ދުނިޔޭގެ ޖައްވީ އިދާރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މިރޭ ރާއްޖެ މަތިން ވަރަށް ފުރިހަމަ ކޮށް ހަމަލޮލަށް ފެންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ވެބްސައިޓުގައި ބުނެފިއެެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކޮންމެ 92 މިނެޓަކުން ދުނިޔެ ވަށާ ބުރެއް ޖަހާ އިރު ރާއްޖެ މަތިން ސާފުކޮށް ހަމަ ލޮލަށް ފެންނަނީ ވަރަށް މަދު ފަހަރަކުއެެވެ.

އެހެން ނަމަވެސް ގަޑިއަކު 27,600 ކިލޯމީޑަރު ބާރު މިނުގައި ދަތުރު ކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ބަލާލަން ބޭނުންވާ ބަޔަކަށް މިރެއަކީ ރަނުގެ ފުރުސަތެކެވެ. އުޑުމަތި ސާފުކޮށް ވިލާ ނެތް ނަމަ މިރޭ 7:33 ގައި ޖައްވީ ސްޓޭޝަން އިންޑިއާ ކަނޑު ހުރަސްކޮށް ރާއްޖެ މަތިން ދާއިރު ހަމަ ލޮލަށް ފެންނާނެއެވެ.

1998 ވަނަ އަހަރު ޖައްވަށް ފޮނުވާލި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދުނިޔެ ވަށާ ބުރު ޖަހާތާ 20 އަހަރު ވެއްޖެއެވެ. މިހާތަނަށް މުޅި ޖުމުލަ 116,178 ބުރު ދުނިޔެ ވަށާ ވަނީ ޖަހާފައެވެ.

އެސްޓްރޮނޯޓުން ޖައްވުގައި ދިރިއުޅޭ ސްޓޭޝަނަކީ ޓެކްނޮލޮޖީ ހުރިހާ ހިދުމަތެއް ލިބޭނެ ތަނެކެވެ. ވައިބާ، ފޭސްބުކް، އަދި ޓެކްސްޓް މެސެޖާއި ފޯނުން ކުރުމުގެ ފުރުސަތު އޮވެ އެވެ.

މި ވަގުތު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން 6 ފަޅުވެރިއަކު އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރަމަގާލި

    ކާކު ބަލާނީ؟ ވިއްސާރަ ނޫނަސް ނުބަލާނެ.

    1
    3
  2. ޖިންނި ތަރި

    ޖިންނީން ނޫޅެޔޭ އެއްނޫން. ޖިންނީންނަކީ އުޅޭ އެއްޗެއް. އެކަމަކު ރާއްޖޭގެ ގިނަމީހުންނަށް ސެޓެލައިޓެއް ފެނުނަސް ބުނޭނެ އެއީ ޖިންނި އެކޭ އެދިޔައީ.

    2
    1
  3. ދިވެހިން

    ދިވެހިންނަކަށް ސައެންސްވެރިންނަކީ އަދި އަމުދުން ނާސާއަކީ އެއްވެސް ބައެއް ނޫން.

    3
    3