މި އަހަރު ބޮޑު އީދަށް ގއ.ކޮލަމާފުށީގައި ފޯރި ގަދަ ކުޅިވަރުތަކެއް ރާވާނެ ކަމަށް ބުނެ އީދު ކުޅިވަރު ބަލަން ރަށަށް ދިޔަ އެތަށް ބަޔަކަށް ލަނޑު ލިބިއްޖެއެވެ.

ކޮކަމާފުށީގައި މިފަހަރު އީދު ކުޅިވަރުތަށް ރޭވީ އެރަށުގެ ޖަމިއްޔާ އަކުނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ކޮލަމާފުށީ ޒުވާނަކު ބުނިގޮތުގައި އީދު ކުޅިވަރު ރާވާފައިވާތީ އީދު ކުޅިވަރު ބަލަން ކައިރި ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮލަމާފުށްޓަށް ޒިޔާރަތް ކުރި ކަމަށެވެ. ނަމަވެސް ރޭވި އެއްވެސް ކުޅިވަރެއް ލޮލަށް ނުފެނުމުން ބޮޑު މާޔޫސް ކަމެއް ލިބި ފާޑުކިޔުންތަށް އަމާޒުވި ކަމަށް އޭނާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން 1438 ބޮޑުބެރު ގްރޫޕްގެ އިސް ފަރާތެއް ވިދާޅުވީ އީދުގައި ކޮލަމާފުށީގައި ޝޯވ އެއް ދޭން އެގްރިމެންޓް ހެދީ ސީދާ ކޮލަމާފުށީ ކައުންސިލާއި ކަމަށާއި އެހެން ނަމަވެސް ކޮލަމާފުށީ ކައުންސިލުން އެބޭފުޅުން ގެންދަން ބުނި ތާރީހުގައި ޓިކެޓް ހަމަނުޖެހިގެން ނުގެންދެވިގެން ކެންސަލް ކުރަން ޖެހުނީ ކަމަށެވެ.

"އެކޮޅުގެ މައްސަލައަކާއި ހުރެ އަސްލު ޝޯވ ކެންސަލްވީ , އަޅުގަނޑުމެން ގެންދަން އޮތީ ކޮލަމާފުށީ ކައުންސިލުން އެހެން ނަމަވެސް އެދުވަހަށް ޓިކެޓް ހަމަނުޖެހިގެން ކެންސަލްވީ ,އެއްވެސް ފަރާތަކުން އެގްރިމެންޓަކާއި ހިލާފެއް ނުވޭ, އަޅުގަނޑުމެން ސީދާ އެގްރިމެންޓް ހަދާފަ އިނީ ކޮލަމާފުށީ ކައުންސިލާ " އޭނާ ބުންޏެވެ.

ކޮލަމާފުށީގައި މިފަހަރު އީދު ކުޅިވަރުތަށް ރޭވީ އެރަށުގެ ޖަމިއްޔާއިން ވަނީ އީދު ފެށުމުގެ އެތަށް ދުވަހެއް ކުރިން ކޮލަމާފުށީގައި ސަގާފީ ކުޅިވަރުތަކާއި އެކު އީދު ކުޅި ބޭއްވުމަށް ގިނަ ބަޔަކާއި އެކު ސޮއިކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮޑު ބެރު ގުރޫޕް 1438 ވެސް ހިމެނެއެވެ.

އެހެން ނަމަވެސް 1438 އިއްޔެ ފޭސްބުކްގައި ކޮށްފައިއޮތް ޕޯސްޓެެއްގައި ބުނީ ކޮންމެވެސް ސަބަބު ތަކަކާއި ހުރެ ކޮލަމާފުށީގައި އެގުރޫޕުން ހުށައަޅަން ރޭވި އެއްވެސް ހަރަކާތެއް ނުބާވަން ނިންމާފައިވާ ކަމަށެވެ.

