ސްރީލަންކާގައި އޮންނަ ކައިވެނި ޕާޓީއެއްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ. ރައީސްގެ ދަތުރުފުޅާއި ބެހޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ވަޑައިގެންނެވީ ފަޒްނާ އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްގެ ކައިވެނި ޕާޓީއަކަށެވެ.

އެޕާޓީގައި ބައިވެރިވެ ވަޑައިގަތުމަށް އާއިލާގެ ބައެއް ބޭފުޅުން ވެސް މިހާރު ވަނީ ލަންކާ އަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުންނާއި ނަޝީދުގެ ބައްޕާފުޅު ކެރަފާ އަބްދުލްސައްތާރު ވެސް ހިމެނެއެވެ.

ރައީސް ޞާލިހް ވަނީ ވެރިކަން ލިބިވަޑައިގެންނެވި ފަހުން ލަންކާއަށް ނުރަސްމީ ދެދަތުރުފުޅެއް ކުރައްވާފައެވެ. އެއީ އެމަނިކުފާނުގެ މަންމާފުޅާއި ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. މަހާރެހެންދި ފާތުމަ

    ކޮބާ މައްސަލައަކީ

    22
    52
    • އެހަދާން

      މައްސަލައަކީ ދިވެހި ދައުލަތުގެ ހަޒާނާއިން ހަރަދުކޮއްގެން ދަތުރުކުރާތީ މައްސަލައަކީ ރައްޔިތުންގެ އަސާސީ ކަންތައްތަ ނުފުދި ރައްޔިތުން ހާސްކަމުގަ އުޅެމުންދާއިރު އެކަން ނުދަނެހުރެ އުފާކުރަން ދަތުރުކުރާތީ. މައްސަލަ އިގޭނީ މައްސަލައެ އުޅޭކަން ގަބޫލުކުރާ ބަޔަކަށް. ދެމީހަކު ހިތާވިޔަސް އެތަނަކަށް މިރައީސްދާނެ. ދެމީހަކު ބާރަށް ހިގާލިޔަސް އެކަމުގަ މިރައީސް ހުންނާނެ ދެމީހަކު ބޯޅައެ ގެންގުޅޭހެން ހީވިޔަސް މިރައީސްދާނެ. އެކަމަކު ރައްޔިތުން ވާރޭ ހިޔާނުވެ މަގުތަކުގަ ނަޖިހުން ފުނިޖެހިފަ ސިއްހީފަރުވާ ނުލިބި ސަލާންޖަހަމުން ރައްޔިތުން ދުވާއިރު މިރައީސަކަށްނޭގޭ.. މަޖުލިހު ރައީސް ގައުމު ހިންގަން ބަހައްޓާފަ ދަތުރުކުރުން މިދެމަފިރިންގެ ކަމަކީ.. މިއީ މައްސަލައެއްތަ؟މިދިޔަ5އަހަރުވެސް ރައީސަކުހުރި ދަތުރު ކުރުމުގެ ބަދަލުގަ ރައްޔިތުންގެ ކަންބޮޑުވުން ހައްލުކުރުމުގަ ބުރަކޮށްއުޅެ ނަތީޖާނެރެދިނީ. ރޔާމީން ވެރިކަންކުރީ ރައްޔިތުންނައްޓަކާ ދެންމިތިބީ ނަފްސައްޓަކާ ވެރިކަންކުރާމީހުން.. މިސްޔޫ ރޔާމީން... ހިތްތަކުގެ ރަސްގެފާނު.. ތަރައްގީގެ ބާނީ... ވަތަނުގެ ލީޑަރު.. ގަޓް ރައީސް.. ރޔާމީން..

      87
      9
      • މައްސަލައެއްނޫނޭ

        ކާކުބުނީ ހަޒާނާއިންނޭ ހަރަދުކުރީ؟؟ ކިހިނެއް އެނގެނީ އަމިއްލަ ދަތުރެއް ނޫންކަމެއް.. އެހެން ނޫނަސް ރައީސެއް ވިއްޔާ ޗުއްޓީއަށްވެސް ވަކި ވަރެއް އޮވޭ އަހަރަކު.. އޭގެން ބޭރު ނުވަންޏާ އެއްވެސް މައްސަލައެއް ނެތް.. އެ ޗުއްޓީގަ ހުންނަ އިރު މޫދަށާ ޕާޓީއަށާ ޝޮޕިންއަށްވެސް ދާނެ.. ޔާމީނުގެ މައްސަލައަކީ ޗުއްޓީއެއް މުސާރައެއް ނޫން ބޮޑެތި ވައްކަން އަނިޔާވެރިކަން

