ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލަމުންދާ، އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު މާދަމާ ލަންކާއަށް ރަސްމީ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

ލަންކާގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައިވަނީ، މާދަމާ ޝަހީދު ލަންކާއަށް ޒިޔާރަތްކުރާއިރު، މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް އެޤައުމުގައި އޭނާ ހުންނާނެ ކަމަށެވެ. ޝަހީދު ލަންކާގައި ހޭދަކުރާ ދުވަސްތަކުގައި އެޤައުމަށް މީގެ ކުރިން 2005 ވަނަ އަހަރު ޒިޔާރަތްކުރި އދ.ގެ ކުރީގެ ރެޕެޓުއާ އޮން ފްރީޑޮމް، އެޤައުމުގައި ދީނީ މިނިވަންކަން ޤާއިމްކުރުމަށް ކުރި މަޝްވަރާތަކާއި އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ އާއި އެޤައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރު ބަލަން ހަމަޖެހިފައި ވެއެވެ.

ޝަހީދު ލަންކާއަށް މާދަމާ ކުރާ 12 ދުވަހުގެ ދަތުރުގައި އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެކި ދީންތަކުގެ އިސް ފަރާތްތަކާއި އަދި ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ކޮލަމްބޯގެ އިތުރުންވެސް ބައެއް ސަރަހައްދުތަކަށް އޭނާ ދަތުރުކުރާނެ ކަމަށް ލަންކާގެ ނޫސްތައް ބުނެއެވެ.

އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައިވާ ޝަހީދު ދާދި ފަހުން ވަނީ، ދިވެހިރާއްޖޭގައި ވެސް ދީނީ މިނިވަންކަން ގާއިމް ކުރަން ޖެހޭކަމަށް ދޭހަވާފަދަ ވާހަކަތައް ދައްކާފައެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުން، ކުށްކުށުގެ އަދަބެއްގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށްވެސް އޭނާ ގޮވާލާފައި ވެއެވެ.

ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އެ ދުވަސްވަރު، އދ ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭންވެސް އޭނާ ނިންމިއެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އޭނާ ވަނީ ނަޝީދުގެ ސަރުކާރުުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޙާލަތު

  ޝަހީދު އުޅޭގޮތަކަށް ޝަހީދު އުޅޭ ދިވެހިންނާ ނުބެހި ހުރޭ!

  37
  4
 2. Anonymous

  ޝަހީދުގެ ގޮތެއް ނެތްކަން. ޅަންކށގެ ހަލަތު ބަލަން ދާއިރު ރާއްޖޭގެ ހާލަތު ފުރަތަމަ ބަލާބަލަ

  22
  2
 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ކަލޭގެ މައިން ބަފައިން ކަލެޔަށް އިސްލާމީ ނަމެއްކީތީވެސް އަހަރުން ލަދުގަންނަން.

  46
  2
 4. ފަށަން

  ރާއްޖެއަށް ހުރި ލަދެއް ތި ޝަހީދު އަކީ.ަހަރެން ލަދުގަނޭ އެއީ މި މުސްލިމް ގައުމަށް ނިސްބަތްވާ މީހެކޭ ބުނަންވެސް.

  40
  2
  • މުސްލިމު

   މުސްލިމު ގައުމަކަށް ރާއްޖެ ވާކަށް ނުޖެހޭނެ. ތެޔޮ ނުނަގާ މުސްލިމު ގައުމެންނަމަ ހަނާވާނީ.

   4
   41
 5. ނަފުރަތު

  ލަންކާގައި ހިތުން ނުފިލާ ވަރުގެ ބޮނޑިއެއް ލާދީނީ އެއްޗަށް ލިބޭނެނަމަ ކޮންފަދަ..!