ކޮލަފުށީގައި ރޭއްވި އީދު ކުޅިވަރު ބަލަން މާލެއިން ވެސް ގިނަ ބަޔަކު ދިޔަންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބަލާ

    ހއ.ފިއްލަދޫ ގައިވެސް ވީހަމަ ތިހެން .ކައުންސިލުން ކަން ކަން ރާވާފަ ރަށުންބޭރުމީހުން ކުޅިވަރުބަލަން އައިސް ވައި ވެގެން ގޮއްސި

    30
    1
  2. ފުރޭތަ

    އަތޮޅު ވެށި ފުރޭތަ ރައިވަރުގަ ކިޔާފަ ވަނީ ހަމަ ރަނގަޅަށް. ކޮބާ އީދު ފާހަގަ ކުރަން ހޯދި ފަންޑު؟؟؟؟؟؟؟؟

    21
  3. ސަޓޯ

    މިއީ ހަަމަ މިސަރުކާރުގެ ސުންޕާކަމުން ވާގޮތް !!! ކަޅުވަކަރު މިސްކިތް ސަލާމަތް ނުކުރެވިގެން ތެޅިބާލާއިރު ސަގާފީ ކުޅިވަރުތަކައް ސަޕޯރޓެއް ނެތް

    29
    19
    • ބެލެންސް

      ދެން ޝޯތަކާ ކުޅިވަރިތައް ބޭއްވުނު ތަންތާނގަ މިސާލަކަށް ހޯރަފުށި، ވެލިދޫ، އިބޫގެ ހިންނަވަރު،ހުޅުމާލެ، ގޮއިދޫ ތަންތަނުގަ އެހާ ފުރިހަމައަށް އެ ބޭއްވުނީ މިސަރުކާރުގެ ނުސުންޕާކަން ނޫނީ ބްލެސްޑް ނޫނީ ބަރަކާތްތެރިކަމުންތަ؟ ތިޔަހެން ގުޅުވަންޏާ މިހެންވެސް ގުޅުވާލީމަތާ ބެލެންސްވާނި

      16
      11
  4. Anonymous

    ނާޗަނގީ ކުޅޭ ޙަރާމް ކަންތައް ކުރުމާއި މިފަދަ ނުބައި ޖާހިލު ކަންކަމަށް ދިވެހިން ހާދަ ފޯރިއެކޭ މިހުންނަނީ!! އަޖާއިބުވެ އަންތަރީސްވާވަރުވޭ!! މި ކަމާ ގުޅިގެން ޝޭހެއްގެ އަޑެއްވެސް މި ފަހަކަށް އައިސް ނީވޭ!! މުޅި ގައުމުގަ ނާޗަނގީއާއި ކުޅިމަޖަލުގަ! އާއިލައައެކުވެސް ބޭރަށް ނިކުމެވޭވަރެއްނުވޭ ކޮންމެވެސް ހިލޭ ފިރިހެނަކު ގަޔަށް އަތްލާ އެތަށް މިތާނގަ ކުލަ އުނގުޅަނީ!!

    25
    3
    • ޒިންޒިން

      ކޮން ނާޗަރަންގީއެކޭ ތޮޔަ ވީދެނީ؟ ކަލޭމެންނަށްވީ އީދުގަވެސް ހުސް އަޅުކަމުގަތަ ތިބެން؟ އީދަކީ ކުޅިވަރުކުޅެ އުފާފާޅުކުރަން އޮންނަ މުނާސަބާއެއް.. އިސްލާމުދީނަކީ މާއްދިއްޔަތާ ރޫހާނިއްޔަތު ވަރަށް ހަމަހަމައަށް އޮންނަ ދީނެއް.. ކަލޭމެން ބޭނުންނަވީ ދީނަކީ ހަމައެކަނި ރޫހާނިއްޔަތުކަންކަމަށް ވިސްނުވައިދޭން.. މާއްދީޔަތުގު ހަމައެކަނި ކަމަކީ މީހުންނާ އިނުންއެކަނި ކަލޭމެންދެކޭ ގޮތުގަ

      9
      15
      • ޙެެހެހެ

        الحمد الله ތިކަންނުވިކަންވެސް....
        އީސްލާމްދީނަކީ ކޮބައިކަން ކަލޭ ފުރަތަމަ ދަސްކަރަންވީ.

