮށީއުމުރުގެމީހުންނާއި ފަތުރުވެރިންނާއި ބެހުމަކީ ކޮއްގެންވާނެ ކަމެއްނޫންއެވެ.

  26
  5
 7. ތީނަ މަގެއްމަތިން ފެނުނަސް ކުލަ ޖަހާނަށް އީދެއް ހޮނިހިރެއް ބަލާނެކަމެއްނެއް....?

  17
  14
  • ނޫސްކިޔާމީހާ

   ތިޔަ ފަދަ ކަންތައް ދިމާވަނީ ފެންނަ ކޮންމެ މީހެއްގެ ގަޔަށް ކުލަޔާއި ފެންޖަހާ އުޅޭތީ ކުލަ ޖަހާމީހުންވެސް ވިސްނަން ވާނެ މަގުމަތީ ހިނގާ އުޅޭކޮންމެ މީހަކީ އީދު ކުޅެން ނިކުމެ އުޅޭމީހެއް ނޫންކަން . އަސްލުގަ ނަޝީދަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއް

   9
   2
 8. މާލެ

  ކަލޭއިނދެބަލަ އިރުއަރާދިމާޔައް އެނބުރި ހިންދޫދީނައްވަދެ ޔޯގާހަދަން ހިންދޫދީނޭކިޔައިގެން ވާހަކަދައްކަން ކަލޭމާތާހިރެއްނޫން ކަލޭޔޯގާހަދަން އެކަމާ ފާޅުގަ ވަކާލާތުކުރީ

  19
  6
 9. ނުރަބޯ

  ލާދީނީ ސަރުކާރެއްގެ އިސް މީހަކަށްހުރެ ބުދުދީނުގެ މީހުން ކުރާކަމެއް އެހެންމީހުން އޭނާއަށް ކުރީމާ އެކަމާ ރުޅި އަންނާކަށް ނުޖެހޭ.

  8
  5
 10. ޥަޙީދުބެ

  މިސްކިތަށް ދާވާހަކަ ތިޔަގެނައީ އެހެންމީހުންނަށް މިސްކިތަށް ދާކަން ނުވަތަ ނަމާދުކުރާކަން އެންގުމަށް ބުނެވުނުބަހެއްބާ؟
  އެކި މުނާސަބަތާ ގުޅިގެން އުފާފާޅުކުރުމަށް ޢާންމުންކުރާ ކަންކަމަކީ ސަރުކާރުން ހުއްދަކޮށްފައިވާ ކަންކަމުގައިވާއިރު ސަރުކާރުގެ އިސްމަޤާމެއްގައިހުރެ ތިގޮތަށް ޢާންމުންނަށް ރައްދުދެންޏާ ޢާންމުންގެ ރައްދުވެސް ލިބޭނެ.

  8
  7
 11. ާސާކިރު

  މީ..ހާދަކިބުރުވެރި ބޮދާމީހެކޭ ތިކަހަލަމީހުން މިނިސްޓަރީތަކުގެ އިސްމަގާމުތަކައް ލާންހެޔޮނުވާނެ މީނާވީ ފެންނަތަނަކުން ގަޔައްކުލަޖަހަން...ތަންތާހުންނަ ނާގާބިލްމީހުން ވީމަދޯ؟؟؟؟

  10
  11
 12. އ. ޖ. އ

  އީދެއް ކަމަކުސް ހައްދެއް އޮންނަން ވާނެ.. ނޫނގުޅާށޭ ބުނެބުނެ ހުއްޓާ މީ އީދޭ ކިޔާފަ އުނގުޅާކަށް ނުޖެހޭ.. އިއްޔެވެސް ކުލަ އުނގުޅީ އިރުއޮއްސޭ ނަމާދަށް ދާން ތައްޔާރު ވެގެން ހުއްޓާ

  19
  3
 13. ބޮޑުދުފާ

  މީހާދަ ފުއްޕާގެންއުޅޭ މުންޑުގަނޑެކޭދޯ؟ ކަލެއަށްތިއޮތީ މިނިސްޓަރުކަމެއްލިބިފާ. ދެންތެޅިބާލާ.