        12
        31
        • ކެކެކެ

          އޯ ހާދަ ސަޅިއޭ ދޯ؟ ކައްޅާ ކޮށްލި 77 މިލިއަނޯ؟ ބަޖެޓަށް ކަނޑައެޅި 32 މިލިއަންވ ަގަށް ނެގި ނެގުމޯ؟ ދައުލަތުގެ ރިޒާވަށް ވީނުވީ ނޭނގުމޯ؟ހަމަ ޖަލަށް ގަޅާލާނީ.

          14
          2
        • 0 ދޯ!

          އެކުގަ ގެންދާ ބޮޑީގާރޑުންގެ އެލަވަންސް އާ ހުރުމާ ކެއުން. ޝޮޕިން ސޮޕްރީ ވެސް ސްޕޮންސަރ. ލަންކާ ކޮޅުން އަރުވާ ވީ އައި ޕީ ޚިދުމަތާ ސެކިއުރިޓީގެ ޚަރަދު. އަމިއްލަ ދަތުރަކަސް މިހިރީ ހަމަ އެޑިޝަނަލް އެކްސްޕެންސް. ނުކާން ޒީރޯ ޓޮލަރޭންސްގެ ދަށުން އަޔަސް ނުކައި ނުވާކަން މިހާރު އެނގިދާނެ ކަމަށް ހީކުރަން.ޕަކާސް އެއްތާކު މި ޖެެހެނީ ޔާމީނަކަސް ކާސިމަކަސް ޓެރަރިސްޓަކަށްވިޔަސް.

          4
          3
        • ޢަދުރޭ

          ޔާމީނުގެ މައްސަލަ އޭ ކިއައިގެން ބަޖެޓް ކައި ހުސްކުރަން ނޫޅޭ . ޔާމީނުގެ މައްޗަށް ތިކުރާ ތުހުމަތު ތަކުގައި ޝަރީޢަތަށް ޘާބިތު ކުރެވޭ އެއްވެސް ހެއްކެއް ދެއްކިފަ ނެތް ހިނދު ދަވުލަތުގެ ރިޒާވް 900 މިލިއަންގައި ހުރީ ޔާމީނު ވެރިކަމުން ފޭބިއިރު .ޑޮލަރ ބޭނުންވަރަކަށް ގަންނަން ލިބެންފެށީ ޔާމީނު ވެރިކަމުގައި .އެވެސް ނަޝީދު ކުރި ކަމަކީ 17:50 ސަތާރަ ބަޔަށް ޑޮލަރު ހަދާފަ ޑޮލަރުގެ ވަގު މާކެޓް އެއް އުފައްދާފަ އޮތީ . ހާބަރު ސަރަޙައްދު ތެޔޮލޮރީ ތަކާ ކުލީބައި ތަކުން ކުއްޔަށްދޭ ކެރޭނު ލޮރީ ތަކާ ނަޖިހުން ތަޣައްޔަރުވެފަ އޮއްވާ ޔާމީނު އެތަން ހަދާފަ އޮތްގޮތް ފެނޭތަ. މާލޭތެރެ ކުނި ވެފަ އޮއްވާ ވެމްކޯ ކިޔާ ކުންފުންޏެއް ހަދާފަ ތި ބޭފުޅާ ގޭ ކުނިވެސް މިހާރު އުކަނީ އެވެރިން . މޮޅުކަމަކީ އުފެއްދި އިރު ? ޕަސެންޓް ދިވެހިން އެތަނުގަ ކުނިއުކަން އުޅުނީ ..ޔާމީނު ވައްކަމޭ . ވައްކަމޭ ކިޔައިގެން ވައްކަން ކުރަން ނޫޅޭ. ތިކަމުން އެނގެނީ ގިނަ ދިވެހިންނަކީ އެމް ޕީ ތްރީ ޕްލެޔަރ ތަކެއް ކަން . ތިޔަށް ރެކޯޑްކުރި އެއްޗެއް ތީގެން ޕްލޭވަމުން ދަނީ . ސަބަބަކީ ކޮންމެ މީހެއްގެ ސިކުނޑިއަކަށް އިންނަނީ ތްރީ ޕިން އެއް.