        10
        1
  5. ޕޮގުބާ

    ހަލާކު ހުރި

    8
    1
  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހަމައެކަނި ކުލީ މީހުން ލައިގެންތަ ކުޅިވަރު ހިންގަނީ.. ރަށުފެންވަރުގެ ރައްޔިތުންގެ ޒިންމާ ކޮބާ؟؟

    • ރަށުމީހަ ނެތް

      ބައެއް ރަށްރަށުގައި އޮންނަނީ އެމީހަކާއި އެމީހަކު. ގޭގައި އޮރިއެއް ފިހެލައިގެން ކާތަން ފޮޓޯ ނަގައިގެން އެފްބީއަށް ލާނެ ބާބާކިއު ކިޔާފަ. އެހިސާބުން އެ ފާހަގަވީ އީދު

      3
      3
  7. ވަހީދު

    ތިކަން ތިހެން ތިވީ ވިޔަފާރި އުސޫލުން ކުރަން އުޅުނީމަ ކަމަށް ވެދާނެ. ގެމަނަފުށި މިސާލަަކަށް ނަގައިގެން ކުރިއަށް ގެންދަބަލަ. މާލޭގައި ތިބޭ މީހުންނަށް ނުދެވުނަސް ތަށުގައި ތިބޭ މީހުން ކުރިއަށް ގެންދާނެ. ކައުންސިލުން ވެސް ރާވާނެ ހަރަކާތްތަކެއް، ރަށުގެ ޒުވާނުން ވެސް ރާވާނެ، އެހެން ރަށްރަށުގައި އުޅޭ ގެމަނަފުށި ޒުވާނުން ވެސް ރާވާނެ. ޒުވާނުންނަށް ދަތިވާ ހާލަތުގައި މެދު އުމުރުގެ މީހުން ނުކުންނާނެ. ކައުންސިލާއި ގުޅިގެން އައިޓަމްތައް ތާވަލު ކުރާނީ، ކޮންފްލިކްޓެއް ނުއުފުދޭނެ.

    7
    2
  8. ޅިޔަނާ

    ކައުންސިލް ރައީސް އޭނާ އެމަޤާމަށް ގެންނަން މަސައްކަތްކުރި މީހުންނަށް ދޯކާދީފަ އޭނާއާއި އިދިކޮޅަށް އޭރު މަސައްކަތްކުރި މީހުން މިހާރުގާތްކޮށްގެން ވާނެ ހަތެރިތި ވެފަ މިއޮތީ. ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ.... ޓީވީތަކަށް އަރައި ދޮގު ވާހަކަ ދެއްކީމަ ހުރިހާ ކަމެއް ނިމުނީ. ވަރަށް ސަލާމް!

    5
    2
  9. Anonymous

    ލ.މާމެންދޫ ވެސް ހަމަ ތިފަދަ...

  10. ކޯޑިކެޑި ކުއްޖާ

    މިފަހަރު އީދު ފާހަގަކުރި އެންމެ ރަށެއްގައި. އެއީ އުނގޫފާރުގައި. ހާދަމަޖަލޭ. ދެން އަންނަ އަހަރުވެސް ދާނީ އުގޫފާރަށް. އެއިވާ ރަށެއް. އީދު ފާހަގަ ކުރާކަށް މިވަރުގެ ރަށަކަށް އަދި ނުދެވޭ. ފޯރިގަދަ. ކުޅިވަރުތައް އެހާ ގިނަ. ރައްޓެހިތްތައް ވަރަށް ހިތްހެޔޮ. ތިބެހެއްޓެވި މެހެމާން ދާރިއަށާއި އޯގާ ތެރިކަމާއި ލޯތްބަށް ފަންފަށުން ހުރިހާ ރައްޓެހިންނަށް ވަރަށް ބޮޑަށް ސުކުރިއްޔާ.