އީދާއި ދިމާކޮށް ދ.ކުޑަހުވަދޫ ކައުންސިލުން އެރަށުގައި ހުޅުވި ބީޗަށް އެތަށް ބަައެއް ތައުރީފާއި ސަމާލުކަން ލިބިއްޖެއެވެ.

ހިތްގައިމު ގޮތަކަށް ތަރައްގީ ކޮށްފަައިވާ މި ބީޗްގައި މޫދަށް އެރޭ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޫދަށް އެރުމަށް ފަހު ފެންވަރަން ފެން އިސްކުރުތަކެއް ވެސް ވަނީ ގާއިމު ކޮށްފައެވެ. އަދި މި ބީޗްގައި ވަނީ ބާބަކިއު ހެދޭނެ އިންތިޒާމް ވެސް ގާއިމް ކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ މި ބީޗަކީ ކައުންސިލްގެ އިސްނެގުމެއް ކަމަށާއި ބީޗް ހުޅުވީ އީދު ދުވަހު ކަމަށެވެ.

"މިއީ ސިދާ ކައުންސިލްގެ އިސްނެގުމުގެ މަތިން ތަރައްގީ ކުރި ސަރަހައްދެއް, ބީޗް ތަރައްގީ ކުރަން ދެމަސް ދުވަސް ވަރު ނެގި" ޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ބީޗް ތަރައްގީ ކުރުމުގެ މަގުސަދަކީ މިދިޔަ އަހަރުތަކުގެ ތެރޭގައި ކުޑަ ހުވަދޫގައި މޫދަށް އެރޭނެ ސާފު ސަރަހައްދެއް ނެތުމާއި މި ކަމަށް ގިނަ ބައެއްގެ އިތުރުން ހާއްސަ ކޮށް ކުޑަ ހުވަދޫގެ އެކި މުއަސަސާތަކުގެ އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ.

" ކުޑަހުވަދޫގެ ކުނި މެނޭޖް ކުރުމުގެ ޕްލޭންގެ ދަށުން ސާފް ކުރުމުގެ ޕްގުރާމެއް ކުރިއަށް ގެންދިޔަ މި ޕްރުގުރާމުގެ ސަބަބުން ބީޗް ވަރަށް ބޮޑަށް ސާފުވެގެން ވެސް ދިޔަ" ޝާމް ފާހަގަ ކުރެއްވިއެވެ.

ޝާމް އިތުރަށް ވިދާޅުވީ ހިތް ގައިމު ބީޗެއް ތަރައްގީ ކުރެވުމުން ރައްޔިތުންގެ ފަރާތުން ލިބިގެން ފިޔައީ ރަގަޅު ޕީޑްބެކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކިޔުންތެރިޔާ

    މީ ބަޔަކު ތައުރީފްކުރާވަރުގެ ބީޗްއެއް ނޫން، ވެދާނެ ނޫސްވެރިޔާއަށް އަދި ބީޗް ހަދާފަ ހުރިތަންތަން ނުފެންނަނީ ކަމަށް ނޫނީ ވެދާނެ ކައުންސިލްއިން ލާރިދީގެން ކައުންސިލް ޕްރޮމޯޓް ކުރުމަށް ލިޔެފައިން ޚަބަރެއްކަމަށްވެސް.

    32
    13
    • ކިޔުންތެރިޔާގެ މަންމަ

      ބުރޯ ކަޑަ ނުވެބެ ?

  2. އިބްރާހިމް

    ވަރައްހިތްގައިމު ވަރައް އުފާވި މިކަން ކައުންސިލުން ކޮށްދިނީތީވެ

    16
    21
  3. ރަންރީދޫ

    މާބޮޑަށް ސިޔާސީ ނުވާނަމަ ކުރާކަންކަން ރަނގަޅުވާނެ. ވަރަށްވެސް ބަރާބަރުކަމެއް. އަދި ހަޓުތަކުގަ ފަންލީނަމަ ނުވަތަ ފަނުގެކުލަ ލީނަމަ މާބޮޑަށް ފުރިހަމަވީސް

    24
    2
  4. ފާރޫޤް

    ކްރެޑިޓް އިބޫ އަށް ބާ ނޫނީ ޔާމީނާށް ބާ

    2
    13
    • އަލީ

      އަބަދުވެސް ކްރެޑިޓް ދޭންވާނީ ވައްކަން ކުރާމީހާއަށް

      1
      5
  5. ކުޑަހުވަދޫގެ ތަރައްޤީއަށް ފެންބޮވާގެންފައިވާ ދަރިއެއް ...