          8
          1
      • yamin choaru

        Hajamukollaa dhen ?????☺ eyothee thibunaa gut raees sizah kandaalaafa , dhen lalalaaaa

    • މައްސަލަ

      ތެދެއް. މައްސަލައެއް ނެތް. ދެއުޅިއެއްނުވާ މީހަކު ވެރިކަމަށްލީމައި ކުރާނީ ވެސް ދެއުޅިއެއްނުވާ ކަންތައް. ވެރިކަން ނޫން ހުރިހާ ކަމެއް އެ ސޮރު އެބަ ކުރޭ. ދަތުރުދިޔުމާއި، ބުރުޖެހުމާއި، ކުޅިވަރުކުރުމާ، ހިނގާލަންދިޔުމާއި، ސެލްފީނެގުން. މައްސަލައެއް ނެތް.

      60
      4
    • މައްސަލަ

      އެހެން އެއއވެސް މައްސަލައެއްނެތް..ރައީސްއަކީ ވެސް އިންސާނެއް އެބޭފުޅާގެ ވެސް އާއިލާއާ ރައްޓެހިން ތިބޭނެ ގާތް މީހެއްގެ ކައިވެންޏަކަށް ހިނގައިދާނެ ހާއްސަކޮށް ޗުއްޓީ ދުވަސްވަރުވީމަ..ތިވެސް މައްސަލައަކަށް ވާނި ހަމަ ތިޔަ އެމްޑީޕީގެ ބޮޑުވަޒީރު ފެކްޝަނުގެ ކުދިންނަށް މަމެން ނޫޅެން މާބޮޑުކޮށްގެންނެއް.. ރައީސްގެ ދަތުރުފުޅެއްވީމަ ނޫސްވެރިން ހަބަރު ލިޔާނެ އެއީ އަދި އެކަން މައްސަލައަކަށްވުމެއް ނޫން

      9
      31
      • މައްސަލަ ދޯނި

        މީގެކުރިންހުރީ އިންސާނެނުންތަ؟މީގެކުރިން މައްސަލަ އުފައްދާ މައްސަލަހޯދާ ހެދީ އެއީ އިންސާނަކަށްނުވާތީތަ؟މިސަރުކާރުން ރައްޔިތުންގެ ހަޒާނާ ފޭރޭއިރުވެސް މައްސަލައަކަށް ނުވަނީ މިހާރު ދައުލަތުގެ ހަޒާނާގަ ރައްޔިތުންގެ ޓެކްސް ފައިސާ ނުހިމެނެނީތަ؟މައްސަލައަކީ ކުރިން މައްސަލައަކަށްވި ހުރިހާކަމެ މިއަދު މައްސަލައެ ނެތްކަމަށް މައްސަލަ ޖެއްސިމީހުންނަ ނުވާތީ..

        9
        1
    • ރަސީދު

      މައްސަލައަކީ ވެރިމީހާއާ ކިޔާފަހުންނަމީހާ ނާޗަންގިޔާ ޕާޓީތަކުގައުޅުން ، އިލްމެއް ހިލްމެއްނެއް މީހުން ވެރިކަމާ ހަވާލުވުމުން ވާނެ ހައެތި މިވަނީ

      16
      2
    • ރަސީދު

      މައްސަލައަކީ ޕާޓީ ތައް ދިއުމާ ، ދުވުމާ ނާޗަރަން ގީ ދައުލަތުގެ މާލިޔަތު ބޭނުން ކޮއްގެން ވެރިޔެކޭކިޔާގެން އުޑެއްބުޑެއް ނޭގޭހާލުގަވެސް އުޅޭތީ

      13
      2
  2. މޫސަ

    މުޅިންވެސް މަޖާކުރުން ބަޖެޓް ހުސްކުރުމުގެ މަސައްކަތް ބަރާބަރައްކުރިއަށް އެބަހިނގާ

    84
    10
    • ދިވެހިމީހާ

      ކަނޑުކޮހެއް ވެރިކަމަށްލީމައި ކަނޑުކޮސްކަންތައް ކުރާނީ. މިހަކަލަ މަރުމޯލުން ވެރިކަމަށްލާން ހެޔޮވާނެތަ؟

      49
      3
  3. ހުސޭނުބޭ

    އާން! ތި ހަދަނީ ހަމަ ރަގަޅަށް! ތިއީ މިކިޔާ ޖަޒީރާވަންތަކަމަކީ! ޔޫރަޕުގައި ދެމީހަކު މަގުމަތީގައި ޒުވާބުކުރާ ޚަބަރު ލިބުނަސް އެތަނަށްވެސް ކޮންމެހެންވެސް ދާތި!

