މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ރަށްތަށް ގިނަ އަތޮޅު ކަމަށްވާ ހުވަދު އަތޮޅު ވެސް ކޭބަލް ކާރުން ގުޅުވާލާނެ ކަމަށް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީއަށް މެންބަރުން އިތުރު ކުރުމަށް މިހާރު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ މަޑަވެއްޔަށް ވަޑައިގެން ބަދަރު ސަރަހައްދުގައި ޒުވާނުންނާއި ބައްދަލު ކުރައްވައި ޖާބިރު ވިދާޅުވީ ހުވަދު އަތޮޅު ހަދަން ބޭނުންވަނީ ސިންގަޕޫރަށް ނޫން ކަމަށާއި ޓޯކިޔޯ އަށް ކަމަށެވެ.

"ކޭބަލް ކާރުން ހުވަދު އަތޮޅުގެ ހުރިހާ ރަށެއް ގުޅާލާނަން , މިއީ ޖޯކެއް ނޫން, އެމްޑީޕީން އެބުނާ ޖަޒީރާވުމަކީ ބޮއްކުރާގައި ދަތުރު ކުރުން, މިއީ ޑީއާރުޕީގެ ވިސްނުމަކީ މިތަން ޓޯކިޔޯ އަށް ހެދުން " ޖާބިރު ވިދާޅުވިއެވެ

ޖާބިރު ވަނީ މީގެ ކުރިން ކާށިދޫ ދާއިރާގައި ހިންގަން ވައުދުވީ ޕްރޮޖެކްޓްތައް ފަށާނެ ކަމަށާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހުރިހާ އިންވެސްޓަރުންވެސް ކާށިދޫ ދާއިރާއަށް އިންވެސްޓް ކުރުމަށް ދައުވަތު ދޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގާފަރާއި ކާށިދޫ ގުޅާލުމަށް ކޭބަލް ކާރު އެޅުމުގެ އަމަލީ މަސައްކަތް 10 ދުވަހުގެ ތެރޭގަ ފަށާނެކަމަށް ޖާބިރު ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވިދާާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަރީ

    މިހާރު ކާށިދޫ ކޭބަލް ކާރުން ގުޅުވާލާ ނިމުނީ ތަ

    66
  2. 10 ދުވަސް

    10 ދުވަސް ތެރޭ އަމަލި މަސައްކތް ފަށާނަމޭ ބުނި.. މިހާރު ނިމުނީތަ

    64
    1
    • ޖާބިރުޖީ

      މަސައްކަތް ފަށައިފިން. ކޭބަލް އުފައްދަން އަދި ކާރު އުފައްދަންވެސް ކުންފުނިތަކަކާ ހަވާލުކޮށްފިން. އެމީހުން އެތަކެތި ހަދާނިމުމުން އެހެންމަސައްކަތް ފެށޭނެ. އެތަކެތި އެމީހުން ހަދާނިމޭނެ ދުވަހެއް ބުނާކަށްނޭގެ.

      15
      2
  3. ޢިކުރާމު.

    ތިމާގެ ރިސޯޓުގަ ވަޒީފާ އަދާކުރާމީހުނައް ސާވިސްޗާޖުބަރާބަރައް ނުދޭމީހެއް ފުރަތަމަ ބިލުތަކާއެއްޗެހި މަޖިލީހައް ވަދާއިރު 10.000 ދީބަލަ މުވައްޒަފު މީހާޔައް

    15
    1
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ޖާބިރޫ ކަލޭ ހަމަތޯ ފުރަތަމަ ޓެސްޓެއް ހަދަންވީނު؟

    17
    2
  5. ރަންނަ

    ހުވަދޫ މީހުން ނޫޅޭ ކޭބަލްކާރު ނޭޅިގެން

    15
    3
  6. އަފިރިންގެ ޚިޔާލް

    ޖާބިރު އަގައިން، ގެއާއި ބަދިގެއާއި ދެމެދުވެސް ކޭބަލް ކާރު ކޭބަލް އަޅާނެ، އެކަމަކު އެއީ ފަހުގެ ދޮގް ތިއަރީއާއި، ފޭކް ވާހަކައިގެ ތެރެއިން.

