އއ.ކޮންސްޓަންސް މޫފުށި މޯލްޑިވްސްގެ ފަޅު ތެރެއަށް ސްނޯކްލިންއަށް ގޮސް ތިއްބާ ގެއްލުނު ދެމަފިރިން ފެނިއްޖެއެވެ.

މި ދެމަފިރިން ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:19 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެމަފިރިން ފެނިފައިވާކަމަށް ރިސޯޓް މެނޭޖްމެންޓުން ކޯސްޓްގަޑަށް އަންގާފައިވާކަމަށެވެ. އަދި ދެމަފިރިންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޖަރުމަން ވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިއެކެވެ. މި ދެމަފިރިން މިހާރު ތިބީ ރިސޯޓުގައި ކަމަށް އެމްްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ކަނޑު ދަތުރުކުރައްވާ ފަަރާތްތަކަށާއި، މޫދަށް އެރި އުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނޑުކޮސް

    ދެންވެސް މީހުން އަތުން ލާރި އަތުލައިގެން ގެންނަންޏާ އެމީހުން އޮޔާ ނުދާނެ ގޮތް ހަދަން ވެއްޖެއެއްނު؟

    11
  2. އަޅުގަނޑު

    އަލްހަމްދު ލިﷲ

    6
    1
  3. އަހްމަދު

    އެމީހުން ގެއްލުނީކީނޫން. އެދެމީހުން ތިބީ ކޮޓަރީގައި . މޫދުން އަރައިގެން ދިޔަކަން ގާޑުމީހާއަށް ނޭގުނީ.