    75
    7
    • އަހަރެން

      ކަނޑުކޮހުންތަކެއް ކުރި ކަނޑުކޮސްކަންތަކުގެ ނަތީޖާ މި ފެންނަނީ. 32 ބިލިޔަން ރުފިޔާ ޖައްވަށް، ހަވަޔަށް، ފަޒާޔަށް. ގައުމު ކައި ހުސްކޮށްފި.

      43
      2
  4. ޢަދުރޭ

    ސުބްޙާނަﷲ ! ތީ ދިވެހި ތާރީޚްގައި ނޯޓްކުރާ ވަރު ކަމެއް ރައީސް ދިވެހިންނަށް ތި ކޮށްދެއްވީ.
    މިކަހަލަ ރައީސެކޭ މި ޤަވްމަށް ބޭނުންވަނީ. ހުރިހާ ރައްޔިތުންނާ އެކީ ސެލްފީ ނަންގަވާ ކައިވެނި ޕާޓީތަކުގަ ބައިވެރިވެ ވަޑައިގެން 5 އަހަރުގެ ދަވްރެއް ނިންމާލެއްވީމަ ނިމުނީނު . ކޮންމެ އަހަރަކު މެދުތެރޭން ބަޖެޓް ހުސް ވެގެން ސަޕްލިމެންޓްރީ ބަޖެޓް ނެރެން ޖެހޭނެތާ. ޢަމިއްލަ ޕާޓީ ވިއްޔަ އޮތިީ ރައްޔިތުންގެ މަޖްލިސް ތެރޭގަވެސް އަނެއްކާ ބަޖެޓް ހުސްވާނެތާ މިހާވަރަށް ކައިވެނި ޕާޓީ ތަކަށާ ސެލްފީ ތަކަށް ޚަރަދު ކުރަން ޖެހުނީމަ . ކޮންތާކުން ދިވެހިން މިވަރު ރައީސެއް ހޯދާނީ .. ފެންގަނޑެއްގަ ތިބި ބޮއްތަކަކަށް މިވަރު ރައީސެއް ލިބުނުކަންވެސް ނަސީބު . ތިބޭ ހުރިހާ އެންމެން އަންމަބެ ހެދިފަ.

    71
    7
    • މަ

      އަންމަބޭ ވެރިކަމަށް ގެނައިމަ އަންމަބޭތާ ހެދިފަތިބެންޖެހޭނީ. މަ ނަމަ ލަދުން މިހާރު އިސްތީފާދީފަ ފިލައިފީމުސް. އެކަމަކު ލަދެއް ހަޔާތެއް ހުރިނަމަތާ. ނިކަން ހިނިއައިސްފަ މިހާރު އިނދެވިދާނެ. އެކަމަކު ލުތުފީ ފޮރުވި މައްސަލަޔާ، 32 ބިލިޔަން ރުފިޔާ ދަވާލި މައްސަލަ އަދި ބެލޭނެ ދުވަހެއް އަންނާނެ.

      35
      1
  5. ށ

    އަބަދު ދަތުރު ކުރުމުގައި. ޜައީސް ޔާމިން އާއި ދިމާ އަށް ގޮވި ހުރިހާ އެއްޗެއް އަމިއްލަ އަށް ލިބިގަންނަނީ

    77
    7
    • ޒިކް

      ރައީސްޔާމީނު ދަތުރަކު ދިޔަތަ؟ ވެރިކަމުގެ ކުރީކޮޅު ސިންގަޕޫރަށް ދިޔަ ފަހުތާއަކު ދެކޮޅު ކަޅުފައިސާ ފޮރުވަން.. ދެން ހުރީ ބައިނަލް އަޤުޗާމީ މުޖުތަމަޢުން އެކަހެރިކޮށް ރަށު ބަންދުގަ..

