ގދ. ތިނަދޫ އާއި އެއްފަސްކޮށް ގުޅުވާފައިވާ މާހުއްޓާގެ ކުޅީގައި ތިމާވެއްޓާއި ރައްޓެހި ޕާކް (ނޭޗަރ ޕާކް) އެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

ތިނަދޫ މާހުއްޓާ ސަރަޙައްދުގައި އޮންނަ ކުޅިއާއި ގުޅިފައިވާ ބިން ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ނޭޗަރ ޕާރކެއް ތަރައްގީ ކުރުމުގެ މަސައްކަތް ޑިޒައިންކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިނަދޫ ކައުންސިލުން އިއުލާނުވެސް ކުރިއެވެ. އަދި އެ އިއުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

ކައުންސިލުން އެ ކުޅީގައި ޕާކެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާހުއްޓާގެ ކުޅި ހިމެނޭ ބިމުގެ ސަރަހައްދުން 86000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައެވެ.

މީގެ ކުރިންވެސް އެ ކުޅި ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީ ކައުންސިލުން މަސައްކަތް ކުރިއެވެ. ނަމަވެސް ބަޖެޓު ނެތުމުގެ ސަބަބުން އެކަން ނުކުރެވި އޮތީ ކަމަށް އެކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ގަމާރުން

  ކައުންސިލަރުންގެ ދައުރު ހަމަވާތީ ބަޖެޓުގައި ބަކީ ހުރި ފައިސާކޮޅު ދަވާލާނެ މޮޅުގޮތެއް ހޯދަނީ. ކޮންމެވެސް ނުބައި ނިޔަތެއް ތިކަމުގެ އަޑީގައިވާނެ. ތިބުނާ ކުޅިޔާ އިންވެގެންއޮތީ ކުނިގޮނޑު އަނެއްފަރާތުން އިންވެގެންއޮތީ ނަޖިސްހިންދާ ސްޓޭޝަން. ދުވާ ގުއިވަހުންނާއި އަރާދުމުން ކޮންބައެއް އެތަނަށް ދާނީ. ކޮންމެވެސް ހަމަޖެހޭ ރަނގަޅު ކަމެއްކޮށްބަލަ. ތިތަން ހަދަން ހަވާލުކުރާ ބަޔަކަށް ބަދަލުގައި މިލިޔަނުން ދޭން ނުޖެހިއްޖެއްޔާ ރަނގަޅު. ބަދަލުން ވައްކަން ކުރާ ސަރުކާރެއްމީ.

  24
  1
 2. ކިޔުން

  ނޭޗާ ޕާކަށް ވުރެ ކުނިގޮނޑު އެންޑް ސްވޭޖް ޕާކް ކިޔުން މާރަނގަޅު.

  17
  1
 3. ނުވާނެޔޭ

  ޙުސް އަގަނުތަޅާ!

  1
  4
 4. އުފާ

  ކުނި ގޮނޑުން އަރާ ދުމުގެ ސަބަބުން އެހިސާބުގައި އުޅޭ އެތައްބަޔަކަށް ސިއްހީ އެތައް ގެއްލުމެއްވާނެ.
  އެކަން ރަނގަޚުނުކޮށް ކުނިގޮނޑާއި 200ފޓ ދުރުގައި އޮތް ތަނެއް އަނެއްކޮޅުން ނަޖިސް ނައްތާލާ ތަނާއި 30ފޓ ކައިރީގައި އޮތްތަނެއް ހަދަން ތިއުޅެނީ ބަޔަކަށް ލާރި ގަނޑެއްދޭން.
  ނިމިދުޔަ ސަރުކާރުގައިވެސް ތިކަހަލަ ޖަރީމާ މިވެސް ހަމަ އެކަހަލަ ބައެއް.

 5. އިޙުތިރާމް

  ކޮމެންޓޭމެނަށް ސާބަހޭ!
  ތިތަން ތިގޮތަށްއޮތީމަ އެއުޅެނީ އެކަންކަނޑުވާލައި، ހިތްފަސޭހަކަމާއި ސާފުތާހިރުކަން ގެނެވޭތޯނޫންހެއްޔެވެ! ފުރުސަތުދީބަލާށެވެ! ތިވަރު ތަންފުކެއް ބޮޑު!