    15
    1
  7. އަހުރެން

    ކިޔާތީ އަޑުއިވެއެވެ. އަމީނު ދީދީ އެއީ ވިޜަނަރީއެކެވެ. މިއަދު އެގޮތުގައި ފެންނަނީ ޖާބިރުއެވެ. ރާއްޖެ ތަރައްޤީ ކުރެވިދާނެއެވެ. ހުވަފެން ބަލައި އެ އުއްމީދުގައި ކުލަ ޖެއްސިދާނެވެ. ވާނެ ކަމަށް ގަބޫލު ކުރުނަކީ ފެށުމެވެ. ނުވާނެ ކަމަށް ބުނުމަކީ ގޯހެކެވެ. އެހެނީ ނުވާނެ ކަމަށް ގަބޫލުކުރި އެތައް ކަމެއް މިއަދު އެވަބީ ހަގީގަތަކަށް ވެފައެވެ.

    10
    2
  8. ހަސަންކޮ

    ފޮނި ކެނޑުން ނޫން އިތުރު ކަމެއް ޖާބިރަށް ކުރަން އިނގޭބާ؟؟؟

    13
    2
  9. ބެބްތުއްތު

    މީނަނޫނީ ނުހުންނާނެ އަނގައިން ކޭބަލްކާރުދުއްވަން ކޭބަލްއެޅޭވަރުގެމީހެއް މިހާރު ކާށިދޫގައަޅައިނިންމާފަ އެފެށީ ހުވަދުއަތޮޅުގަކޭބަލްއަޅަން ވަރައްއަވަސް މުއްދަތެއްގަ ކޭބަލްއަޅާނިންމާނެ

    10
    2
  10. މަކިނބޫ

    އަޅޭ ތި ކޭބަލް ކާރުގެ ވާގަނޑު ކަނޑައިގެން ދާނީ އަޅާތާ ތިން ދުވަސް ތެރޭ ކީކޭދެން ބުނާނީ...

    8
    2
  11. ޒާ

    ޖާބިރަކީ ސިކުނޑިގޯސްވެފައިވާ މީހެއް

    10
    2
  12. ހުޅުރާއްޖެ

    އަންނި ބ.އަތޮޅުގައި ކަރަންޓު ގްރިޑް އެޅި ގޮތަށް މުޅި ރާއްޖޭގައި ޖާބިރުވެސް ކޭބަލް ކާރު އަޅަނީ.

    15
    2
  13. މަޗާ

    ސައިންސް ލެބެއް އަޅާފައި ދިވެހިންނާ ހަވާލުކުރަމާ؟ ނުވަތަ ޖައްވީ އިދާރާއެއް އަޅާފަ ހަވާލުކޮއްލަމާ؟ ނުވަތަ ފަރުބަދައަށް އަރާ ގިއަރުފަދަ ތަކެތި ދިވެހިންނަށް ބަހަމާ؟

    10
    2
  14. ސަންތިމަރިޔަބު

    ހޮޑާއިދޫ އާއި ތިމާވެއްޓާއި ކޭބަލް ފުޅިން ގުޅާއި ލަ ދެއްވަން ވީނޫންތޯ ހަމަ ހިނިއަންނަނީ ހަމަ ހިނިއަންނަނީ

    5
    1
  15. ސިރާޖު

    މިޖާބިރަކީ ހަމަ މަރުމޯލެއް

    1
    1
  16. މޯދު

    ހޮޑާދޫ އަތިމަތީގަ މީހަކުއިން ކޭބަލްކާރުން ގުޅާފައި

    1
    1
  17. ކުއްބެ

    ޖާބިރޫ ހެޔޮ ނުވާނެ ތިޔަތަން ޓޯކިޔޯ އަށް ނުހައްދަވާތި. އެއީ ދުނިޔޭގައި އޮތް އެންމެ މީހުން ތޮއްޖެހިފައި އޮތް ތިމާވެށި ޕޮލިއުޓް ވެފައި އޮތް 10 ފޫޓް 10 ފޫޓް ގޮޅިގޮޅީގައި މީހުން ދިރިއުޅޭ ތަން. ދުނިޔޭގައި އޮތް އެނމެ ބިޔަ ބޮޑު އަދި ތިމާވެށީގެ ގޮތުން އެންމެ މުއްސަންދި އަތޮޅު އެކަހަލަ ތަނަކަށް ހަދަނީ ކީއްކުރަންތޯ. އަދި ޓޯކިޔޯއަކީ މީހުން އަމިއްލަ އަށް މަރުވުމާއި، ދުނިޔޭގައި ހިނގާ އެންމެހާ ފާހިޝް އަމަލުތައް ވެސް އެނެމެ ގިނައިން ހިނގާ ތަން. ދެން އެފަދަތަނަކަށް ހުވަދޫ ހަދަން ތިޔަ އުޅުއްވަނީ ހުވަދޫ ރައްޔިތުން ބިކަ ކޮށްލަންތޯ.