      3
      15
      • ހަހަހަހަ

        ރައްޔިތުން ވެރިއަކު ހޮވަނީ ރައްޔިތުންގެ ކަންކަމަށް ހައްލު ހޯދައި ފުރިހަމަކޮށްދޭން. ދައުލަތުގެ ޚަޒާނާ ދިރުވާލައިގެން "ބައިނަލްއަގްވާމީ" ވެފަ ޕިކްނިކް ހަދާކަށް ނޫން. ކަލޭމެން ހުރިހާ ވަގުންނާއި ބާޣީންނާއި ޓެރަރިސްޓުންގެ ލަދުހަޔާތަށް ވީގޮތެއް ކަލޭމެންގެ ނަންނާ ގާތު ބުނެގެންނަމަވެސް ބަލަން ވެއްޖެނު.

        5
        2
  6. ސީދައިތަ

    ކަލޯ މަހިތައް އަރަނީ ކީއްކުރަންހޭ މާމައްޗަށް ކިޔަވަންވީ، ބޭކާރު ކަމެއްނޫންހޭ

    71
    5
    • ވަޒީފާ ނެތް ޕީއެޗްޑީ

      އަސްލު ކިޔެވުމުގެ ބޭނުމެއްނެތް. އަށް މަސް މިވީ ސަރުކާރުގެ އެކި މަޤާމްތަކަށް އެޕްލައި ކުރާތާ. ކޮލިފައި ނުވަނީއޯ. އިންޓަވިއު އާ ހަމައަށްވެސް ނުދޭ. އެކަމު އިއުލާނުތައް ބަލާފަ ގުޅޭ ދާއިރާއަށް އެޕްލައިކުރަނީ. ގުޅާލީމަ ބުނަނީ އިއުލާނު ބާތިލްކޮށްފަ އަލުން އިއުލާނު ކުރީ އޭ. ބާތިލްކޮށްފަ އަލުން ކުރާއިރު ކޮލިފިކޭޝަން ޝަރުތު މުޅިން ބަދަލު ކޮށްފަ. ވަޒީފާގެ ދާއިރާއާއި ޝަރުތު ނުގުޅޭ.

      31
      2
  7. ސޯދިގު

    ލަންކާގެ ރައީސްކަން މީނައަށް ދޭންވީނުން. އޭރުން ދެން ދިވެހި ބައިތުލްމާލަށް ކަތާނެތާ؟ މިހުރިހާ ބާގީންގެ ސެކިއުރިޓީ ނަމުގަ ދިވެހި ބައިތުލްމާލް ދަވާލަނީ މިއޮއް.

    65
    8
    • އިބޫ

      މަށަކަށް ނޭނގެޔޭ ވެރިކަންކުރާކަށް. މަ ދަންނަކަމެއް ނޫނޭ އެއީ. ކަލޭމެން މަ ހޮވީ ކީއްކުރަން. ހޮވީމަ ދެން ޖެހޭނީ ކުރެވޭތޯ ބަލަންތާ. އަވަހަށް ބަޖެޓު ފާސްކޮށްދީބަލަ. 32 ބިލިޔަން ހުސްވެއްޖޭ. އަދި ބޭނުން ދުނިޔެ ވަށާ ބުރެއްޖަހާލަން. މާދަމާކަންނޭނގެ ފައިބަންޖެހޭނީ. މިހާރު ކުރިކަމެއް ކުރެވޭނީ.

      27
      3
  8. ގުއިދައިތަ

    ރާްއްޖެ މިހާރު މިހިނގަނީ ބަރުލަމާނީ ނިޒާމަށްކަން ވަރަށް ސާފު. އެކަމަކު ރައްޔިތުން ވޯޓް ދީފަ އޮތީ ރިޔާސީ ނިޒާމަކަށް. ސަރުކާރު ހިންގަނީ މަޖިލިސްގެ ރައީސް ނުވަތަ މަޖިލީހުގެ ތެރެއިން. ރައީސަކަށް ހޮވާފަ މިހިރަ މީހާގެ ކަމަކީ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދިނުމާއި ކުޅިވަރު ކުޅުމާއި ރަސްމީ ދަތުރުފުޅު ކުރުމާއި ކައިވެނި ހަފްލާތަކުގައި ބައިވެރިވުން.