  8
  13
 14. ނޫސްކިޔާމީހާ

  މިއީ ހާދަފޮނި މީހެއް މަތީ މަޤާމެއް ލިބުނީމަ ބޮޑާބަސް ބުނާނެކަމެއްނެތް ތިއީ ވަގުތީ ކަމެއް

  9
  10
 15. އައްޓަމަސް

  ފާޑުކިޔާނެ ދިވެހިން، ކުލަޔަކީ ހިންދޫންގެ ސަގާފީ ދީނީކުޅިަވަރެއް! ދިވެހިންފާޑުކިޔާނެ މީހަކު ނަމާދުކުރިޔަސް، ދިވެހިންމީ މާމޮޅުބަޔެއް، ކުލަޖެހުންމަނާކުރަންޖެހޭ

  13
  2
 16. ހެއްވާ

  ނަޝީދަކީ ވަރަށް ބޮޑާ މީހެއް. މަ ރަނގަޅަށް ދަންނަމީހެއް އެއީ.

  9
  8
 17. މޯދީ

  އިންޑިޔާގެ ސަގާފަތް 5އަހަރުވަންދެން މެދުކެޑުމަށްފަހު އަބުރާ މިއޮތީ ހޯދާފަ!

  9
  4
 18. މަގޭ ޚިޔާލު

  ޢީދު އުފަލޭ ކިޔާފައި ތަނަކުން މީހަކު ފެންނައިރަށް އެމީހެއްގެ ގަޔަށް ބޮލަށް އެރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އިސްލާމްދީނުގައި އަންގަވާފައެއް ނޯވޭ ޢީދު އުފަލުގައި މީސްމީހުންގެ ގަޔަށް ފެނާއި ކުލަ ޖަހާކަށް. ދިވެހި އާދަކާދަޔާ ސަގާފަތަށް ވުރެ ބޮޑަށް އިސްލާމީ އަޚުލާޤިއްޔާތަށް އިސްކަންދޭންޖެހޭ.

  18
  2
 19. އަފީ

  ނަމާދު ކުރާކަން އެންމެނަށް އާންމު ކުރަނީ ދޯ!

  4
  5
 20. ސަލާން

  ތީ މަޖާ ކަމެއްކަން އިންގޭނީ ތި ކުލަޖެހި މީހުންގެ ތެރެއިން މީހަކު ތަނަކަށް ދާން ރެޑީ ވެގެން ހުއްޓާ ކުލަ ކޮތަޅަކުން ޖަހާލީމަ. ނޫނީ އެއިން މީހެއްގެ އަންބެތް ނޫނީ ދަރި އެއް ގަޔަށް ޖަހާލީމަ. އެއްވެސް މީހެއްގެ ނުރުހުމުގަ ކުލަޖަހާ އަދި އެނޫންވެސް ގޮތަކަށް އެމީހެއްގެ ގަަޔަށް ބޮލަށް އަރާ ހެދިގެން ނުވާނެ.... އީދެއް ސައްބީހެއް ހައްޖެއް ހުކުރެއް ކިޔާނެ ކަމެއް ނެތް އިނގިއްޖޭ.......................

  12
  1
 21. Anonymous

  ނުކެރުނުދޯ މަގޭ ކޮމެންޓް ޖަހާލާކަށް.

  3
  2
 22. އަހްމަދު

  އީދުގަފެންވެސްޖަހާނެ ކުލަވެސްޖަހާނެ ހަޖަމްކުރަންދަސްކުރަންވާނެ

  3
  2
 23. ޒަބަދު

  ބީތާ5 އަށް މިރާއްޖޭގައި ފެންކުޅިކުލެނީ މިހާރަކު ނޫން މިރާއްޖޭގަި ކަލޭ ދުނިޔެ އައުމުގެ ކިތަހމެ ގަރުނެއްގެ ކުރިނވެސް ފެކުޅިވެސް ކުލޭ އަދި ގަރުދިޔަ އާއި ރިހަވެސް ފިއްލެޔޮވެސް ޖަހާ ކަލޭއަށް ތި އުޅެނީ މޯބައިލް ޒަމާން ފެނިގެން އެކަހަލަމޭމީހުން ގަޔަށް ކުލަވެސް އަދި އަދި އަތުޖެހުނު އެއްޗެއް ޖަހަންވީ މާފެންވަރު މަތިވެގެން އެއުޅެނީ ގޭގައި ތަޅުލައިގެން އޮވޭ،!!!!

