ކ.ދިއްފުށީ ފަރަށް ރޭ ފަތިހު ސަފާރީއެއް އުރިއްޖެ އެވެ.
އެމްއެންޑީއެފްއިން މިއަދު ހެނދުނު ވިދާޅުވީ "މުނާ ޔޮޓް" ނަމަކަށް ކިޔާ އެ ސަފާރީ ދިއްފުށީ އިރުމަތީ ފަރާތުގެ ފަރަށް އުރުނީ ފަތިހު 5:30 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ސަފާރީގައި ހަތަރު ދިވެހިންނާއި އެއް ބިދޭސީއަކު ހުރި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
ސަފާރީ އުރުނު ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އެ ސަފާރީ ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑް ސިފައިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ފާއިތުވި ހަތަރު ވަރަަށް ދުވަހު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑު ގަދައެވެ. ބައެއް ސަރަހައްދުތަކަށް 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ރީނދޫ އިންޒާރު ވެސް ދީފައެވެ.
ކަނޑު، ގިރި ފަޅު ނޭގޭ މާލިމީން ތިބެންޏާ ސުޕާރީ އުރޭނެ