    22
    1
  9. ސޮނިފުހޭ

    ކިބޫ ޝަހަރު ގައި ކައިވެނި ވެސް ކުރޭތަ

    22
    2
  10. މިއަދު

    ތިޕާޓީއަށް ލުތުފީ ނުގެންދޭބަ ދައުލަތުން ލާރިގަނޑެއް ދުއްވާލީދޯ މިހިރީވާ ރައީސެއް މީގެފަހުން ރާއްޖެތެރޭގައި ބާއްވާ ކައިވެނިޕާޓީތަކަށްވެސް ދައުވަތު ދެއްވައިފިނަމަ ދައުލަތުގެ ޚަރަދުގައި ދުރުވާނެ

    24
    2
  11. ތޫ

    ކުކުޅު ބައިގަޑެއްގެ ތެރެއަށް!!!!
    ކިނބުލެއް ލީމަ ދެން އަތުޖެހުނު ކުކުޅެއް ކާންވީނު!!!
    މަދީ ކާލެއް!!!
    ބައިގަނޑު ހުސްވީމަ ރަނގަޅަށް ފިލާވަޅުލިބޭނެ!!

    20
    1
  12. އެދުރުބެ

    މި ދަތުރުފުޅަށް ޚަރަދު ކުރައްވަނީ ސަރުކާރުންތޯ އަމިއްލަ ފުޅަށްތޯ ޔަގީންވާން ޖެހޭ. އޭސީސީން މިކަން ބެއްލެވުން އެދެން. އުންމީދު ކުރަނީ ރައީސް ސޯލިހު ކިޔާނާތެއް ވެވަޑައިނުގަންނަވާނެކަމަށް (ޒީރޯ ޓޮލަރަންސްގެ ދަށުން)

    15
  13. ސާއިދު

    މޮރިޝަސް އަށް ގޮސް ހަފްތާއެއް، ކުޅިވަރު ބަލާލުމަށް، އެއަށްފަހު ސީޝެލް އަށް ގޮސް ދުވެލާ ޖޮގިން ކޮށްލާ އަނެއްކާ އެދިޔައީ.. ކުރާނެ މަސައްކަތެއް ނެތިގެން ގިނަވެގެން އެއުޅެނީ. މީނަޔަކަށް ނޭނެގެ އަމިއްލަ ގައުމުގައި ތިމާގެ އަމިއްލަ އުފަލަށްވުރެން ހައްލުކުރަންޖެހޭ އިޖްތީމާއީ އިގްތިސާދީ މައްސަލަ ތަކެއް ހުރިކަން.. ކުދިންނޭ ގައުމު އަދި މިހިނގަނީ ޔާމީން ކުރި ބުރަމަސައްކަތުގެ ހަކަތައިން.. އެ ހަކަތަ ހުސްވޭ އެބަ ނިކަން ބާރުމިނުގައި..

    28
    1
  14. ކެޔޮޅު

    ރައީސް އަބަދު އެއުޅެނީ އަޗާތަޅަން ހަރާމުންހަރާން ޤައުމައް ކޮއްދޭ އޮއްޱަރުހުރި އެއްކަމެއްވެސް އެކަމު ބަޖެޱު ހުސްވެއްޖޯ!!!!

    25
    1
  15. ސޯލިހް ނުކިޔާ ބަލަ !

    ކްރިކެޓް މެޗް ބެލުން، އައިއޯޖީއަށް ދިއުން. ސެލްފީ ނެގުން ދެން މިހާރު ކައިވެނި ޕާޓީއަށް ދިއުން

    21
    1
  16. ޝައިމާ

    މީ ރައިސަށް ކުރަން އިގެނީ ދެއް ކަން
    1- ފޮޓޯ ނެގުން
    2- ދަތުރު ކުރުން

    23
    1
  17. ޢަލީ

    ކާވެނިޕާޓީ، ކުޅިވަރު ހަރަކާތް، މިއުޒިކްޝޯ ދެންކޮންކަމެއް، ރަނގަޅު ނަޝީދުވިއްޔާ ހުރިހާކަމެއް ހިންގަނީ، މީނައަކަށްވާ ހަރާމް ވާކަމެއް. މުލިއާގޭގައި 3 އިރުކައިގެން ޖިމްހަދާލައިގެން އޮތީމަވީއެއްނު. ދޯ

    18
  18. ޖާބިރު

    ސާބަސް ސެލްފީ ރައީސް

    20
  19. ރައްޔިތުމީހާ

    ދައުލަތުގެ ރަސްމީ ދަތުރެއް ފިޔަވައި ދައުލަތުގެ ޚަރަދުގައި ރައީސް ވިޔަސް ނުކުރެވޭނެ. ހަމައެކަނި ރަސްމީ ޢިއްޒަތް އެކަނި ލިބެންޖެހޭނީ. އެނޫން ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އަމިއްލަށް ފުޅަށް. ﷲގެ ޙަޟްރަތުގައި ޖަވާބުދާރިވާންޖެހޭނެ.