  3
  6
  • ދޮންސޭޓް

   އަންޒަމާނުންސުރެ ކުރަމުން އަންނަ ބައިވަރު ގޯސްކަންކަން މި ރާއްޖޭގައި އެބަހުރި، މިއީ ތިޔަބުނާ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނަމަ "މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާއެވެ" އޮތް ނަބަވީ އިރުޝާދަށް ފުރަގަހެއް ނުދޭނެ.. .

 24. ޝޮޓްގަން

  އަބަދުވެސް ތިޔައޮންނަވަނީ މިސްކިތުގައި ދެއްތޮ ނުފައިބާ؟

  3
  4
 25. އަބްދުﷲ

  އުރީދީ ކަލަރަން މީ ބާއްވަންޖެހޭ އެއްޗެއްނޫން.

  4
  1
 26. Anonymous

  ރަށުގައޮވެބަލަ ... ވައިޖަހައިގެން މަގާމު ހޯދައިގެން... ވަގުތީކަމެއްތީކަލޯ.... ދެންއޮންނަންޖެހޭނީ ގޮސް ހޮޅުއަށީގަ

 27. އަޙްމަދް

  މުސްލިމުން މިއަދު ދީނުގެ ޢިލްމަށް ޖާހިލު ވެފައި ވާލެއްބޮޑުކަމުން ޢިދުގެ މަތިވެރި ދުވަސްތަކުގައި ޢަމަލުތަށް ބަހަށްޓަން ނޭންގުމުގެ ނތީޖާއަކީ ފިތުނަ ފަސާދައުފެދި ދީނާ އެއްވެސް ގުޅުމެއް ނެތް ހިންދޫންގެ ސަގާފަތް “ކުލަޖެހުން” ދީނުގެނަމުގައި އާލާކޮށް ދިރުވެނީއެވެ.
  ހުރި ހިތާމައާއި ލަދުވެތި ކަމެއްގެ ބޮޑުކަމާއޭ!!!!

 28. ހުސޭނުބޭ

  ބޮލުރޮދި ކެނޑިފައި ހުރި މަޑިއަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދިނީމާ ވާނީ ތިހެން!

  2
  1
 29. ހާމިދު ޝާހިދު

  މއީ މަގުފުރެދި ގެއްލިފައިވާ މީހެއް. އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުވަފެނުންވެސް ނުދެކޭ ވަރުގެ މަގާމެއް ލިބުމުން މަގާމު ދިފާއު ކުރުމަށް އަންނިއަށާއި، އަންނިގެ ލާދީނީ ފިކުރުތަކަށް އަދި އިބޫ ސޯލިހަށް ސަނާކިޔަމުންދިޔަ، ޝެއިހް މުހައްމަދު ނަޝީދު ވަނީ ޔޯގާ އަކީވެސް އެންމެ ރަނގަޅު އެއްޗެއްކަމަށް ބުނެ ޓުއީޓް ކޮށްފައި. އެކަމަކު އަގީދާ ބަލިކަށި ނުވާކަމަށް ދައްކަން އޭނާ މަސައްކަތް ކޮށްފައިވޭ. އެހެންވީރު، އީދު ދުވަހު ކުލަކޮޅެއް ޖަހާލުމަކުން ވަކި ކޮން އަގީދާއެއްބާ ގެއްލިގެން ބަލި ކަށިވެގެން ދާނީ...! މިއީ، މީހުން އުފައްދާ ސުވާލުތައް. ބޭކާރު ނަޝީދު އެއް. ހައުސިންގ މިނިސްޓްރީއާއި، މި ސަރުކާރުގެ އެހެން ވުޒާރާތައް ނުގިނގައިގެން އެ އުޅެނީ ކޯލީޝަންތެރެއިންވެސް ކަމަށް ނާގާބިލު މީހުންނަށް މަގާމުތައް ދިނީމަ...!