  41
  4
 6. ޑަކުޓަރު

  އަހުމަދު ޝަހީދުގެ ސިޔާސީ ހަޔާތައް ބަލާލާއިރު މީނާއަކީ އެއްވެސް މަބްދައެއް، ޕްރިންސިޕަލް އެއް، ނެތް މީހެއްކަން އެގޭ. އޭނާ ހިދުމަތްކޮށްދެނީ ހަމަ އެކަނި އޭނާގެ އަމިއްލަ ނަފުސަށް. ރައީސް މައުމޫނު ސަރުކާރުގެ އިސްސަފުގައި ހުރިއިރު އެ ސަރުކާރުގެ ޕޮލިސީތައް ދިފާއުކުރި. އޭރު ޑިމޮކްރަސީއެއް، އިންސާނީ ހައްގުތަކެއް މުހިއްމު އެއްޗަކަށް ނުވި. އެއީ އޭރު އޭނާއަށް ކުރިއެރުން ލިބެން އޮތީ މިގޮތަށް ކަންކޮށްގެން. ދެން ރައީސް މައުމޫނުގެ ސަރުކާރު ވެއްޓިދާނެހެން ހީވުމުން އުފެއްދީ ނިޔުމޯލްޑިވްސް މޫވްމެންޓް. ޑރ ހަސަންސައީދުއާއި ޑރ ޖަމީލުއާއި އެކުވެގެން. އެމް.ޑީ.ޕީ. ވެރިކަމަށް އައިސް ރައީސް ނަޝީދުގެ ސަރުކާރާ ގުޅުނީވެސް ކޯލިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން. ދެން އޭނާއަށް ވިސްނުނީ އެންމެ ފައިދާބޮޑުވާނީ އެމް.ޑީ.ޕީ. އާ ގުޅިގެންކަން. އެހެންވެ އެގޮތަށް ކަންކުރީ. ދެން އެބުނާ ރިޝްވަތުގެ މައްސަލައިގައި ސަރުކާރުންވަކިވެ ޔޫ. އެން.ގެ މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީ. އެފުރުސަތު ދިފާއުކުރުމުގެގޮތުން އީރާނުގެ ރިޕޯޓު ވަކިކޮޅަކަށް ބުރަވެ ނިންމަމުންދިޔައީ. އަދި ބާރު ގަދަ ބައެއް ގައުމުތަކުގެ އިންސާނީ ހައްގުތަކާއި އިދިކޮޅު އަމަލުތައް އޭނާގެ ލޮލަކަށް ފެންނަ ކަމަކަށް ނުވޭ. އެހެންވެ، މި ފަދަ މީސްމީހުންގެ ރިޕޯރޓުތަކަކީ އެއްވެސް އިތުބާރު ހުރި އެއްޗެއް ނޫން. މިފަދަ މީހުންގެ މިސާލަކީ ހަށި ވިއްކާ ކަސްބީންގެ މިސާލު. އެފަދަ ކަސްބީން ބޭނުންކުރެވެނީ ވަގުތީ އަރާމަކަށްޓަކައި. އަދި މުޅިއުމުރަށް އެފަދަ ކަސްބީންނަކަށް ހަށިވިއްކާކަށްވެސް ނޫޅެވޭ. ކުޑަ ދުވަސްކޮޅަކަށް ފަހު ތުންފުހޭ ކަރުދާސްކޮޅެއްހެން ބޭކާރުވެ ބާކީވެގެންދަނީ. މިފަދަ މަބްދައެއް، ޕްރިންސިޕަލްއެއް ނެތް މީހުން ވެސް އެންމެފަހުން ނިމެނީ ހަމަ އެގޮތަށް.

  36
  2
  • މަބްދައު

   ކަލޭތީ ދެން މާ މަބްދައު ބޮޑު މީހެއްތަ؟

   3
   29
 7. ޝަހީދު

  އެހެންވީ އިރު ދީނީ މިނިވަންކަން އޮވެގެން ނުވޭތަ ދިވެއްސެއް ވިއްޔާ.

  13
  3
 8. ހުސޭނުބޭ

  ތިއީ އިންޓަނެޝަނަލް ހާމާނު! ނުބައި ގޮތަކަށް ނިމިގޮސް އެންމެ ނުބައި ތަނުގައި ލައްވާލާނީ!

  35
  2
 9. ތޯހާ

  ان الدين عند الله الإسلام. ހަމަ ކަށަވަރުން ﷲގެ ހަޒުރަތުގައި ދީނަކީ އިސްލާމްދީނެވެ.

  24
  1
 10. ފަރަންޖީ

  ކޮންދީނީ މިނިވަންކަމެއް ބަލަ ހުރިހާމިނިވަންކަމެއް އެއްމެފުރިހަމައައްގެނެސްދީފައިވަނީ މާތްވެގެންވާ އިސްލާމްދީނުގަ އެއީހަމައެކަނިއޮތްދީނަކީ ދެންނޯންނާނެ އެހެންދީނެއް ދެންތިކިޔަނީ ހުސް ނަންތަކެއް

  13
  1
 11. ބަޚަބަރު

  މިދަތުރުގައި އަންނި އާއި އިބޫ އާ ބައްދަލު ކުރާގޮތަށްވެސް ވަނީ ހަމަޖެހިފާ.

 12. މަގޭ ޚިޔާލު

  ދީނީ މިނިވަންކަން އޮތް މިންވަރު ބެލުމަށް ވުރެ ބޮޑަށް އިސްލާމްދީނަށް އުޅުމުގެ މިނިވަންކަން އޮތީ ކިހާ މިންވަރަކަށްތޯ ބަލާބަލަ.

  7
  1
 13. ވިގަނި

  ގެއްލި ހަލާކުވެފަ

 14. ބޮނަ

  މުސްލިމުން ކީއްވެތަ ގަދަކަމުން ދީން އޮބަހައްޓައިގެން އުޅެން ތިޔަ އުޅެނީ؟ އެމީހެއްގެ ދީނެއް އެމީހަކަށް ނޫންތަ؟

 15. އަހާށޭ ބުނާބަސް

  اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
  ދވެހިން އަދިވެސް ހޭއަރާކަށް ނުވޭހޭ! ހިމޭނުންތިބެ، ފިނިހަނގުރާމައިގެ އުސޫލުން ދީންވެސް މިވަނީ ބަދަލުކުރެވިފައި! ޑިމަކްރަސީ ދީނަށް އެންމެންމިވަނީ އަޅުވެވެތި ކުރެވިފައެވެ. އަދިވެސް ހޭނާރާނެ ހަމަ ވޯޓުއަޅާނީ!

 16. .......

  mInA mi bodu kaafareh. meena gaiga hahdhu jahan vi

 17. ހޯހޯ

  މީނާއަށް ކޮންމިންގަނޑެއް ބެލޭނީ.