    18
    • ވަދީ

      ސްޕޯކްސް ޕަރސަން އަރާ ބުނާނެ އަމިއްލަ ޚަރަދުގަ އޭ. ކާކު އެކަން ބަލާނީ

  20. ޜަނާ

    ޢަބުޖީގެ ދަރިޔަކުދޮތަ މީހަކާ އިންނަނީ އެނުވާނެ ފަޒުނާ އަށް ބޮޑުދައުތަކިޔާކުއްޖަކަށް އެވާނީ ދެބެންގެ ދެދަރި ކުއްޖަކަށް އަބުޖީއާ ފަޒޫގެ މަންމައާ ދެބެން

  21. އިސްމާލުފުޅު

    ޤައުމު ތަރައްޤީކޮށް އާރާސްތުކޮށް ކުރިޔައް ގެންދިއުމުގެ ބަދަލުގައި ރައީސް އުޅުއްވާތަން މިފެންނަނީ މުނިފޫހިފިލުވުމާއި ސެލްފީ ނެންގެވުމުގައި. ކުޅިވަރު މުބާރާތްތައް ބައްލަވާ ލެއްވުމައް ތާވަލް ކުރައްވައިގެން ވަޑައިގެންނެވުމާ ތަފާތު ދުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ޚަބަރު އަބަދުމެ މި އަޑުއިވެނީ. ނައިބުރައީސް ކުރައްވަނީ ކޮންކަމެއްކަން ނުވެސް އެނގޭ. އުއްމީދަކާއެކު ގެނެވުނު ބަދަލުން މުޅިން ނާއުއްމީދުވެއްޖެ. ބާރު ސްޕީޑުގައި ތަރައްޤީވަމުން އައި ޤައުމެއްގެ ތަރައްޤީ ހުއްޓުވުން ފިޔަވައި މިވެރިކަން އައުމުން ހާސިލްވި ކަމެއްނެތް.

    12
  22. އާމިނަ

    މައްސަލައެއްނޫނޭ އަށް ބުނެލަން އޮތީ ތިހިރަ އުޅޭ ޢަބްދުﷲ ޝަހުދުވެސް ހަމަ އަމިއްލަ ފައސާއިންތޯއޭ ދެފައި އެއްތާނުޖަހާ އަބަދު ބޭރުގައި އެއުޅެނީ މިވެރިކަމެއް އައިސްސުރެން .
    އާނފަފަހެ ޚަބަރުތަކުން ފެންނަ ގޮތުން އަބަދުވެސް ބޭރަށް ފުރާވަޑައި ގަތުންނޫން ކަމެއްނޯވެ

  23. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އޭނަގެ އަމިއްލަ ހަރަދުގަތަ؟ ނޫނީ އެމީހުންގެ ހަރަދުގަތަ؟ ނޫނީ ރައްޔިތުންގެ ފައިސާގަތަ ދިޔެއް؟ މީ ރައްޔިތުން ބަލަންޖެހޭކަމެއް. ނުރަސްމީ ބޯޑުއަޅުވައިގެން ދައުލަތުން ހަރަދުކުރާތަން ބަލަންތިބޭ. ތިއޮތީ ވެރިކަމެއްލިބިފަ ކަލެޔަށް.

  24. ސޮއްބެ

    މިދެން ބޮޑު މުސީބާތެކޭ.. މިކަލޭގެ ގައުމު އިނދަ ޖައްސާލާފިޔޭ... ހަރާމޭ ތަރައްގީއަށް ކުރެވުނު ކަމެއް... އިންދީއާ އިން ނެގި ލޯނުވެސް ކާލީ ދެން ކަމަކީ ސެލްފީ ތަޅަތަޅާފަ ދަތުރު އެޅުން

    4
    1