ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އއ. ރަސްދޫ އަށް ވަރަށް ގަދަޔަށް އުދަ އަރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވަނީ ރަސްދޫއަށް މިހާރު ވަރަށް ބޮޑަށް އުދަ އަރަމުންދާތީ، ލޮނުގަނޑު ހިންދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށެވެ.

"ވަގުތު" އަށް މަައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް ވިދާޅުވީ މިއަދު ހެދުނުން ފަށަައިގެން އެރަށު ބަދަރާއި ވީ ދިމާލުން ވަރަށް އުސްކޮށް އުދަ އަރަމުންދާ ކަމަށާއި މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް ލޮނުގަނޑު ފޯރާފައިވާ ކަމަށެވެ.

"ފުލުހުންނާއި އާންމު ރައްޔިތުންނާއި ގުޅިގެން މިދަނީ ވެލިބަސްތާ ޖެހުމުގެ މައްސަކަތް ކުރަމުން , ގޭގެއަށާއި ގަސްތަކަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވޭ " އޭނާ ވިދާޅުވިއެވެ.

އުދައިގެ ސަބަބުން ރައްކާތެރިވުމަށް އެންމެ އެދެވޭ ފިޔަވަޅު އެޅުއްވުމަށާއި ގޭގެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ޖަހުމަށްވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ތަފްސީލު އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްކިންޓޯޓޯސޮނިފުހޭ

    ކަލަކު ވޮޑިގެން ވޭ.

    28
    1
  2. ސޮނިފުހޭ

    އުފާ ކުރުމުގަ ކަލާންގެ ނަންފުލު މަތިވެރިކު ރާށޭ

    25
    1
  3. ހުސޭނުބޭ

    ރަށު ތަރައްޤީއަށް ކައުންސިލްތަކުން މަސައްކަތްކުރާ ޒަމާނެއްގައި އުދައަރާ ރަށްރަށުގެ ގޮނޑުދޮށުގައި 2 ނޫނީ 3 ފޫޓް ހުސްމިނުގައި ދިގު ފާރެއް ރޭނިއްޔާ ކިހިނެއްވާނެ! ޚިޔާލެއް މިއީ!

    14
    2
  4. ީޔތު5

    ވެލިބަސްތާ ޖައްސަން ވެލުނަގަން ޖެހެނީ ބީޗުން.
    ދެންވާނީ ކިހިނެއް

    17
    3
  5. ބަކުރު

    އުޅެވޭ ވަޢްތަރެއް ނޭންގޭވިއްޔާ

    32
    2