  1
  1
 30. 1111

  އީދަކީ ތިމާ ހިތައް އެރި ވައްތަރަކަށް އުޅެން ހުއްދަ ލިބޭ ދުވަހެއް ނޫނޭ ހޭނާރަ ޒުވަނުންނޭ! އެހެންނާވެސް ދީނުގައި އޮްންނަ ހަމަ ތަކާއި އުސޫލުތައްް ހަމަ އޮންނާނެއޭ! އިންްްްސާނީ ކަރާމާތް އޮންނާނެއޭ! އީދަކީ ވަލު ޖަނަވާރުންްގެ ހަމަޔާއި އުސޫލު ތަންފީޒުކުރަން އަންނަ ދުވަހެއް ހެން ހީވަނީ ގިނަ މީހުނގެ ވާހަކަތަކުން. އަޅެފަހެ ތި އުފާކުރާ އީދަކީ ކޮންފަރަތަކުން ޝަރުއު ކުރެއް ކަމެއް! އެފަރާތުން އީދު ޝަރުއު ކުރެއްވި ބޭނުމާއި މަޤުސަދާ އެއްގޮތަށް ތިކަން ކުރެވުނީމަ ނޫންތަ ތާހިރުވާނީ! މިމީހުންނަށްވުރެ ކުރީގެ އުނމަތްްތަކުގެ މީހުނަށް ނާންނަ އީދެއް ވިއްޔާ މިމީހުންނަށް އައިސްގެން މިއުޅެނީ. މީހުންގެ ގަޔަށްް ބޮލަށް އަރާކަށް ނުޖެހެޔޭ! ޖާހިލުކަމުން ގޮސްވެސ ހައްްދުފަހަނައަޅާ..

  3
  1
 31. ރީދޫހުމުގެ ގޮތްގަޑު ތީ

  ސްޓޭޓްމިނިސްޓަ ރަ ކަށް ވީމަދޯ ތިހާހިތްމަތީ
  ކީއްވެ ބޮޑީގާޑުންގެ ޓީމެއް ކާރީގައި ނުބެހެއްޓީ އަބަދުވެސް ދާކޮއްމެތަނަކަށް ގެންދޭ

 32. ްގަބުޅި

  މިޔަށް ކިޔަނީ ގަބުޅި ކަތީބުންނޭ. ރުއް އަރަން އުޅެނިކޮށް ކުޑަކަތީބުކަން ލިބޭނީ، ރައްޔިތުން ގެންގުޅެން ނޭނގުނީމަ، ކަތީބުކަން ނަގައި އެހެން މީހަކަށް ދޭން ރަދުން، އެންގީމަ އަނެއްކާވެސް އުޅޭނީ ރުއް އަރަން.

 33. Anonymous

  އީދައި ގުޅުވަނީކީއެއްނޫ މިއީ މިސަރުކާރުގެ މަތީމަގާމު ލިބުނީމަ މީހާރު ސައިޒު އޮޅިފަހުރީ މިހާރު އެނާއައް އެނާގެ ދާއިރާ މިހުންނާއި އަތޮޅުމީހުންވެސް ނޭގޭ ރަށްޓެހިންނާއި ރަހުމައިތެރިންވެސް ނޭގޭ އެނަހީކުރަނީ އެނާގެ އުމުރު ދުވަހަށް އެމަގާމުގައި ދެމިހުރެވޭނެ ކަމަށް؟

 34. ÷

  ތިވަރު މީހަކު ނެތޮ މީހުނޮ ކުލަޖަހާކަށޮ

 35. ފުކެއްބޮޑު

  ގޭތެރޭ ތިބެގެން ކުލަ ޖެހިނަމަ އާންމުންނަކަށް އުދަނގުލެއްނުވީހެއްނު. އީދޭ ކިޔާފަވެސް ނުކުރާކަށް ނުބައިކަމެއްނެތް. އަންހެންފިރިހެން މައްސުނިވެ ކުލަޖަހާ، ބަރަހަނާ ހާލު ނަށާ ނުކުރާކަށް ކަމެއްނެތް. މިއީތަ ހަމައެކަނި ދުވަހަކީ. ވިސްނަބަލަ. އަދި އަންނަން ދުވަހެއް އެބައޮތޭ.. އުޅެންވާގޮތް ނޭންގެންޏާ ޤުރުއާނާ ސުންންތަށް ބަލާބަލަ