ސްނޯކްލިންއަށް ދިޔަ ދެމަފިރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އއ.މޫފުށިން ސްނޯކްލިން އަށް ދިޔަ ދެމަފިރިއެއްގެ ޚަބަރެއް ނުވެގެން މާލޭ އޭރިއާ ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 11:19 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ދެފަތުރުވެރިން ސްނޯކްލިންއަށް ދިޔައީ މޫފުށީ ފަޅުތެރެއަށެވެ.
މޫފުއްޓަކީ ކޮންސްޓަންސް މޫފުށި މޯލްޑިވްސްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓެކެވެ. އެއީ ފަސްތަރީގެ ރިސޯޓެކެވެ.
އއ މާފުށިއަކީ ކޮބާ؟
ކަޅޭ ރަނގަޅަށް ކިޔާޅަބަޅަ. މާފުށިތޯ މޫފުށިތޯ ޅިޔެފަ އޮތީ......ޅޮޅް
ހަބަރު ރަނގަޅަށް ކިޔާބަލަ، ފަތުރުވެރިންނޭ ދޯ ލިޔެފަ އެއޮތީ.
ދިވެހި ދެމަފިރިންތަ؟
ވަރަށް ކަޑަ ރިސޯޓެއްތީ. ފާހާނަ ކުރާން ވިޔަސް 48ގަޑި އިރުކުރިން ޖެހޭނެ އެޗްއާރ އޮފީހައް އަންގާން. ކޮންމެ ކަމެއް ކުރިޔަސް. އއ ނިމޭ ކޮޅު، އދ އާ ވީ ކޮޅު އިންނާނީ މޫފުށި. ނޭގޭ މީހުން ގޫގަލް މެޕް ބަލާބަ
އެކަމަކު 5 ތަރި އޯ....
ދެން ފަސް ތަރި ވިޔަސް ނުވަ ތަރި ވިޔަސް މިއޮއް ގަދަައިގަ ސްނޯކްލިން އެލަވް ކުރުން ކަޑަ ދޯ.؟ ހިތާމަ ހުރި ކަމެއް މީ.!
ގެސްޓުން ގެސަލާމަތާއި ރައްކާތެރިކަމައް ރިސޯޓް ތަކުން ފިޔަވަޅު އަޅަން ޖެހޭ . އިހުމާލް .އިހުމާލް