    މިއީ ސަރުކާރުން ލޯލާރިއެއްވެސް ހަރަދުނުކޮށް އެކި މުއައްސަސާތަކުން ސަލާންޖަހައިގެން ހަދާފައި ހުރިތަނެއް،އެކަކު އަތުން ފައިބަރުކޮޅެއް އަނެއް ތަނަކުން މިސާލަކައް މުޅި ދާލު އެއާޕޯރޓް އެއްކޮއް ކަޅާކޮއްލައިގެން ތިވަރުތިވީ، ތީކީ ޝާމުގެ މޮޅުކަމުން ކުރެވުނު ކަމެއްނޫން، މޮޅިއްޔާ ކިނބޫ ވައުދުވިގޮތަށް އެއާޕޯރޓް އިންޓަނޭޝަނަލްކޮށް އިންޓަނޭޝަނަލް ސީޕޯޓެއް ހަދާބަލަ، ކަލޭމެންނަށް ވާނީ ތިކަހަލަ ލަޓޯފަޓޯކަންކަން ތަނެއްގަ ހުރި ވަޅެއް ދިޔަހިއްކާލެވިދާނެ ވައުދު ފުއްދަންށޭ ކިޔާފަ، ނޭފަތުކުރިއާ ހަމައަށް ވިސްނުން ހުންނަ ބަޔަކައް އާރުލާރަނގަޅު ކަމެއް ކުރެވިދަނެ ކަމަކަށް ރައްޔިތުންނަށް ޤަބޫލެއް ނުކުރެވޭ، ނުވަންޔާ ވާ ބަޔަކާ ހަވާލުކޮއްފަ މިތަނުން ފެއްސިގަނޭ ...

    26
    1
    • ޢާޝޯހު

      ކުރިންތިބި ކައުންސިލަރުންނަށް ތިވަރުވެސް ނުވި. ކުރިކަމަކީ ހުސް އަނގަ.

      10
      9
    • 7 ރަނދު

      ހަޖަމް... ކުރީގެ ކައުންސިލައްނުވި ތިވަރުވެސް... ދިން އެހީއެއްވެސް ދިނީ ޝާމް މެންގެ ހިތްވަރުން .. ހަޖަމް ނުވިޔަސް އެއޮތީ މިސަރުކާރުން ބީޗް ހަދާފަ.. ޔާގުންޑާގެ ސަރުކާރުނަ އެއްނުން .. ޕަކާސް

      3
      9
  6. Anonymous

    ތީ ހާދަވަރެއްގެ މީހެކޭ....ކުޑަހުވަދޫ ތަރައްގީވާތީ ހަޖަމު ނުކުރެވިގެން ދޯ ތިއުޅެނީ...ބަލަންހުރޭ އިތުރު ތަރައްގީ

    5
    9
  7. ކައުންސިލް.

    ބީޗް 2 މަސްތެރޭސާފުކުރުމާއި ފެންވަރާތަނެއްހެދުނީމަ މަސައްކަތް ލަސް. ކުޑަހުވަދުއަކީ ރީތިފަޅެއްއޮންނަރަށެއް. ޓްއަރިޒަމް އަށް މި ބީޗުން ފައިދާކުރާނެ. މި ޚަބަރައްބަލާއިރު ތަކުރާރުކޮށް ކައުންސިލްގެ އިސްނެގުމަށް ކުރެވުނު މަސައްކަތެއްކަމަށް ލިޔެވިފަވާގޮތުން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށިއްޖެކަމަށް ބެލެވޭ. ގޮޑުދޮށް ސާފުކޮށްފަ ފެންވަރާތަނާ ބާބަކިޔު ހެދޭގޮތަށް ތައްޔާރުކުރީމަ އެެއީބީޗެއްހެދުމެއްނޫން. ހިއްއުފާކޮށް މޫދައްއެރޭނެ ސަރަހައްދެއް ޚާއްސަކުރެވުނީ.

  8. އޮރެންޖު

    ހާހާ... ކައުންސިލް އިންތިޚާބު އަށް ޖަހާލި މަޅިއެއް ސަޅި...ވޭތުވެދިޔަ ދުވަސް ތަކުގަ ކުރީ ސަރުކާރަށް ޖެއްސުންކޮށް ނުވިތާކަށް ކައުންސިލްގަ ހުރި ފަސް މިލިޔަން ކަޅާކޮށް މީހުން އަތުން ސަލާމް ޖަހައިގެން ހެދިތަނުން ފަޚުރުވެރިއެއް ނުވޭ. ވަރަށް ވާހަކަ......

    9
    1
  9. ކުޑަހުވަދޫ މީހުން

    ތީތި ކަޑަ. ޜަައްޔަތުންގެ ލާރިން ހަރަދު ކޮށްފަ ÷ޕާޓީ ކުލަ . ޢެމް ޑީ ޕީ މީހުން ކުރިން ބުނަމުނަ ދިޔައީ މިކަހަލަކަން ކަން ނުކުރެވޭނޭ .އެމީންނާ ޖެހުނީމަ މިހުރިހާ ކަމެއްވެސް ހަމަ ބަރާބަރު .ޕާޓީ ޕުރޮމޯޓުކުރަން ރައްޔަތުންގެ ފައިސާ

    9
    1
  10. މިއަދު

    ބަޔަކު ސިޔާސީވާނީ ތިވަރަށް މުޅިތަނުން ފެންނަނީ ރީންދޫކުލަ އެއީދޯ ސިޔާސީވުމަކީ

    5
    2