ރާއްޖޭގެ އެންމެ ފަހުން ހުޅުވި ޕްރައިވެޓް ހޮސްޕިޓަލް، ޓްރީ ޓޮޕްގެ އެމަރޖަންސީ ހިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެމަރޖަންސީ ހިދުމަތުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އައު އަގަށް މިއަދުން ފެށިގެން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

އަދި 24 ގަޑިއިރު މެދުކެނޑުމެއްނެތި އެމަރޖަންސީގެ ހިދުމަތް ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ) ހިދުމަތް ދޭ ގަޑިތައް ރޭގަނޑު 22:30ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ އެ ހޮޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް މާލެއިން ހުޅުމާލެ އަށް ހިލޭ ދަތުރު ކުރެވޭނެ މަގު ހަމަޖައްސާ ދީފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ އެންމެ މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިކްރާމް އަބުދުއްސައްތާރު

    ހުސް ދޮގު

    އޭޑީ ކޭއަށް ދައްކާވަރުގެ %105 އަދިވެސް ބޮޑު...

    މި އަދު އަހަރެން ދެއްކީ..

    10
    1
  2. އަޙްމަދު

    އަގުހެޔޮވިއްޔޭ ތިކިޔާއިރު އަގުހެޔޮވީމަ ޑޮކްތަރަށް
    ދެއްކެނީ ކިހާވަރަކަށްތަ؟!!!

  3. ޛެގ

    ޢިއްޔެ ދެއްކީ. ޢާސަންދައިން ކަޑާދިނީ 50 ރ. ޑެން ޓްރީޓޮޕަށް ދައްކަން ނެގި 400 ރ. ޢަދި ހަމަ އިމަޖަންސީއަށް އެވެސް.